ކޮވިޑް-19 ފެތުރޭތީ ހުއްޓާލާފައިވާ ވައިގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ.
24 ސެޕްޓެމްބަރ 2020
ކޮވިޑް-19 ފެތުރޭތީ ހުއްޓާލާފައިވާ ވައިގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ.
ޗައިނާގެ ގައުމީދުވަސް ފާހަގަކުރަން އިއްޔެ ބޭއްވި ވާޗުއަލް ރިސެޕްޝަނަަކަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ރާއްޖެއިންް ކުރަމުން އަންނަ މަސައްކަތުގައި އެންމެ މުހިއްމު ލަނޑުދަަނޑި އަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުން ކަމަށެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވައިގެ ދަތުރުތައް އަލުން ފެށުމަށާއި ވިޔަފާރި އާއި މީހުންްގެ ގުޅުން ވީ އެންމެ އަވަހަކަށް އިއާދަކުރަން ޝާހިދު ގޮވައިލެއްވި އެވެ.
ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށީ ޗައިނާގެ ވޫހާނުން ކަމަށް ވާތީ މި ބަލިމަޑުކަމުގައި ރާއްޖެއިން ވައިގެ ދަތުރުކުރުން އެންމެ ފުރަތަމަ ހުއްޓައިލި ގައުމަކީ ޗައިނާއެވެ. އެގޮތަށް ކަންތައް ކުރަން ޖެހުނު އިރު އެގައުމަކީ އެއްގައުމަކުން ރާއްޖެއަށް އެންމެެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. ދަތުރުތައް އަލުން ފެށުމަށާއި ކަނެކްޓިވިޓީ އިތުރުުކުރަން ގޮވައިލެއްވުމަށް ފަހު ޝާހިދު ވިދާޅުވީ ޗައިނާއާ އެކު މިހާރު ވެސް އޮތް ގުޅުން އިތުރަށް ބަދަހިކުރަން ރާއްޖޭން އޮތީ ތައްޔާރަށް ކަމަށެވެ.
ޗައިނާގެ ގައުމީ ދުވަހަކީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހެވެ. އެކަމަކު އޭގެ ކުރިއަށް އަންނަ އެއް ހަފުތާ އަކީ ގައުމީ ދުވަހުގެ އުފާ ފާޅުކުރާ ރަސްމީ ބަންދުދުވަސްތަކެކެވެ. ގައުމީ ދުވަހުގެ ގޮތުގައި އެގައުމުން ފާހަގަކުރަނީ މިހާރު އޮތް ކޮމިއުނިސްޓް ދައުލަތް ޗައިނާގައި ގާއިމުވި ދުވަހެވެ. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އެ ދައުލަތް އުފެއްދީ 1949 ވަނަ އަހަރު އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝާހިދު ޗައިނާގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ 1949 ވަނަ އަހަރު ޗައިނާގެ ދައުލަތް އުފެދުނީއްސުރެ އެ ގައުމުން އަންނަނީ ކުރިއެރުންތައް ހޯދަމުން ކަމަށާއި ބައިނަލްއަގުވާމީ މުޖުތަމައުގައި އެގައުމުގެ ލީޑަޝިޕް ދައްކަމުން އަންނަ ކަމަށެވެ. ޗައިނާ އިން ލީޑަޝިޕް ދައްކަމުން އަންނަނީ ސިއްހީ ދާއިރާ ފަދަ މުހިއްމު ދާއިރާތަކުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން ރާއްޖޭން ކުރާ މަސައްކަތަށް ޗައިނާ ސަރުކާރާއި އެގައުމުގެ ކުންފުނިތަކުން ވެދެމުން އަންނަ އެހީތެރިކަމަށް ޝާހިދު ޝުކުރުއަދާކުރެއްވި އެވެ.
ޗައިނާ ޓޫރިސްޓުން ގެނައުމުގެ މަޝްވަރާތައް ފަށަނީ
ޗައިނާގެ އިތުރު އެއާލައިނެއް ރާއްޖެ އަށް
ޓޫރިސްޓުންގެ ތަފާސްހިސާބު: ދެ ވަނަ ޗައިނާ އަށް
ޓޫރިސްޓު އެރައިވަލްގެ ތިން ވަނައަށް ޗައިނާ އަރައިފި
ފާޑުކިޔަސް ރާއްޖެ-ޗައިނާ ގުޅުން ދާނީ ކުރިއަށް: ސަފީރު
ވައިރަހާ ގުޅިގެން ރާއްޖެ-ޗައިނާ ދަތުރުތައް ހުއްޓާލައިފި
ޗައިނާގެ ޓޫރިސްޓުންގެ އަދަދު 2023ގައި 1 މިލިއަނަށް
ޗައިނާގެ ގައުމީ އެއާލައިނުން ރާއްޖެ އަށް ދަތުރު ފަށަނީ
ސެޕްޓެމްބަރު މަހު އައި ޓޫރިސްޓުންގެ އަދަދު އިތުރުވެއްޖެ
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!