Roadha Mihaaru
ހޮންގްކޮން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި

ހޮންގް ކޮންގް އެއާލައިނުން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި

19 ޖެނުއަރީ 2024

ހޮންގް ކޮންގް އެއާލައިނުން ހޮންގް ކޮންގާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހޮންގް ކޮންގް އެއާލައިނުން ހޮންގް ކޮންގާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފި އެވެ.

އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރުން ހުއްޓާލީ ކޮވިޑް-19 އާ ގުޅިގެންނެވެ.

ހޮންގް ކޮންގް އެއާލައިނުން އަލުން ދަތުރުތައް ފަށާފައި މިވަނީ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮވިޑް-19ގެ ކުރިން ހުރި ވަރަށް ވުރެ ދެ ގުނަކުރުމަށް މި ސަރުކާރުން އަމާޒު ހިފާފައިވަނިކޮށެވެ.

ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އޮތީ ޗައިނާ އެވެ. އެކަމަކު ކޮވިޑަށް ފަހު ޗައިނާ އިން ރާއްޖެއަށް ދަތުރުކުރުން އޭރު ހުއްޓާލުމާ އެކު އެ ލިސްޓުގެ ކުރީގައި މިހާރު އޮތީ އިންޑިއާ އެވެ.

ހޮންގްކޮންގް އެއާލައިނުގެ ފުރަތަމަ ފްލައިޓު މިރޭ 7:30 ހާއިރު ރާއްޖެ އައިސްފައިވާއިރު އޭގައި 209 ޕަސެންޖަރުން ރާއްޖެއަށް އައިސްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ އެއާލައިނަށާއި ރާއްޖެއަށް އައި ފަތުރުވެރިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ހޮންގް ކޮންގް އެއާލައިނުން އަލުން ރާއްޖެއަށް ދަތުރުތައް ފެށުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ އެ އެއާލައިނުން އައި މީހުންނަށް ހޫނު މަރުހަބާއެއް ކިޔާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހޮންގް ކޮންގް އެއާލައިނުން އަލުން ރާއްޖެއަށް ދަތުރުތައް ފެށުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ އެ އެއާލައިނުން އައި މީހުންނަށް ހޫނު މަރުހަބާއެއް ކިޔާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްއޭސީއެލުން ބުނި ގޮތުގައި ހޮންގް ކޮންގް އެއާލައިނާ އެކު ރާއްޖެއަށް މިހާރު ޗައިނާގެ ހަތަރު އެއާލައިނެއް ދަތުރުކުރާނެ އެވެ. އެއީ ޗައިނާ އީސްޓާން އެއާލައިންސް އާއި ބެއިޖިން ކެޕިޓަލާއި ސިޗުއާން އެއާލައިނެވެ.

ހޮންގް ކޮންގް އެއާލައިނުން އަލުން ރާއްޖެއަށް ދަތުރުތައް ފެށުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ އެ އެއާލައިނުން އައި މީހުންނަށް ހޫނު މަރުހަބާއެއް ކިޔާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހޮންގް ކޮންގް އެއާލައިނުން އަލުން ރާއްޖެއަށް ދަތުރުތައް ފެށުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ އެ އެއާލައިނުން އައި މީހުންނަށް ހޫނު މަރުހަބާއެއް ކިޔާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހޮންގްކޮންގް އެއާލައިނުން ރާއްޖެއާ ދެމެދު ހަފްތާއަކު ތިން ފްލައިޓު އަޅާނެ އެވެ. އެއީ ހުކުރު، އާދިއްތަ އަދި ބުދަ ދުވަހު އެވެ.

ޗައިނާގައި މިފަހުން ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ރައީސް ޑރ. މުއިއްޒު ވެސް ވަނީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ މަގާމު ޗައިނާއިން އަލުން ހޯދަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން އެދިވަޑައިގެންފަ އެވެ.

އެ އަދަދު އެ އަށް ވުރެ 40 ޕަސެންޓާ ހަމައަށް އިތުރު ކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ވަނީ މިހާރު ފަށައިފަ އެވެ. އޭގެ ތެރޭގައި ޗައިނާގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުން ހިމެނެ އެވެ.