Roadha Mihaaru
ލަންކާއަށްދާ ފްލައިޓްތަކުން ތެޔޮ ހިފައިގެން ދާން ބުނެފި

ލަންކާއަށް ދާ ފްލައިޓްތަކަށް ބޭނުންވާ ތެޔޮ އަމިއްލައަށް ހޯދަން އަންގައިފި

02 ޖުލައި 2022

ސްރީ ލަންކާގައި ތެލުގެ ދަތިކަން ކުރިމަތިވެފައިވާތީ އެ ގައުމަށް ފްލައިޓްތައް އަންނައިރު އަމިއްލައަށް ތެޔޮ ހިފައިގެން އައުމަށް އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީ ލަންކާގައި ތެލުގެ ދަތިކަން ކުރިމަތިވެފައިވާތީ އެ ގައުމަށް ފްލައިޓްތައް އަންނައިރު އަމިއްލައަށް ތެޔޮ ހިފައިގެން އައުމަށް އަންގައިފި އެވެ.

މިއަހަރު ކުރީކޮޅުން ފެށިގެން ލަންކާގެ އިގްތިސާދީ ހާލަތު ގޯސްވެ، ތެލާއި އެހެނިހެން އަސާސީ ތަކެއްޗަށް ވަނީ ޖެހިފަ އެވެ. އެކަމާ ގުޅިގެން ސަރުކާރު އޮފީސްތަކުގެ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.

ލަންކާގެ ކަމާބެހޭ އިދާރާތަކުން އެއާލައިންތަކަށް މިހާރު އަންގާފައިވަނީ އެ ގައުމަށް ފްލައިޓްތައް އަންނައިރު އެނބުރި ދެވޭ މިންވަރަށް އަމިއްލައަށް ތެޔޮ ހިފައިގެން އައުމަށް ނުވަތަ އެހެން ގައުމަކުން ތެޔޮ އެޅުމަށެވެ.

ބައެއް އެއާލައިންތަކުން މިހާރު ވެސް ލަންކާއަށް ދަތުރުކުރަނީ އިތުރަށް ތެޔޮ ހިފައިގެންނެވެ. އަދި ބައެއް އެއާލައިންތަކުން ތެޔޮ އަޅަން ދަނީ އިންޑިއާ އާއި ދުބާއީއަށެވެ.

ރާއްޖެއަކީ ލަންކާއާ ވަރަށް ކައިރީގައި އޮންނަ ގައުމަކަށް ވާތީ ބައެއް އެއާލައިންތަކުން ތެޔޮ އަޅަން ރާއްޖެ އައުމުގެ ފުރުސަތު ވެސް އެބައޮތެވެ.