26 ޖުލައި 2016
ސްރީލަންކާގެ އެއާލައިނެއް ކަމަށްވާ މިހިން ލަންކާއިން އިއްޔެ ފުރަން ދިޔަ ދިވެހިން އެހެން ބޯޓެއްގައި މިރޭ ފޮނުވާލުމުގެ މަސައްކަތް ފަށައިފި އެވެ. އަދި އެމީހުން ފުރަންދެން ކެއުމާއި ހުރުމުގެ ހަރަދު ހިލޭ ދޭން ވެސް ވަނީ ނިންމައިފަ އެވެ.
ސްރީލަންކާގެ އެއާލައިނެއް ކަމަށްވާ މިހިން ލަންކާއިން އިއްޔެ ފުރަން ދިޔަ ދިވެހިން އެހެން ބޯޓެއްގައި މިރޭ ފޮނުވާލުމުގެ މަސައްކަތް ފަށައިފި އެވެ. އަދި އެމީހުން ފުރަންދެން ކެއުމާއި ހުރުމުގެ ހަރަދު ހިލޭ ދޭން ވެސް ވަނީ ނިންމައިފަ އެވެ.
ސްރީލަންކާ އަށް ފުރަން އުޅުނު 70 އަށް ވުރެ ގިނަ މީހުން އިއްޔެ އިރުއޮއްސުނު އިރު ވެސް ނުފުރިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގައި ތާށިވި އެވެ. އަދި އެ މީހުންނަށް އެކަށީގެންވާ ޖަވާބެއް ނުލިބޭތީ އެއާޕޯޓު ތެރޭގައި ވަރަށް ބޮޑަށް ނުރުހުން ވެސް ފާޅުކުރި އެވެ.
މިހިން ލަންކާގެ ފްލައިޓަކުން ފުރަން އުޅުނު މީހަކު މިއަދު ބުނި ގޮތުގައި އެމީހުންނަށް ނުފުރުނީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެ ކަމަށެވެ.
އެހެންވެ، ކުރިން ހަމަޖެހިފައި އޮތް ބޯޓަށް ވުރެ ކުޑަ ބޯޓެއް އައުމުން އެ ދިވެހިންނަށް ފުރޭ ގޮތް ނުވީ ކަން އެއާލައިނުން އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް ލަންކާއަށް ނުދެވުނު ދިވެހިން ފުރުމުގެ ކަންކަން ސްރީލަންކަން އެއާލައިންގެ ބޯޓެއްގައި ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން މިރޭ ނުވައެއް ޖަހާއިރު ފުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެ އެވެ.
އޭނާ ބުނި ގޮތުގައި ލަންކާއަށް ނުދެވުނު މީހުން ފުރަން ދެން ހުޅުމާލޭގައި ހުރި ގެސްޓްހައުސްތަކުން ހުރުމާއި ކެއުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
"ލަންކާއަށް ނުދެވުނު އެންމެން ވެސް މިހާރު ތިބީ ގެސްޓްހައުސްތަކުގައި. އެމީހުންނަށް ހިލޭ ކެއުމާއި ހުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައި،" އެމީހާ ބުންޏެވެ.
މިކަމާ ގުޅިގެން މިހިން ލަންކާގެ ބަހެއް ނުލިބެ އެވެ. ނަމަވެސް ބޯޓުން ފުރަން ބޭނުންނުވާ މީހުންނަށް ޓިކެޓުގެ ރީފަންޑު ކޮށްދިނުމަށް މިހިން ލަންކާ އިން ވަނީ ނިންމާފައިވާ ކަމަށްވެ އެވެ.
ލަންކާއަށް ފުރަން ދިޔަ ދިވެހިންތަކެއް ނުފުރިފައި!
ސްރީލަންކަން އިން އައްޑުއަށް ދަތުރުތައް އިތުރުކުރަނީ
ސްރީލަންކަންގެ އައްޑޫ ދަތުރުތައް ނުހުއްޓޭނެ: އަސްލަމް
ގަމަށް ސްރީލަންކަން އަލުން ދަތުރުކުރާނެކަން ޔަގީނެއްނޫން
ލަންކާގައި ތިބި ދިވެހިން ގެންނަން ފްލައިޓެއް ބާއްވަނީ
ސްރީލަންކަން އިން 25 ޕަސެންޓް ޑިސްކައުންޓް
ލަންކާއަށް ދިޔަ ދިވެހިންގެ އަދަދު ދަށަށް
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ގާމެންޓްއެކްސްޕޯޓުކުރުމުން ކޮންޓެއިނަރުގެ އަދަދު މައްޗަށް
ލަންކާގެ ހަމަލާ: ދިވެއްސެއްގެ ދަރިއަކު ހައްޔަރުކޮށްފި