22 އޯގަސްޓް 2022
މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން ސްރީ ލަންކާ ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތަކާ ބެހޭ ގޮތުން އެ ގައުމުގެ އިސް ވެރިންނާ އެކު މަޝްވަރާ ކުރެއްވުމަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އިސް ވަފުދެއް، އެ ގައުމަށް ޒިޔާރަތް ކުރުމަށް ހަމަޖެހިއްޖެ އެވެ.
މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން ސްރީ ލަންކާ ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތަކާ ބެހޭ ގޮތުން އެ ގައުމުގެ އިސް ވެރިންނާ އެކު މަޝްވަރާ ކުރެއްވުމަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އިސް ވަފުދެއް، އެ ގައުމަށް ޒިޔާރަތް ކުރުމަށް ހަމަޖެހިއްޖެ އެވެ.
އައިއެމްއެފުން ބުނި ގޮތުގައި އެ އިދާރާގެ އިސް ވަފުދެއް، މި މަހުގެ 24 ން 31 އަށް ލަންކާގެ ވެރިރަށް ކޮޅުނބަށް ޒިޔާރަތް ކުރާނެ އެވެ. މި ޒިޔާރަތުގެ އެންމެ މުހިންމު އެއް ކަމަކަށް އޮންނާނީ، މާލީ ގެއްލުންތައް ފޫބެއްދުމުގެ ގޮތުން، ލަންކާ ސަރުކާރުން ނަގަން ބޭނުންވާ ލޯނުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ.
ލަންކާގެ ރިއާސީ ގަނޑުވަރުން މައުލޫމާތު ދޭ ގޮތުގައި، ސްރީ ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ މާލީ ފުދުންތެރިކަން ހޯދުމަށްޓަކައި، ދެ ބިލިއަން ޑޮލަރާއި ތިން ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އެ ގައުމަށް ފައިސާ ބޭނުންވެ އެވެ. އައިއެމްއެފް މެދުވެރިކޮށް އެ ފައިސާ ހޯދުމަށްޓަކައި، އެ އިދާރާގެ އިސް ވެރިންނާ މަޝްވަރާ ކުރާނެ ކަމަށް ވެސް ރިއާސީ ގަނޑުވަރުން ބުންޏެވެ.
ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ ވިދާޅުވެފައިވާ ގޮތުން، އިގްތިސާދީ ގޮތުން ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތަކާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ ވަގުތީ ބަޖެޓެއް، މި އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެ އެވެ. އެ ބަޖެޓް ހުށަހަޅާނީ، ލަންކާގެ މާލީ ހާލަތު ރަނގަޅު ކުރުމާ ބެހޭ ގޮތުން އައިއެމްއެފްއާ އެކު މަޝްވަރާ ކޮށް، ކޮންމެހެން އަޅަންޖެހޭނެ ކަމަށް ދެ ފަރާތަށް އެއްބަސްވެވޭ ފިޔަވަޅުތަކާ އެއްގޮތަށް ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.
މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރަނިލް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ލަންކާ އަށް ހަމަޖެހުން ގެނައުމަށެވެ. އެ ގޮތުން އޭނާ މިހާރު މަސައްކަތް ކުރައްވަނީ، ހުރިހާ ޕާޓީތަކުގެ ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމަށެވެ.
އެ މަސައްކަތުގެ ތެރެއިން، އެ ގައުމުގެ އިދިކޮޅު ލީޑަރު ސަޖިދު ޕްރެމަދާސަ އާއި ރައީސް ރަނިލްއާ ދެމެދު ވަރަށް އަވަހަށް މަޝްވަރާ ބައްދަލުވުމެއް ބާއްވާނެ ކަމަށް އިދިކޮޅު ޕާޓީން ބުންޏެވެ. އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ގެންނަން ބޭނުންވާ އިސްލާހުތަކާ މެދު ދެ ބޭފުޅުންނަށް އެއްބަސްވެވިއްޖެ ނަމަ، އައިއެމްއެފް މެދުވެރިކޮށް ނަގަން ބޭނުންވާ ލޯނުތައް ނެގުމަށް މަގު ފަހިވެގެން ދާނެ އެވެ.
ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އާއި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވެރިކަން ކުރެއްވި ދުވަސްވަރު، ސަރުކާރުގެ އިސް ވެރިން ހިންގެވި ބޮޑެތި ޚިޔާނާތްތަކާއި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ގައުމު ބަނގުރޫޓުވެ، އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް ވެސް ސަރުކާރު ވަނީ ނުކުޅެދިފަ އެވެ. ބޭރު ފައިސާގެ ރިޒާވް މުޅިންހެން ހުސްވެ، ޕެޓްރޯލާއި ޑީސަލާއި ކައްކާ ގޭހުގެ އިތުރުން، ޒަރޫރީ ސާމާނު ވެސް އިމްޕޯޓްކުރުން މެދުކެނޑުމާ ގުޅިގެން، އާންމު ރައްޔިތުން މަގުތަކަށް ނުކުމެ އެތައް މަހެއް ވަންދެން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި އެވެ.
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ލަންކާގެ ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް
ގޯޓާބޭ އެނބުރި ލަންކާ އަށް ވަޑައިގަންނަވާނެ
ލަންކާ ރައްޔިތުން ރަނިލް ވެސް ބޭނުމެއް ނޫން
ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް
ލޯނުގެ އެހީ އަށް ބަރޯސާވެގެން ތިބެވޭކަށް ނެތް: ރަނިލް