Roadha Mihaaru
ޗައިނާ ޓޫރިސްޓުން އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް

ޗައިނާގެ ޓޫރިސްޓުން އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް، ޕްރޮވިންސްތަކުން ސީދާ ދަތުރުތައް ބާއްވަނީ!

11 ޖެނުއަރީ 2024

ކޮވިޑްގެ ކުރިން ރާއްޖެ އަށް އެންމެެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރަނީ ޗައިނާ އިން ކަަމަށް ވާއިރު, އެ އަދަދު އެ އަށް ވުރެ 40 ޕަސެންޓާ ހަމައަށް އިތުރު ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން ބެއިޖިން އިން އަހުމަދު ހަމްދޫން

ކޮވިޑްގެ ކުރިން ރާއްޖެ އަށް އެންމެެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރަނީ ޗައިނާ އިން ކަަމަށް ވާއިރު, އެ އަދަދު އެ އަށް ވުރެ 40 ޕަސެންޓާ ހަމައަށް އިތުރު ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ހައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުައި އެ މަނިކުފާނުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރު ފައިސަލް ވިދާޅުވީ, މިހާރު މަސައްކަތް ކުރައްވަނީ ޗައިނާގެ އެކިއެކި ޕްރޮވިންސްތަކުން ސީދާ ފްލައިޓްތައް ރާއްޖެ އަށް ބޭއްވޭނެ މަގުތައް ހޯއްދަވަން ކަމަށެވެ.

”މިހާރު އަޅުގަނޑުމެންނަށް އެއް އެއާލައިނުން ޔަގީންކަން ދީފި ރާއްޖެ އަށް ސީދާ ދަތުރުތައް ބާއްާނެ ކަމުގެ. މި ތަނުގެ ކޮމާސް މިނިސްޓަރާ ވެސް އަޅުގަނޑާ ބައްދަލުވި. ޓޫރިޒަމް މިނިސްޓަރާ ވެސް މާދަމާ ]މިއަދު] ބައްދަލުވާނެ. އެ ބޭފުޅުންނާ އެކު ކުރެވޭ މަސައްކަތްތަކުން ރާއްޖެ އަށް ސީދާ ފްލައިޓްތައް ބޭއްވޭނެ ކަމަށް މި ބަލަނީ. ވަރަށް އުންމީދު ކުރަން,“ ފައިސަލް ވިދާޅުވި އެވެ.

މި އަހަރު ރާއްޖެއަށް އައި 1.8 މިލިއަން ވަނަ ޓޫރިސްޓަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް މަރުހަބާ ވިދާޅުވަނީ. --ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މި އަހަރު ރާއްޖެއަށް އައި 1.8 މިލިއަން ވަނަ ޓޫރިސްޓަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް މަރުހަބާ ވިދާޅުވަނީ. --ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އޭނާ ވިދާޅުވި ގޮތުގައި, ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އާއި މުޅި ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން އެއާލައިންތަަކަށް ޗައިނާގައި ފެއާއެއް ބާއްވަން ވެސް ވަނީ ގަސްދު ކޮށްފަ އެވެ. ޗައިނާ އިން ގިނަ ބަޔަކު އެ ފެއާގައި ބައިވެރި ކުރާނެ ކަމަށް މިނިސްޓަރު ވިދާވި އެވެ.

”ރިސޯޓުތަކަށް އިންވެސްޓް ކޮށްގެން ތިބި ފަރާތްތަކުން ޗައިނާ އަށް އައިސް އެއާލައިންތަކާ ދިމާވީމާ ވަރަށް ފަސޭހަވާނެ މައްސަލަ ހައްލު ކުރަން. އެހެންވީމާ އަޅުގަނޑަށް ވަރަށް އުންމީދު ބޮޑު މިހާތަނަށް ޗައިނާ އިން ރާއްޖެ އަށް ފަތުރުވެރިން ނުދާ ވަރަށް މާ އިތުރަށް ގެންދެވޭނެ ކަމަށް. އިތުރު އެއާލައިންތައް ވެސް އިރާދަކުރެއްވިއްޔާ ލިބޭނެ,“ ފައިސަލް ވިދާލުވި އެވެ.

”އެންމެ ބޮޑު މައްސަލައަކަށް އޮންނަނީ އަގުގެ މައްސަލަ. ފެއާގެ އަގު ބޮޑީ. އެހެންވީމާ މި ތަނުގައި މި ހުރިލޯކަލް އެއާލައިންތަކާ އެކު މަސައްކަތް ކުރެވިއްޖެ ކަމަށް ވަންޏާ ރަނގަޅު އަގު ދެވޭ ނަމަ އުންމީދު ނުކުރާ ވަރަށް ވެސް ފަތުރުވެރިން ރާއްޖެ ގެންދެވޭނެ.“

ޗައިނާގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި މިނިސްޓަރު ފައިސަލް އާއި އެހެން ބައެއް ވަޒީރުން.

ޗައިނާގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި މިނިސްޓަރު ފައިސަލް އާއި އެހެން ބައެއް ވަޒީރުން.

ފައިސަލް ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތީ ޗައިނާގެ ނިއު އިޔާ ކަމަށް ވާއިރު, ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ ރަނގަޅު އަދަދަކަށް ރާއްޖެ އަށް ޓޫރިސްޓުން ގެންދެވޭނެ އެވެ.

މިނިސްޓަރު ފައިސަލްގެ އަމާޒަކީ ކޮވިޑްގެ ކުރިން ރާއްޖެ އަށް ޗައިނާގެ ޓޫރިސްޓުން ގެންދިޔަ ވަރު 40 ޕަސެންޓަށް އިތުރު ކުރުމެވެ.

އެންމެ ބޮޑު މައްސަލައަކަށް އޮންނަނީ އަގުގެ މައްސަލަ. ފެއާގެ އަގު ބޮޑީ. އެހެންވީމާ މި ތަނުގައި މި ހުރި ލޯކަލް އެއާލައިންތަކާ އެކު މަސައްކަތް ކުރެވިއްޖެ ކަމަށް ވަންޏާ ރަނގަޅު އަގު ދެވޭ ނަމަ އުންމީދު ނުކުރާ ވަރަށް ވެސް ފަތުރުވެރިން ރާއްޖެ ގެންދެވޭނެ.“--- ފައިސަލް

”ވަރަށް ވަރަށް އުންމީދު އެބައޮތް. ހާއްސަކޮށް ރައީސް މުއިއްޒާއި ޗައިނާގެ ސަރުކާރާ މި އޮތް ގުޅުމަށް ބަލާފައި މި ތަނުން ވަރަށް ގިނަ ކަންކަން ފަސޭހަވާނެ. މި ދަތުރުގައި ވެސް ވަރަށް ގިނަ ކަންކަން ވެއްޖެ. އޭގެ ތަފުސީލް ރައީސް ދެއްވާނެ. ރާއްޖޭގައި އިންވެސްޓް ކޮށްގެން ތިބި ފަރާތްތަކަށް ވެސް އެ ހިސާބުން އެނގޭނެ ކަންކަން,“ ފައިސަލް ވިދާޅުވި އެވެ.

”ޗައިނާއަކީ އާބާދީ އެތައް ބިލިއަނަށް އަރާ ގައުމަކަށް ވެފައި އެ ވަރުގެ ގައުމަކާ އެކު ރާއްޖެ އިން މިހާ ގާތް ގުޅުމެއް ބޭއްވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް.“

ޗައިނާގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ރައީސް ޑރ. މުއިއްޒު ވެސް ވަނީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ މަގާމު މަގާމު ޗައިނާއިން އަލުން ހޯދަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން އެދިވަޑައިގެންފަ އެވެ.