04 ނޮވެމްބަރ 2018
އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓުގެ އެވޯޑް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބިއްޖެ އެވެ.
އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓުގެ އެވޯޑް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބިއްޖެ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑުން އެފްރިކާ އަދި އިންޑިއާ ކަނޑުގެ ގައުމުތަކަށް ދޭ އެވޯޑް ހަފްލާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބުނީ "ބެސްޓް ލީޑީން އެއާޕޯޓް"ގެ މަގާމެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެހިޖެހިގެން މި އެވޯޑް ލިބުނު ހަތް ވަނަ ފަހަރެވެ.
ލީޑިން އެއާޕޯޓްގެ އެވޯޑް ލިބުނު އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮޕަރޭޓް ކުރަނީ އެންމެ ރަންވޭއެކެވެ. އެއީ 45 މީޓަރު ފުޅާ އަދި 3،200 މީޓަރު ދިގު ރަންވޭއެކެވެ. އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ވަނީ ދެ ވަނަ ރަންވޭއެއް ހަދައިފަ އެވެ. ނަމަވެސް އެ ރަންވޭ ބޭނުންކުރާކަށް އަދި ނުފަށަ އެވެ.
އެއާޕޯޓް ތަރައްގީ ކުރުމަށް ފަށާފައިވާ 800 މިލިއަން ޑޮލަރުގެ އެ މަޝްރޫއުގެ ދަށުން ރަންވޭގެ އިތުރުން ޕަސިންޖަރުންނަށް ހާއްސަ އާ ޓާމިނަލަކާއި، ސީ ޕްލޭން ޓާމިނަލެއް މިހާރު އަންނަނީ ތަރައްގީ ކުރަމުންނެވެ.
ސައުތު އެފްރިކާގެ ޑާބަންގައި ބޭއްވި އެވޯޑް ހަފްލާގައި ލީޑިން އެއާޕޯޓްގެ އިތުރުން ރާއްޖެ އަށް ވަނީ ތަފާތު އެކި ކެޓަގަރީތަކުން އެވޯޑް ހޯދައިފަ އެވެ. އެގޮތުން އިންޑިއާ ކަނޑުގެ ލީޑިން ބީޗް ޑެސްޓިނޭޝަން، އިންޑިއާ ކަނޑުގެ ލީޑިން ޑެސްޓިނޭޝަން އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން ވެސް ރާއްޖެ އަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި ހިމެނެ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ގިނަ ރިސޯޓްތަކަކަށް ވެސް ތަފާތު އެވޯޑްތަކެއް މި ހަފްލާގައި ލިބުނެވެ. އެއީ، ސަން ސިޔާމް އިރުފުއްޓަށް ލިބުނު ލީޑިން ފެމިލީ ރިސޯޓްގެ އެވޯޑް، ޖޭއޭ މަނަފަރަށް ލިބުނު ލީޑިން ހަނީމޫން ރިސޯޓްގެ އެވޯޑް އަދި ޖޭއޭ މަނަފަރުގެ ރޯޔަލް އައިލެންޑް ސުއިޓަށް ލިބުނު ލީޑިން ހޮޓެލް ސުއިޓްގެ އެވޯޑެވެ.
މެންދުރު އަންނަ ޓޫރިސްޓުންނަށް ރިސޯޓަށް ދެވެނީ ރޭގަނޑު
ރިސޯޓްތަކާއި އެއާޕޯޓަށް ބާރު ބޮޑުވެއްޖެ
ޓޫރިޒަމް އިންޑަސްޓްރީ ހާސްކަމެއްގެ ތެރޭގައި
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި