ގިނަ އަދަދެއްގެ ރިސޯޓު ހިންގާ އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު، މަތިވެރީގައި އަޅަން ބޭނުންވާ ބިން ހިއްކުމާއި އެ ތަން ތަރައްގީކޮށް އޮޕަރޭޓް ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ސަރުކާރުން މިރޭ ހަވާލުކޮށްފި އެވެ.
19 އޯގަސްޓް 2025
ގިނަ އަދަދެއްގެ ރިސޯޓު ހިންގާ އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު، މަތިވެރީގައި އަޅަން ބޭނުންވާ ބިން ހިއްކުމާއި އެ ތަން ތަރައްގީކޮށް އޮޕަރޭޓް ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ސަރުކާރުން މިރޭ ހަވާލުކޮށްފި އެވެ.
މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ އެއާޕޯޓު އެއްބަސްވުމުގައި އެމްއޭސީއެލާ އެކު، ސޮއިކުރީ ރައީސް އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގަ އެވެ.
އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލްމުހައިމިން އެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި މަތިވެރި އެއާޕޯޓަށް އިންވެސްޓްކޮށް، އެ ތަން ހިންގައި ހުރިހާ ކަމެއް ބަލަހައްޓާނީ ވެސް އެމްއޭސީއެލުންނެވެ.
އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު މަތިވެރީގައި ހެދުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިމްރާން (ވ) އާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު މިރޭ ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ތައްޔާރުވެގެން.---ފޮޓޯ: ރައީސް އޮފީސް
"މި މަޝްރޫއާ ގުޅިގެން ރަށަށް ބޭނުންވާ ރަށުގެ ތަރައްގީގެ އެކި ކަންކަމަށް، ބޯހިޔާވަހިކަމާއި އެކި ކަންކަމަށް 26.5 ހެކްޓަރުގެ ބިމާ އެކު އޭގެ އިތުރަށް އެއާ ގުޅިގެން އެއާޕޯޓު ތަރައްގީ ކުރެވޭނީ. މި އެއާޕޯޓަކީ ފުރިހަމަ އަށް ދެކޮޅު ޖެހޭނެ އެއާޕޯޓެއް، އޭގެ ހުރިހާ ހިސާބެއް ބަރާބަރަށް ދިމާވާ 100 ޕަސެންޓު ފީޒަބްލް ޕްރޮޖެކްޓެއް،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އެއާޕޯޓްސް ކޮމްޕެނީ އަށް މި މަޝްރޫއު ވަރަށް ފަސޭހަ ވެގެންދޭ."
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި މަތިވެރި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް 30 މަސް ދުވަސް ނުވަތަ ދެ އަހަރާއި ބައިގެ މުއްދަތުގައި ނިންމައި އެ ތަން ހުޅުވާނެ އެވެ.
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީޒު ވިދާޅުވީ މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ އެ ރަށު ރައްޔިތުން އެތައް ސަރުކާރެއްގައި އެދުނު ކަމެއް ނަމަވެސް މިހާތަނަށް ފުރިހަމަ ނުވެ އޮތް "ހުވަފެނެއް" ކަމަށެވެ.
އެކަން ފުރިހަމަ ކޮށްދެއްވީ ރައީސް މުއިއްޒު ކަމަށާއި އެކަމަށް އެ ދާއިރާގެ ހުރިހާ ރައްޔިތުންނާއި ހާއްސަކޮށް މަތިވެރި ރައްޔިތުން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.
ރައީސް އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި މަތިވެރި އަށް ވަޑައިގެން ދެއކެވި ވާހަކަފުޅުގައި ވިދާޅުވި އެއާޕޯޓެއް އެޅުމަކީ މަތިވެރި ދާއިރާ އަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ޓޫރިޒަމަށް ބަރޯސާވެފައިވާ މި އަތޮޅަށް އެއާޕޯޓެއް ބޭނުންވާ ކަމަށެވެ.
އެ ސަރަހައްދުގައި ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރަން ޖެހޭ ކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އަމާޒަކީ ޓޫރިސްޓު ރިސޯޓުތަކާއި ޓޫރިޒަމްގެ އެކިއެކި ފަހި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. ވިދާޅުވީ އެ ހުރިހާ ކަމަކާ އެކު ރައްޔިތުންނަށް އިގްތިސޯދީ ގޮތުން ކުރިއެރުންތައް ލިބޭ ތަން ފެންނާނެ ކަމަށެވެ.
މަތިވެރި އެއާޕޯޓު އަޅަން ބިން ހިއްކަން ފަށައިފި
ރީޖަަނަލް އެއާޕޯޓްސްގެ އެއާޕޯޓުތައް އެމްއޭސީއެލް އަށް
ކުޅުދުއްފުށީ މަގުތަކާއި ޓާމިނަލް ތަރައްގީކުރަން ފަށައިފި
ތުޅާދޫ އެއާޕޯޓް ބިން ހިއްކާ ގޮތަށް ބަދަލުތަކެއް
އެމްޓީސީސީން ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
އާ ޓާމިނަލް ޖުލައި 26ގައި ހުޅުވަން ކައުންޓްޑައުންއެއް
45މިލިއަން ލީޓަރުގެ ފިއުލް ފާމް ބޭނުންކުރަން ފަށައިފި
"މާލީ ހާލަތުގެ އަސަރު އެއާޕޯޓު ޕްރޮޖެކްޓަށް ނުކުރާނެ"
އިތުރު އެއާޕޯޓުތައް އަޅާނެ ރަށްތައް ކަނޑައަޅައިފި