24 އޯގަސްޓް 2022
މިވަގުތު ސިންގަޕޫރުގައި ހުންނެވި، ސްރީ ލަންކާގެ ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގަންނަވާ ނަމަ، ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ދޭންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް، ލަންކާގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.
މިވަގުތު ސިންގަޕޫރުގައި ހުންނެވި، ސްރީ ލަންކާގެ ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގަންނަވާ ނަމަ، ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ދޭންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް، ލަންކާގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް އެ ކޮމިޝަނުން އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ގޯޓާބޭގެ ސަލާމަތަށް ނުރައްކާތެރިކަން ކުރިމަތިވެފައިވާ މިންވަރު، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވަޒަންކޮށް، ގޯޓާބޭއަށާއި އޭނާގެ އާއިލާއަށް ދޭންޖެހޭ ހިމާޔަތް ދޭންޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ގޯޓާބޭ އެނބުރި ގައުމަށް ވަޑައިގަންނަވަން އެދިވަޑައިގެންފި ނަމަ، އެކަމަށް މަގު ފަހިކޮށްދިނުމަށް ވެސް އެ ކޮމިޝަނުން އެދިފައިވެ އެވެ.
އެ ކޮމިޝަންގެ ސިޓީގައި ބުނެފައިވާ ގޮތުން ގޯޓާބޭ މަގާމުން އިސްތިއުފާ ދެއްވީ ބިރުދައްކައި މަޖުބޫރުކޮށްގެން ކަމުގެ ޝަކުވާތަކެއް ވެސް ވަނީ އެ ކޮމިޝަނަށް ލިބިފަ އެވެ. އަދި ގޯޓާބޭއާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ހިނގި ދުވަސްވަރު، ރައީސެއްގެ ހައިސިއްޔަތުން ދޭންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި ލަންކާ ސަރުކާރު ފެއިލްވެފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ލަންކާގެ ހިއުމަން ރައިޓްސް ކޮމިޝަނުން އެ ގައުމުގެ ރައީސަށް ސިޓީއެއް މި ފޮނުވީ، ގޯޓާބޭ އެނބުރި ގައުމަށް ވަޑައިގަތުމަށް ހުރަސްއެޅިފައިވަނީ، އޭނާއަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ ސަބަބުންކަމަށް ބުނެ، އެ ކޮމިޝަނަށް ޝަކުވާތަކެއް ލިބުމާ ގުޅިގެންނެވެ. ލަންކާގެ ކޮންމެ ރައްޔިތަކަށް ވެސް ފުރިހަމަ ހިމާޔަތް ލިބިދިނުމަކީ ގާނޫނުއަސާސީން ދައުލަތާ މަތިކޮށްފައިވާ ޒިންމާއަކަށް ވާއިރު، ގޯޓާބޭ އަށް ވެސް އެ ފުރުސަތު ލިބިދޭންޖެހޭނެ ކަމަށް އެ ކޮމިޝަނުން ދެކެ އެވެ.
ލަންކާގެ ރައީސްކަމުގެ މަގާމުން ގޯޓާބޭ އިސްތިއުފާ ދެއްވީ އޭނާ އާއި އޭނާގެ ބޭބެ އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ސަރުކާރާ ދެކޮޅަށް އާންމު ރައްޔިތުން ނުކުމެ ކުރަން ފެށި ވަރުގަދަ މުޒާހަރާތަކާ ގުޅިގެންނެވެ. އާންމު ރައްޔިތުންގެ މުޒާހަރާތައް ވަރުގަދަވެ ސަރުކާރުގެ އިމާރާތްތައް ހިފައި ބައެއް އިމާރާތްތަކަށާއި ސަރުކާރުގެ ވެރިންނަށް ގެއްލުންތައް ދޭން ފެށުމާ ގުޅިގެން، ގޯޓާބޭ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ހަވާލުކުރެއްވުމަށް ފަހު، ޖުލައި 13 ވަނަ ދުވަހު ފިއްލަވައިގެން ދިވެހިރާއްޖެއަށް ވަޑައިގަތެވެ.
އަދި ޖުލައި 14 ވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެން އެގައުމުގައި ހުންނަވައި މަގާމުން އިސްތިއުފާ ދެއްވިކަން، ޖުލައި 15 ވަނަ ދުވަހު އީމެއިލެއްގެ ޒަރީއާއިން ލަންކާގެ ޕާލަމެންޓަށް އެންގި އެވެ. ބޮޑުވަޒީރުގެ މަގާމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ، މެއި 9، 2022 ގަ އެވެ. އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ބޮޑުވަޒީރުގެ މަގާމަށް، މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އައްޔަންކުރީ މެއި 11، 2022ގަ އެވެ.
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ލަންކާގެ ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން
އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ގޯޓާބޭ އެނބުރި ލަންކާ އަށް ވަޑައިގަންނަވާނެ
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް
ލޯނުގެ އެހީ އަށް ބަރޯސާވެގެން ތިބެވޭކަށް ނެތް: ރަނިލް
ހުރިހާ ޕާޓީތަކުގެ ސަރުކާރާ ބެހޭ ތަފްސީލު ހިއްސާކުރަނީ