02 ނޮވެމްބަރ 2023
ސްރީ ލަންކާގެ ގައުމީ އެއާލައިން ވިއްކާލަން އިއުލާނުކޮށް، މިއަދުން ފެށިގެން ބީލަމަށް ހުޅުވާލާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ ޕޯޓްސް، ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރީޕާލާ ޑި ސިލްވާ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ ގައުމީ އެއާލައިން ވިއްކާލަން އިއުލާނުކޮށް، މިއަދުން ފެށިގެން ބީލަމަށް ހުޅުވާލާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ ޕޯޓްސް، ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރީޕާލާ ޑި ސިލްވާ ވިދާޅުވެއްޖެ އެވެ.
ލަންކާގެ ނިއުސްވޭވަށް ދެއްވި އިންޓަވިއުއެއްގައި ނިމާލް ވިދާޅުވީ، އިންވެސްޓަރުންނަށް ބީލަން ހުށަހެޅުމަށް މިއަދުން ފެށިގެން 45 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އެ މުއްދަތު ހަމަވުމުން، ކުންފުނި ގަތުމަށް އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތެއް ހޮވާނެ އެވެ.
ކޮވިޑް އަދި ލަންކާގެ އިގްތިސާދަށް ކުރިމަތިވި ކާރިސާއާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވީ ސްރީ ލަންކަން އެއާލައިނަށެވެ. އެ އެއާލައިން ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް މިދިޔަ 8 މަހު ކުރިއަށް ގެންގޮސްފައި ވެ އެވެ.
ސްރީ ލަންކަން އެއާލައިންސްގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ، އެ އެއާލައިންގައި މަސައްކަތް ކުރި 6،000 މީހުން ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފަ އެވެ.
ސްރީ ލަންކަން އެއާލައިންގެ ބޯޓެއް އެއާޕޯޓުގައި. އެކުންފުނީގެ ދަރަނި 1.2 ބިލިއަން ޑޮލަރަށް އަރާ --
އެ މައްސަލާގައި ލަންކާގެ ސަރުކާރުން ވަނީ އެ އެއާލައިންގެ މާލީ ހާލަތުން އަރައިގަތުމުގެ ޕްލޭން އެކުލަވައިލާއި ކުންފުނި ރީސްޓްރަކްޗާ ކުރަން ވޯލްޑް ބޭންކްގެ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާ ހަވާލުކޮށްފަ އެވެ.
ސްރީ ލަންކަން އެއާލައިންސް ވަނީ ކުރިން ވެސް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ހިންގައިފަ އެވެ. އެމިރޭޓްސް އިން ސްރީ ލަންކަން އެއާލައިންސް 10 އަހަރުގެ މުއްދަތަކަށް ހިންގި އެވެ. އެއީ 1998 އިން 2008 ވަނަ އަހަރަށެވެ. އޭގެ ފަހުން ލަންކާގެ ސަރުކާރުން ވަނީ އެމިރޭޓްސް އަށް ވިއްކައިލި ހިއްސާ އަލުން ގަނެފަ އެވެ.
ލަންކާގެ އެންމެ ބޮޑު އެއާލައިން، ސްރީ ލަންކަން އެއާލައިންސް ވަނީ 1.2 ބިލިއަން ޑޮލަރުން ދަރައިފަ އެވެ. އޭގެ ތެރޭގައި އެ ގައުމުގެ ބޭންކްތަކުން ނެގި ލޯނާއި އިންޓަނޭޝަނަލް ބޮންޑު ޕޭމެންޓްތަކާއި މަތިންދާބޯޓުތައް ލީސް ކުއްޔަށް ދައްކަން ޖެހޭ އަދަދުތައް އެބަ ހުއްޓެވެ. ތެލަށް ކުރި ބައެއް ހަރަދުތަކަށް ވެސް ފައިސާ ނުދައްކަ އެވެ.
ބިއޯންޑަށް ސީއޭއެމްއޯ އެޕްރޫވަލް ދީފި
ސްރީލަންކަންގެ 6،000 ވަޒީފާ ގެއްލުމުގެ ބިރު
ރާއްޖެއަށް ދަތުރު ކުރި ގޯއެއާގެ އޮޕަރޭޝަން ހުއްޓާލައިފި
ލަންކާއަށްދާ ފްލައިޓްތަކުން ތެޔޮ ހިފައިގެން ދާން ބުނެފި
ބޭރު މީހުން ގެންދަން އިތުރު ފްލައިޓްތަކެއް
އޮސްޓްރިއަން އިން ރާއްޖެއަށް ދަތުރުތައް އިތުރު ކުރަނީ
ސްރީލަންކަން އިން 25 ޕަސެންޓް ޑިސްކައުންޓް
އިތުރު ތިން އެއާލައިނަކުން ރާއްޖެ އަށް ދަތުރު ފަށަނީ
ގަން-ކޮލޮމްބޯ ދަތުރަށް ތައްޔާރުވާނަން: އިމިގްރޭޝަން
އީސްޕޯޓް ޗެމްޕިއަންޝިޕަށް ދިވެހިޓީމް ދިޔައީ ބިއޯންޑްގައި