Roadha Mihaaru
ޗައިނާގެ އިތުރު އެއާލައިނެއް ރާއްޖެ އަށް

ޗައިނާގެ އިތުރު އެއާލައިނެއް ރާއްޖެ އަށް

25 ޖޫން 2024

ޗައިނާގެ ޗޮންޗަންގް އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް އިއްޔެ ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޗައިނާގެ ޗޮންޗަންގް އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް އިއްޔެ ފަށައިފި އެވެ.

އެމްއޭސީއެލް އިން ބުނީ، ކޮންމެ ހަފުތާއަކު އެ އެއާލައިނުން ތިން ދުވަހު ރާއްޖެ އަށް ދަތުރު ކުރާނެ ކަމަށެވެ. އެއީ ކޮންމެ ހަފުތާއެއްގެ ހޯމަ އާއި ބުދަ އަދި ހުކުރު ދުވަހު އެވެ.

އެ އެއާލައިނުގެ ފުރަތަމަ ފްލައިޓުން އިއްޔެ 82 ފަސިންޖަރުން ރާއްޖެ އައިސްފައިވެ އެވެ.

މިއީ ޝެޑިއުލް ދަތުރުތައް ކުރާ ޗައިނާގެ ހަތަރު ވަނަ އެއާލައިނެވެ. މި ވަގުތު ބެއިޖިން ކެޕިޓަލް އެއާލައިނާއި ޗައިނާ އީސްޓާން އާއި ޝީޒުއާން އެއާލައިނުން ވެސް އަންނަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރު ކުރަމުންނެވެ. މިދިޔަ ފެބްރުއަރީ މަހު އެ ގައުމުގެ ޒިއޭމަން އެއާލައިންގެ ޗާޓަރު ދަތުރުތަކެއް ވެސް ކުރި އެވެ.

މިދިޔަ އަހަރު ވަނީ ޗައިނާ ސަދާން އެއާލައިނުގެ ޗާޓާ ދަތުރުތަކެއް ކޮށްފަ އެވެ.

ޗައިނާގެ އެއާލައިންތަކުގެ އިތުރުން އެ ސަރަހައްދުން ހޮންގް ކޮންގް އެއާލައިނުން ވެސް އަންނަނީ ރާއްޖެ އަށް ސީދާ ދަތުރުތައް ކުރަމުންނެވެ.

ޗައިނާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން މިހާތަނަށް ވަނީ 113،000 ޓޫރިސްޓުން އައިސްފަ އެވެ. އެއީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ 12 ޕަސެންޓެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ވަނީ 980،000 ޓޫރިސްޓުން އައިސްފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ.