22 މާޗް 2022
ކޮލަމްބޯ (މާޗް 22) - ތެޔޮ ގަންނަން ލަންކާގައި ކޮންމެ ދުވަހަކު ވެސް ކިޔޫ ހަދާ އެތައް ހާސް ބައެއްގެ މެދުގައި ހަމަނުޖެހުން ހިންގާ އެންމެ ފަހުން ކިޔޫގައި ހުރި މީހަކު މަރާލުމާ ގުޅިގެން ޕެޓްރޯލް ސްޓޭޝަންތަކުގައި ފޯރި މަރަން ސިފައިން ނެރެފި އެވެ.
ކޮލަމްބޯ (މާޗް 22) - ތެޔޮ ގަންނަން ލަންކާގައި ކޮންމެ ދުވަހަކު ވެސް ކިޔޫ ހަދާ އެތައް ހާސް ބައެއްގެ މެދުގައި ހަމަނުޖެހުން ހިންގާ އެންމެ ފަހުން ކިޔޫގައި ހުރި މީހަކު މަރާލުމާ ގުޅިގެން ޕެޓްރޯލް ސްޓޭޝަންތަކުގައި ފޯރި މަރަން ސިފައިން ނެރެފި އެވެ.
ކޮލަމްބޯގައި ޕެޓްރޯލް ކިޔޫގައި ތިބި ބަޔަކު ރުޅިގަދަވެގެން އިއްޔެ ވަނީ މައި މަގެއް ބަންދުކޮށް އެތައް ގަޑިއިރެއް ވަންދެން ޓްރެފިކް ތާށިކޮށްލައިފަ އެވެ. ސޯޝަލް މީޑިއާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ކަރާސީނު ގަންނަން ގޮސް ތިބި އަންހެނުންތަކެއް ހުއްޓުވާފައި ވަނީ ޓޫރިސްޓުން ތިބި ބަހެކެވެ.
ސަރުކާރުގެ ތަރުޖަނާން ރަމޭޝް ޕަތިރާނާ ވިދާޅުވީ ޕެޓްރޯލް ސްޓޭޝަންތަކުގައި ފޯރިމަރަން ސިފައިން ނެރުމުގައި ދެ ހާދިސާއެއް ދިމާވެފައިވާ ކަމަށެވެ. އެއް ހާދިސާއަކީ ކޮލަމްބޯ އިން ބޭރު ހިސާބެއްގައި ކިޔޫގައި ގިނައިރު ތިބި ދެ މީހެއްގެ މެދުގައި ހަމަނުޖެހުން ހިންގައި ވަޅިން ހަމަލާދީ މީހަކު މަރާލުމެވެ. ޑްރައިވަރަކާއި ސައިކަލް ދުއްވާ މީހަކާ ދެމެދު ހަމަނުޖެހުން ހިންގީ ކިޔޫގައި އެކަކު ހުރި ތަނަށް އަނެކަކު ވެރިވެގަތް ކަމަށް ބުނެ އެވެ. މަރާލާފައި ވަނީ ސައިކަލް ދުއްވާ މީހާ އެވެ. އަނެއް ސަބަބަކީ ޓޫރިސްޓް ބަހެއް ހުއްޓުވުމެވެ.
ގަދަ ހޫނުގައި ތެޔޮ ކިޔޫގައި ގިނައިރު ތިބެން ޖެހުމުން އުމުރުން ދުވަސްވީ ތިން ފިރިހެނަކު ވެސް ދާދި ފަހުން ވަނީ މަރުވެފަ އެވެ.
ލަންކާ މިހާރު ތަޖްރިބާކުރަމުން ދަނީ އެ ގައުމު މިނިވަންވީ ފަހުން، އިގްތިސާދީ ގޮތުން އެންމެ ދަތި ދުވަސްތަކެވެ. ޑޮލަރު ނުލިބުމުގެ ސަބަބުން އެންމެ އަސާސީ ތަކެތި ގަންނާނެ ބޭރު ފައިސާއެއް ވެސް އެ ގައުމަކު ނެތެވެ.
ތެލާއި ގޭހުގެ ޝިޕްމަންޓްތައް އެތެރެ ނުކުރެވި ގައުމު ހާލުގައި ޖެހުނީ ތެޔޮ އެތެރެކުރާނެ ބޭރު ފައިސާ ނެތުމުންނެވެ. ބޭރު ފައިސާގެ ދަތިކަން ކުރިމަތިވީ ކޮވިޑް-19 އާ ގުޅިގެން ލަންކާގެ ޓޫރިޒަމް ހުއްޓުމަކަށް އައުމުންނެވެ.
ލަންކާގެ ބޭރުގެ ދަރަނި 51 ބިލިއަން ޑޮލަރަށް އަރާފައިވާ އިރު ދަރަނި އަދާކުރަން މި އަހަރު އެކަނިވެސް 6.9 ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެކަމަކު ފެބްރުއަރީ މަސް ނިމުނުއިރު ބޭރު ފައިސާގެ ރިޒާވްގައި ހުރީ 2.3 ބިލިއަން ޑޮލަރެވެ.
ލަންކާގައި ތަކެތީގެ އަގު މިދިޔަ މަހު ވަނީ 15.1 ޕަސެންޓް ބޮޑުވެފަ އެވެ. އަދި ކާބޯތަކެތީގެ އަގު ވަނީ 25.7 ޕަސެންޓް ބޮޑުވެފައި ކަމަށް ސަރުކާރުގެ ހިސާބުތަކުން ދައްކަ އެވެ. އެކްސްޗޭންޖް ރޭޓަށް ސެންޓްރަލް ބޭންކުން ގެނައި ބަދަލާ ގުޅިގެން ޑޮލަރެއް ގަންނަން މިހާރު ލިބެނީ 275 ރުޕީސްގެ ރޭޓުންނެވެ.
ރަނިލްގެ އަމާޒަކީ ލަންކާ ހަމައަކަށް އެޅުވުން
ދޮޅު އަހަރުގެ ތެރޭގައި ލަންކާ ހަމައަކަށް އަޅުވަދޭނަން
ޑޮލަރުން އަގު ދައްކަންޏާ ޕެޓްރޯލް ލިބިދާނެ: ލަންކާ
ލަންކާއަށްދާ ފްލައިޓްތަކުން ތެޔޮ ހިފައިގެން ދާން ބުނެފި
ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް
ލަންކާގެ އިންފްލޭޝަން 70 ޕަސެންޓަށް
ލޯނުގެ އެހީ އަށް ބަރޯސާވެގެން ތިބެވޭކަށް ނެތް: ރަނިލް
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ