ވެލާނާ އިންޓަނޭޝަލްގެ އާ ޓާމިނަލް ހުޅުވި، ރަސްމިއްޔާތަށް އެ ސަރަހައްދުގެ އެއާ ސްޕޭސް ބަންދުކުރުމުގެ ސަބަބުން، ގިނަ ފްލައިޓްތަކެއް ޑިލޭވެ، ބައެއް ފްލައިޓުތައް ޑައިވާޓް ވެސް ކޮށްފި އެވެ.
27 ޖުލައި 2025
ވެލާނާ އިންޓަނޭޝަލްގެ އާ ޓާމިނަލް ހުޅުވި، ރަސްމިއްޔާތަށް އެ ސަރަހައްދުގެ އެއާ ސްޕޭސް ބަންދުކުރުމުގެ ސަބަބުން، ގިނަ ފްލައިޓްތަކެއް ޑިލޭވެ، ބައެއް ފްލައިޓުތައް ޑައިވާޓް ވެސް ކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލްގެ ފްލައިޓުތަކުގެ މައުލޫމަތު ފެންނަ، ވެބްސައިޓުން އެނގޭ ގޮތުން، ސިންގަޕޫރު އެއާލައިނާއި އެމިރޭޓްސް އާއި އިންޑިގޯ އަދި ބަޓިކް އެއާގެ ފްލައިޓެއްގެ އިތުރުން ބައެއް ޑޮމެސްޓިކް ފްލައިޓުތައް ވެސް ވަނީ ވަރަށް ބޮޑަށް ޑިލޭވެފަ އެވެ.
ރަންވޭއަށް 11:35 ހާއިރު ފްލައިޓުތައް ޖައްސަން ފެށި އިރު ސިންގަޕޫރު އެއާލައިނާއި އެމިރޭޓްސްގެ ފްލައިޓަށް އެއް ގަޑިއިރުގެ ޑިލޭއެއް އައެވެ. އަދި މެލޭޝިއާގެ ބަޓިކް އެއާލައިންގެ ފްލައިޓެއް ޑައިވާޓް ކުރި އިރު ޑޮމެސްޓިކް ދެ ފްލައިޓެއްގެ ވެސް ވަނީ ޑައިވާޓުކޮށްފަ އެވެ. ފްލައިޓް އިންޕޮމޭޝަން ސާވިސް ވެބްސައިޓުން އެނގޭ ގޮތުން އިންޑިގޯ އިން ކޮޗިން އިން އައި ފްލައިޓެއް ވެސް ވަނީ ޑިލޭވެފަ އެވެ. އަދި މޯލްޑިވިއަންގެ ޑޮމެސްޓިކް ފަސް ފްލައިޓެއް ވެސް ޑިލޭވެފައިވެ އެވެ.
އެނގިފައިވާ ގޮތުން ރަންވޭ ބަންދުކޮށް، އެހާ ގިނަ އިރުވީ، އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑްރޯން ޝޯ ބޭއްވުމަށް ބޭނުން ކުރި ބައެއް ޑްރޯންތަކެއް ރަންވޭ މައްޗަށް ވެއްޓުމާ ގުޅިގެން، ކްލިއާ ކުރަން ވަގުތު ނެގުމުންނެވެ.
އެމްއޭސީއެލް އިން ބުނީ، މިހާރު ރަންވޭ ހުޅުވާލާފައިވާ އިރު، ޑިލޭވި ފްލައިޓުތައް މަޑުމަޑުން ޖައްސަމުން އަންނާނެ ކަމަށެވެ.
ޑްރޯން ޝޯ އާއި ހަވާ އެރުމުގެ ހަރަކާތްތައް ބޭއްވީ މިރޭ 9:20 އިން 9:50 އާ ހަމަ އެވެ.
އާ ޓާމިނަލް ހުޅުވާލި އިރު އެތަނުގެ ހިދުމަތް ފުރަތަމަ ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުކުރާ ފަރާތްތަކަށެވެ.
އާ ރަންވޭ: ދަތި އުނދަގޫތައް މާޒީގެ ތެރެއަށް
އާ ރަންވޭ: އެންމެ ބޮޑު މައްސަލައިގެ ހައްލު
ވައި ގަދަ, ފްލައިޓުތައް ނުޖެއްސިގެން ބުރުޖަހަނީ!
ކުރީގެ ރަންވޭ މަރާމާތު ކުރަން ބީޔޫސީޖީއާ ހަވާލުކޮށްފި
މެލޭޝިއާ އެއާލައިންގެ ދަތުރުތައް އަލުން ފަށަނީ
ޗައިނާގެ އިތުރު އެއާލައިނެއް ރާއްޖެ އަށް
އިގްތިސާދީ ދުވެއްޔާ ގުޅިފައިވާ އެންމެ ބޮޑު އެއާޕޯޓް
ރާއްޖެއަށް މެލޭޝިއާގެ ބަޓިކް އެއާގެ ދަތުރުތައް ފަށައިފި
މެލޭޝިއާގެ ބަޓިކް އެއާގެ ދަތުރުތައް އަންނަ މަހު ފަށަނީ
ކުވައިތު އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި