17 ޑިސެމްބަރ 2022
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރު ނުވަ ޓޫރިސްޓު ކައުންޓަރު ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރު ނުވަ ޓޫރިސްޓު ކައުންޓަރު ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ، އެމްއޭސީއެލް އިން ކުރި އިއުލާނުގައިވާ ގޮތުން ކުއްޔަށް ދެީ ޓޫރިސްޓު ރެޕްރަޒެންޓޭޓިވް ކައުންޓަރުތަކުގެ ތެރެއިން މިވަގުތު ހުސްވެފައިވާ ނުވަ ޖާގަ އެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ކުރިން އެކަމާ ގުޅޭ ލިޔެކިޔުން ހުށަހެޅުމަށް ވަނީ އެދިފަ އެވެ. އަދި އެކަމަށް ބޭނުންވާ ޕްރޮމޯސަލް އަންނަ މަހުގެ 16 ގައި ހުށަހެޅުމަށް އެމްއޭސީއެލް އަށް ހުށަހަޅަން ޖެހެ އެވެ.
އެތަނުގެ ކައުންޓަރުތައް ރިސޯޓާއި ގެސްޓްހައުސް އަދި ޑައިވް ސެކްޓަރުތަކާއި ޔޮޓްމެރީނާތަކާއި ޓްރެވަލް އޭޖެންސީތައް ހިންގުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް ލިބޭނެ އެވެ.
އެއާޕޯޓުން ނުކުންނަ އެރައިވަލް ހޯލުގެ ބޭރުގައި 80 ޓޫރިސްޓު ކައުންޓަރު ހުރެ އެވެ. އެ ކައުންޓަރުތައް މިދިޔަ ނޮވެމްބަރު މަހު ވަނީ އާކޮށްފަ އެވެ.
މިއީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ދުވަސްވަރު ކަމަށް ވުމުން އެއާޕޯޓަށް ބާރު ބޮޑުވެ އެވެ. ޑިސެމްބަރު މަހު ރާއްޖޭގެ ރިސޯޓުތައް އާންމުކޮށް ފުލްވެ އެވެ.
މި ޓާމިނަލް ނުނިންމައި އެހެން ކަމެއް ކުރާނެކަމެއް ނެތް
ތޮއްޖެހޭތީ އެއާޕޯޓް އަވަހަށް ހުޅުވަން މަޝްވަރާކުރަނީ
އެއާޕޯޓު ބިޒީވުމުން އަލުން ދަތުރުތައް ވެސް ނުފެށިފައި!
ހުއްޓާލި ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ފަށައިފި
ޓްރެފިކް ބާރު ބޮޑު ދެ ދުވަހަށް ތައްޔާރު: އެމްއޭސީއެލް
"ހިދުމަތް އަވަސް ކުރަންދަތީ އުސޫލުގައި ހިފަހައްޓާތީ"
ފްލައިޓެއް ކްލިއަކުރަން މިހާރު ނަގާނީ 15 މިނިޓް
އުފާާވެރި ޗުއްޓީއަށް އެއާޕޯޓުން ހުރަސް
މެންދުރު އަންނަ ޓޫރިސްޓުންނަށް ރިސޯޓަށް ދެވެނީ ރޭގަނޑު
10 އެއާލައިނަކުން ސްލޮޓަށް ވަނީ އެދިފައި:އެމްއޭސީއެލް