30 ޑިސެމްބަރ 2018
ކްރިސްމަސް ބަންދާއި އާ އަހަރުގެ ފެށުމާ ދިމާކޮށް ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވެ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަށް ބާރު ބޮޑުވެއްޖެ އެވެ.
ކްރިސްމަސް ބަންދާއި އާ އަހަރުގެ ފެށުމާ ދިމާކޮށް ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވެ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަށް ބާރު ބޮޑުވެއްޖެ އެވެ.
ވީއައިއޭގެ ޓްރެފިކް ބޮޑުވުމާ އެކު ރަންވޭ ބިޒީވެ ފްލައިޓްތައް ލޭންޑް ނުކުރެވި އެތައް އިރަކު މަތީގައި އޮންނަން ވެސް ވަނީ ޖެހިފަ އެވެ.
ގިނަ އަދަދެއްގެ ޓޫރިސްޓުންނާ އެކު ގިނަ ރިސޯޓްތަކާއި ގެސްޓް ހައުސްތައް މިހާރު ވަނީ ފުރިފަ އެވެ.
ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގްރޫޕު ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ ވިލާ ގްރޫޕްގެ ހުރިހާ ރިސޯޓެއް ވެސް ފުލްވެފައިވާ ކަމަށެވެ.
ޑިސެމްބަރު މަސް ފެށުނީއްސުރެ ވިލާގެ ހުރިހާ ރިސޯޓެއް އުޅެނީ ފުލްކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލާގެ ދަށުން ޕެރެޑައިސް އައިލެންޑް ރިސޯޓާއި، ފަން އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑްގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓު ހިންގަ އެވެ.
"ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާއާ ހަމަޔަށް އޮތީ ފުލްކޮށް. މިދިޔަ އަހަރު ވެސް މި ދުވަސް ވަރުގެ އޮކިއުޕެންސީ ރަނގަޅު. އެހެން ނަމަވެސް މިދިޔަ އަހަރަށް ވުރެ ވެސް މި އަހަރު ރަނގަޅު ކަމަށް ފާހަގަކުރެވޭ،" ގައިސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ފެބްރުއަރީ މަހު އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ދަށަށް ދިޔަ ޓުއަރިޒަމް ރަނގަޅުވެ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ ކަަށެވެ.
އޭރުގެ ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ސިޔާސީ ކުށްވެރިން މިނިވަންކުރާށާއި ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރަންވެގެންނެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.3 މިލިއަނަށް އަރައިފަ އެވެ.
ހީނަރުކަމަކަށް ފަހު ޓޫރިޒަމް ރަނގަޅުވާން ފަށައިފި
ޓްރެފިކް ބާރު ބޮޑު ދެ ދުވަހަށް ތައްޔާރު: އެމްއޭސީއެލް
"ޕީކް ސީޒަން"ގެ މަންޒަރު ބަދަލުވެފައި
މެންދުރު އަންނަ ޓޫރިސްޓުންނަށް ރިސޯޓަށް ދެވެނީ ރޭގަނޑު
އާ އަހަރު ފާހަގަކުރުމަށް ޚާއްސަ ޝޯއެއް
ހަވާޔާ އެކު ޕެރެޑައިސްގައި އާ އަހަރު ފާހަގަކުރަނީ
ތުުލުސްދޫގައި ކްރިސްމަސް ފާހަގަކުރުން މަނާ: ކައުންސިލް
އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓަަކަށް ވެލާނާ އެއާޕޯޓް
ޓޫރިޒަމް އިންޑަސްޓްރީ ހާސްކަމެއްގެ ތެރޭގައި
ފޯރިގަދަ ޝޯއަކުން އާ އަހަރަށް ދިވެހިން ހެއްވާލައިފި