ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ފުރަތަމަ ބޭނުން ކުރި ރަންވޭ އަދި މިހާރުގެ ޓެކްސީވޭ މަރާމާތު ކުރަން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްފި އެވެ.
15 އޮކްޓޯބަރ 2024
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ފުރަތަމަ ބޭނުން ކުރި ރަންވޭ އަދި މިހާރުގެ ޓެކްސީވޭ މަރާމާތު ކުރަން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްފި އެވެ.
އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ވަނީ ރަސްމީކޮށް އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. ޓެކްސީވޭ މަރާމާތު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށާ އިރު އެ މަސައްކަތް ނިންމާލަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުގެ މެދުތެރެއަށެވެ.
"ޓެކްސީވޭ ޗާލީ ރީބިލްޑް" ގެ ގޮތުގައި ފެށި އެ ޕްރޮޖެކްޓްގެ ދަށުން ރަންވޭ ޒަމާނީ ފެންވަރަކަށް ހަދާނެ އެވެ. އެ ރަންވޭގައި 3،200 މީޓަރު ހުންނަ އިރު، އެ ރަންވޭ ތަރައްގީ ކުރާނީ ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގަ އެވެ.
އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ކުރީގެ ރަންވޭ، އަދި މިހާރުގެ ޓެކްސީވޭ ހަދާފައިވަނީ 1976 ވަނަ އަހަރު ކަމަށެވެ. އެއީ އެއާޕޯޓުގެ އެންމެ ގިނަ ދުވަސްވީ އިންފްރާސްޓްރަކްޗާ ކަމަށެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ޓެކްސީވޭ މަރާމާތުކުރަން ހަވާލުކުރި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އާ ރަންވޭ ބޭނުން ކުރަން ފެށުމުން ކުރީގެ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން ފެށީ 2022 ވަނަ އަހަރު އެވެ. ޝަރީފު ވިދާޅުވީ، އެ ބަދަލާ އެކު އެއާޕޯޓަށް މަތިންދާ ބޯޓު ޖައްސަން ހޭދަކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަ ކުރެވުނު ކަމަށެވެ.
"ބޯޓުތައް މަތީގައި އޮންނަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވުނު. އެ ޓެކްސީވޭ އެމަޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، ކުރީގެ ރަންވޭ ބާވެފައިވާ އިރު، ކުއްލި ހާލަތެއްގައި މިހާރު ބޭނުން ކުރާ ރަންވޭއަށް ކަމެއް ދިމާވެއްޖެ ނަމަ، ބޯޓުތައް ޖައްސާނެ އިތުރު ގޮތެއް ނޯންނާނެ ކަަމަށެވެ. އެކަމުގެ ސަބަބުން މުޅި އިގްތިސާދަށް ވެސް ބޮޑު އަސަރެއް ކުރާނެތީ، ޓެކްސީވޭ އަލުން މަރާމާތު ކުރުމަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ، އެ ޕްރޮޖެކްޓްގެ ދަށުން ޓެކްސީވޭ އެއްކޮށް އާ ކުރާނެ ކަމަށެވެ.
ޓެކްސީވޭ ހެދުމަށް ބީޔޫސީޖީއާ ހަވާލުކުރި އިރު މިހާރު ބޭނުން ކުރާ އާ ރަންވޭ ހަދާފައިވަނީ ވެސް އެ ކުންފުނިންނެވެ. ޗައިނާގެ އެގްޒިމް ބޭންކުން ނެގި ލޯނެއްގެ ދަށުން އެޅި އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެ ރަންވޭ އަށް އެންމެ ބޮޑެތި ބޯޓު، އޭ380 މަރުކާގެ ބޯޓުތަކަށް ވެސް ޖެއްސޭނެ އެވެ. އެ ޕްރޮޖެކްޓަށް 450 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.
ރީޖަަނަލް އެއާޕޯޓްސްގެ އެއާޕޯޓުތައް އެމްއޭސީއެލް އަށް
ކުޅުދުއްފުށީ މަގުތަކާއި ޓާމިނަލް ތަރައްގީކުރަން ފަށައިފި
މަތިވެރި އެއާޕޯޓު އަޅަން ބިން ހިއްކަން ފަށައިފި
މަތިވެރި އެއާޕޯޓު އަޅައި ހިންގަން އެމްއޭސީއެލަށް
ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކުރަން އެދިއްޖެ
ރަންވޭ ހުޅުވާނުލާތީ، ގިނަ ފްލައިޓްތަކެއް ޑިލޭވެއްޖެ
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
އާ ޓާމިނަލާ އެކު އާމްދަނީ 7-8 ޕަސެންޓަށް އިތުރުވާނެ
އާ ޓާމިނަލް ފުލް އޮޕަރޭޝަނަށް ގެންނާނީ ސެޕްޓެމްބަރުމަހު
ގޮންޖެހުންތަކަށްފަހު ޓާމިނަލުން ހިތްގައިމު އުދުހިގަތުމެއް