Roadha Mihaaru
އޮސްޓްރިއަން އިން ރާއްޖެއަށް ދަތުރުތައް އިތުރު ކުރަނީ

އޮސްޓްރިއަން އިން ރާއްޖެ އަށް ދަތުރުތައް އިތުރު ކުރަނީ

14 ޑިސެމްބަރ 2019

މި ފަހަރުގެ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް އޮސްޓްރިއަން އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް އިތުރުކުރަން އެ އެއަލައިނުން ނިންމައިފިި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި ފަހަރުގެ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް އޮސްޓްރިއަން އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް އިތުރުކުރަން އެ އެއަލައިނުން ނިންމައިފިި އެވެ.

އޮސްޓްރިއާގެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ، ކްރިސްމަސް އާއި އާ އަހަރު ފާހަގަ ކުރުމަށް އެންމެ ގިނައިން މީހުން ދާ ގައުމުތަކަށް ދަތުރުތައް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖެ އާއި މޮރިޝަސް ހިމެނެ އެވެ.

އޮސްޓްރިއަން އެއާލައިނުން ބުނިގޮތުގައި، މި ދެ މަންޒިލަށް އޮތް ޑިމާންޑުގެ ބޮޑުކަމުން ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ހަފްތާއަކު ތިން ދަތުރު ކުރާނެ އެވެ. އަދި މި ދަތުރުތައް، ކްރިސްމަސް އިން ފެށިގެން ދިގު މުއްދަތަކަށް ކުރާނެ ކަމަށް ވެސް އެ އެއާލައިނުން ނެރުނު ބަޔާނުގައި ވެ އެވެ.

އޮސްޓްރިއަން އެއާލައިނުން ރާއްޖެ އަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށެވެ.

އޮސްޓްރިއަން އެއާލައިނުން މިހާރު ރާއްޖެ އަށް ކުރަނީ އެ ގައުމުގެ ވެރިރަށް ވިއެނާއިން މާލެ އަށް ހަފްތާއަކު އެންމެ ދަތުރެކެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ އެވެ. މި ދުވަސްވަރާ ދިމާކޮށް އެކި އެއާލައިންތަކުގެ ދަތުރުތައް އަބަދުވެސް އިތުރުކުރެ އެވެ.