Roadha Mihaaru
ސްރީލަންކަން އިން 25 ޕަސެންޓް ޑިސްކައުންޓް

ސްރީ ލަންކަން އެއާލައިނުން 25 ޕަސެންޓް ޑިސްކައުންޓް

04 އޯގަސްޓް 2019

ސްރީ ލަންކަން އެއާލައިން އިން 25 ޕަސެންޓް ޑިސްކައުންޓް ލިބޭ ފެއާއެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސްރީ ލަންކަން އެއާލައިން އިން 25 ޕަސެންޓް ޑިސްކައުންޓް ލިބޭ ފެއާއެއް ފަށައިފި އެވެ.

ސްރީ ލަންކަންގެ ޕެސެންޖަ ސޭލްސް އެޖެންޓް ވިލާ ޓްރެވެލްސް އިން އެތަނުގެ މެނޭޖަރު ފަރުހަތު އަބްދުއްލަތީފު ވިދާޅުވީ ސްރީ ލަންކަން އިން ދަތުރުކުރާ ކޮލަމްބޯ، ގުއަންޒޫ، ސިންގަޕޫރު، ދުބާއީ، ކުއަލަ ލަންޕޫރު އަދި ބެންކޮކަށް ވެސް މި ފެއާގައި ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ފަރުހަތު ވިދާޅުވީ މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ޓިކެޓް ގަންނަ މީހުންނަށް މި ފެއާގައި ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަންގައި، އަންނަ އަހަރުގެ ޖުލައި މަހުގެ ދަތުރުތަކަށް ވެސް ޓިކެޓް ނެގޭނެ އެވެ.

ސްރީ ލަންކަން އެއާލައިންގެ މި ޕްރޮމޯޝަނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.