19 ޖުލައި 2022
ސްރީ ލަންކާގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް އައްޔަން ކުރުމަށް، ތިން ބޭފުޅެއްގެ ނަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައި މިއަދު އެ މަޖިލީހުން އެ ތިން ނަން ބަލައިގެންފި އެވެ.
ސްރީ ލަންކާގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް އައްޔަން ކުރުމަށް، ތިން ބޭފުޅެއްގެ ނަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައި މިއަދު އެ މަޖިލީހުން އެ ތިން ނަން ބަލައިގެންފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ލަންކާގެ ރައީސްކަމުގެ މަގާމަށް ގާނޫނު ހަދާ މަޖިލީހުން އިންތިޚާބު ކުރުމަށް، އެ މަޖިލީހަށް ހުށަހަޅާފައިވާ ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ، މިހާރުގެ ވަގުތީ ރައީސް އަދި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. އޭނާގެ ނަން މަޖިލީހަށް ހުށަހެޅުއްވީ އެ މަޖިލީހުގެ ރައީސް ދިނޭޝް ގުނަވަރްދެނަ އެވެ.
އޭގެ އިތުރުން ހުށަހެޅިފައިވާ ދެ ވަނަ ބޭފުޅަކީ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ ލީޑަރު އަނޫރާ ކުމާރަ ޑިސެނަޔަކަ އެވެ. އޭނާގެ ނަން ހުށަހެޅީ ގާނޫނު ހަދާ މަޖިލީހުގައި އެ ޕާޓީ ތަމްސީލް ކުރައްވާ މެމްބަރެއް ކަމަށްވާ ވިޖީތާ ހެރަތު އެވެ. ރައީސް ކަމުގެ މަގާމަށް ނަން ހުށަހެޅުނު ތިންވަނަ ބޭފުޅަކީ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މެމްބަރު ދުއްލާސް އަލަހައްޕެރުމާ އެވެ. އޭނާގެ ނަން މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ އެވެ.
ސްރީ ލަންކާގެ ރައީސްގެ މަގާމަށް ވާދަކުރައްވާ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ ލީޑަރު އަނޫރާ ކުމާރަ ޑިސެނަޔަކަ
ކުރިން ހަމަޖެހިފައި އޮތް ގޮތުން، އިދިކޮޅު ޕާޓީގެ ފަރާތުން ރައީސް ކަމަށް ވާދަކުރެއްވުމަށް ހަމަޖެހިފައި އޮތީ ސަޖިތު ޕްރެމަދާސަ އެވެ. ނަމަވެސް މިއަދު އޭނާ ނަން އަނބުރާ ގެންދަވައި، އޭނާގެ ފަރާތުން ދުއްލާސްގެ ނަން ހުށަހެޅުއްވީ އެވެ.
ރައީސްކަމުގެ މަގާމަށް ރަނިލް ވާދަ ކުރައްވާނެ ކަމުގެ އަޑުތައް ފެތުރުމާ ގުޅިގެން، އޭނާ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފަ އެވެ. ނަމަވެސް، ރަނިލް ވިދާޅުވާ ގޮތުގައި ގައުމުގެ ރައީސްގެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރުމަށް ބުދަ ދުވަހު ގާނޫނު ހަދާ މަޖިލީހުގައި ނަގާ ވޯޓުން ގޮތެއް ނިންމުމާ ހަމައަށް، ވަގުތީ ރައީސްގެ މަގާމުގައި ދެމިހުންނަވާނެ އެވެ.
ނަމުގެ ފަހަތަށް ރާޖަޕަކްސަ ނެތް ކަމުގައި ވިޔަސް، ލަންކާ ރައްޔިތުން މިއަދު ދެކެނީ ރަނިލްއަކީ ރާޖަޕަކްސަ އާއިލާ އަށް ވާގިވެރިވެދޭ ބޭފުޅެއް ކަމަށެވެ. އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމުގެ އަޒުމްގައި ހުންނެވި ރަނިލްއަށް، ރާޖަޕަކްސަ އާއިލާގެ ނުފޫޒު އޮންނަ، ސްރީ ލަންކާ ޕީޕަލްސް ފްރަންޓް ޕާޓީގެ ތާއީދު އޮންނާނެ ކަމަށް ބެލެވެ އެވެ.
ސްރީ ލަންކާގެ ރައީސް ކަމަށް ވާދަކުރައްވާ، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މެމްބަރު ދުއްލާސް އަލަހައްޕެރުމާ
އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީ ލަންކާގެ ރައީސް ކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ގޯޓާބޭ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ، ސަރުކާރާ ދެކޮޅަށް ރައްޔިތުން ފަށާފައިވާ މުޒާހަރާތައް ހޫނުވެ، ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދީ، އެތައް ހަމަނުޖެހުންތަކެއް ހިންގަން ފެށުމުންނެވެ.
ގޯޓާބޭ އިސްތިއުފާ ދެއްވީ ގައުމު ދޫކުރައްވައި ފިއްލަވައިގެން، މި މަހުގެ 13 ވަނަ ދުވަހު ދިވެހިރާއްޖެ އަށް ވަޑައިގެން، ދެ ދުވަހު ރާއްޖޭގައި މަޑުކުރެއްވުމަށްފަހު ސިންގަޕޫރަށް ވަޑައިގެން އެ ގައުމުގައި ހުންވައި މިމަހުގެ 16 ވަނަ ދުވަހު، ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ފޮނުއްވެވި އީމެއިލްއަކުންނެވެ.
މިހާރު ހުސްވެފައިވާ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމުގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުގައި ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުދަ ދުވަހު އެވެ. އިންތިޚާބުގެ ކަންތައް ހިނގަމުންދާ ވަގުތު، ވެރިރަށް ކޮލަމްބޯ ތެރޭގައި ހަމަޖެހުން ހިންގިޔަ ނުދިނުމުގެ ގޮތުން، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކޮލަމްބޯގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ ފިއްލަވައިގެ ދިވެހިރާއްޖެއަށް ވަޑައިގަތުމާ ގުޅިގެން، މިދިޔަ ހަފުތާގައި ވެސް ވެރިރަށް ކޮލަމްބޯ އާއި ބޮޑެތި އެހެން ސަހަރުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި އެވެ.
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ އެނބުރި ލަންކާ އަށް ވަޑައިގަންނަވާނެ
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ހުރިހާ ޕާޓީތަކުގެ ސަރުކާރާ ބެހޭ ތަފްސީލު ހިއްސާކުރަނީ
ލަންކާގައި އަނެއްކާ ވެސް ކުއްލި ނުރައްކަލުގެ ހާލަތު
ހާލަތު ރަނގަޅުކުރަން ލަންކާގައި ގައުމީ މަޖިލީހެއް
ވޯލްޑް ބޭންކުން ދިން 160 މިލިއަން ޑޮލަރު ލަންކާ އަށް