Roadha Mihaaru
ޓްރެފިކް ބާރު ބޮޑު ދެ ދުވަހަށް ތައްޔާރު: އެމްއޭސީއެލް

ޓްރެފިކް އެންމެ ބޮޑު ދެ ދުވަހަށް ތައްޔާރު: އެމްއޭސީއެލް

25 ޑިސެމްބަރ 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، އަލުން ހުޅުވި ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އެންމެ ޓްރެފިކް ބޮޑުވާނެ ކަމަށް ލަފާކުރާ ދުވަސްތަކަށް ތައްޔާރު ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، އަލުން ހުޅުވި ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އެންމެ ޓްރެފިކް ބޮޑުވާނެ ކަމަށް ލަފާކުރާ ދުވަސްތަކަށް ތައްޔާރު ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.

ވީއައިއޭ ހިންގާ ކުންފުނިން ކުރި ޓުވީޓެއްގައި ބުނީ، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން އެ އެއާޕޯޓަށް އެންމެ ގިނަ ޓޫރިސްޓުންނާއި ފްލައިޓު ޖައްސާނެ ކަމަށް ލަފާ ކުރެވެނީ މާދަމާ އަދި އޭގެ އަނެއް ދުވަހު ކަމަށެވެ. އެހެންވެ، ހުރިހާ އޮޕަރޭޝަންތަކެއް އޮމާންކަމާއެކު ކުރިޔަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްގެ ޓީމުތައް ތައްޔާރަށް ތިބި ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮންމެ އަހަރަކު ވެސް ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް، ރާއްޖެ އަށް ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވި ފަހުން ދުވަހުން ދުވަހަށް ޓޫރިޒަމް އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން މި ހަފުތާގެ ތެރޭގައި ވެސް ދުވާލަކަށް 5000 އެއްހާ ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރި އެވެ.

ޓޫރިސްޓުންގެ އަދަދު ގިނަވި ނަމަވެސް، އެއާޕޯޓުގައި އެ މީހުން ނުނިކުމެވި އެތައް ގަޑިއިރެއް ހޭދަ ކުރަން ޖެހޭ ކަމުގެ ޝަކުވާ މިފަހުން ވަރަށް ބޮޑުވި އެވެ. އެ މައްސަލަ ހައްލު ކުރުމަށް އެޅި ފިޔަވަޅުތަކާއެކު، މިހާރު ފްލައިޓަކުން އަންނަ ގާތްގަނޑަކަށް 350 މީހުން 15 މިނެޓް ތެރޭގައި ކްލިއާ ކުރެވޭނެ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެފައު ވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އަންނާނީ 500،000 ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. މިދިޔަ ހަފްތުގައި ބުރާސްފަތި ދުވަހު އެ އަމާޒަށް ވެސް ވާސިލްވެ، އެކަން ވަނީ ފަހަގަކޮށްފަ އެވެ.