15 އޯގަސްޓް 2023
ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލަގްޒަރީ ލެޝާ އެއާލައިން ބިއޯންޑް އަށް ކޮންޓިނުއިން އެއާ ވާތިނެސް މެނޭޖްމަންޓް އޯގަނައިޒޭޝަން (ސީއޭއެމްއޯ) އެޕްރޫވަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިބިއްޖެ އެވެ.
ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލަގްޒަރީ ލެޝާ އެއާލައިން ބިއޯންޑް އަށް ކޮންޓިނުއިން އެއާ ވާތިނެސް މެނޭޖްމަންޓް އޯގަނައިޒޭޝަން (ސީއޭއެމްއޯ) އެޕްރޫވަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިބިއްޖެ އެވެ.
ބިއޯންޑްގެ ޗީފް އޮޕަރޭޝަންސް އޮފިސަރު ނަންތާ ލެނިން ވިދާޅުވީ، އެ ކުންފުނިން ވަނީ ވަރަށް ތަފްސީލީ އޮޑިޓެއް ހެދުމަށް ފަހު ސީއޭއެމްއޯ ހުއްދަ ދިނުމުގެ ކުރިންސިވިލް އޭވިއޭޝަން އޮތޯރިޓީން ވެސް އޮޑިޓެއް ހެދި ކަމަށެވެ.
މި ހުއްދައާ އެކު އެއާ އޮޕަރޭޝަން ސެޓްފިކެޓް ހޯދަން ފަސޭހަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބިއޯންޑް އިން އަންނަނީ އެއާ އޮޕަރޭޝަން ސެޓްފިކެޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ބިއޯންޑަށް ދާދި ފަހުން ވަނީ އެކި އިންވެސްޓަރުންގެ ފަރާތުން އިނީޝަލް އިންވެސްޓްމެންޓްގެ ގޮތުގައި 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ލިބިފަ އެވެ.
މިއަހަރުގެ ފަހު ކޮޅު މި އެއާލައިންގެ ދަތުރުތައް ފެށުމަށް މަސައްކަތް ކުރާއިރު އެއާލައިނަށް ކެބިން ކްރޫއިން ނެގުމަށް މި ދިޔަ އޭޕްރީލް މަހު ވަނީ އޯޕަން ޑޭ އެއް ބާއްވައި ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ނަގައިފަ އެވެ.
"ބިއޯންޑް" އަކީ ދުރު ރާސްތާތަކަށް ކުރާ ދަތުރުތަކަކީ ހިތްފަސޭހަ ދަތުރުތަކަކަށް ހެދުމަށް ތައާރަފް ކުރާ ލޭޝާ ލަގްޒަރީ އެއާލައިނެކެވެ. މިއީ ތިމާވެއްޓާ ރައްޓެހި، ސަސްޓެއިނަބަލް ޓެކްނޮލަޖީތަކެއް ހިމަނާ ފަރުމާ ކޮށްފައިވާ ފްލައިޓެކެވެ. އެ ފްލައިޓުގައި 68 މީިހުންގެ ޖާގަ ހިމެނެ އެވެ.
މި އެއާލައިނުން ޔޫރަޕާއި މެދުއިރުމައްޗާއި އޭޝިއާ ޕެސިފިކް ގިނަ ގައުމުތަކަކަށް ދަތުރު ކުރާނެ ކަމަށް ބިއޯންޑް އިން ބުނެ އެވެ.
އީސްޕޯޓް ޗެމްޕިއަންޝިޕަށް ދިވެހިޓީމް ދިޔައީ ބިއޯންޑްގައި
ސްރީ ލަންކަން އެއާލައިންސް ވިއްކާލަނީ
ރާއްޖެއަށް ދަތުރު ކުރި ގޯއެއާގެ އޮޕަރޭޝަން ހުއްޓާލައިފި
ލަންކާއަށްދާ ފްލައިޓްތަކުން ތެޔޮ ހިފައިގެން ދާން ބުނެފި
އޮސްޓްރިއަން އިން ރާއްޖެއަށް ދަތުރުތައް އިތުރު ކުރަނީ
އިތުރު ތިން އެއާލައިނަކުން ރާއްޖެ އަށް ދަތުރު ފަށަނީ
އިލީ ކޮފީ ހިމަނައިގެން 7 ވައްތަރެއްގެ އާ ބުއިންތަކެއް
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފަށައިފި
ބިއޯންޑްއަށް އަހަރެއް، ގޮންޖެހުންތަކާއެކު ވެސް ކާމިޔާބު
"އޭވިއޭޝަން ދާއިރާއަށް ސަރުކާރުން އިސްކަންދޭ"