30 މެއި 2022
ސްރީ ލަންކާ އަށް މި ވަގުތު ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސި މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާ ސިޔާސީ ގުނަނެއްގެ ގޮތުގައި ގައުމީ މަޖިލީހެއް އުފެއްދެވުމަށް، އެ ގައުމުގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހް މިއަދު ހުށަހަޅުއްވައިފި އެވެ.
ސްރީ ލަންކާ އަށް މި ވަގުތު ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސި މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާ ސިޔާސީ ގުނަނެއްގެ ގޮތުގައި ގައުމީ މަޖިލީހެއް އުފެއްދެވުމަށް، އެ ގައުމުގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހް މިއަދު ހުށަހަޅުއްވައިފި އެވެ.
ގައުމާ މުޚާތަބުކުރައްވައި މިއަދު ދެއްކެވި ވާހަކައިގައި ރަނިލް ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި ބޮޑުވަޒީރުގެ އިތުރުން އިދިކޮޅު ޕާޓީގެ ލީޑަރާއި މެޖޯރިޓީ ޕާޓީގެ ލީޑަރު ހިމެނޭ ގޮތަށް، ގައުމީ މަޖިލީހެއް އުފައްދަވަން ގަސްދު ކުރައްވާ ކަމަށެވެ.
"ގައުމުގެ ސިޔާސަތުތަކާ ބެހޭ ގޮތުން ގައުމީ މަޖިލީހުގައި ވާހަކަ ދެއްކޭނެ. ކެބިނެޓްގެ ނިންމުންތަކާ ބެހޭ ގޮތުން ވާހަކަ ދެއްކޭނެ. މި ގައުމުގެ ގާނޫނު ހަދާ މަޖިލިސް އަލުން އިންތިޒާމުކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކޭނެ. އެހެންވީމާ މިއީ ސިޔާސީ ގުނަނެކޭ ބުނެވިދާނެ،" ރަނިލް ވިދާޅުވި އެވެ.
Apart from the economic issues, there are also 2 major issues in the political sphere we are facing.
— Ranil Wickremesinghe (@RW_UNP) May 29, 2022
1.21st Amendment: We, as party leaders, are now finalizing this.
2.The abolition of the Executive Presidency: The timing and methodology must be decided by the Party Leaders.
"ކެބިނެޓްގެ މިނިސްޓަރުންނާއި ސަރުކާރުގެ ކޮމިޓީތަކުގެ ޗެއާމަނުން ހާޒިރު ކުރުމުގެ ހައްގު ގައުމީ މަޖިލީހަށް ލިބިގެންވާނެ. އަހަރެމެން މިހާރު ހުށަހަޅާފައިވާ އާ ނިޒާމުގައިވާ ގޮތުން، ގައުމުގެ ރައީސް ވެސް ގާނޫނު ހަދާ މަޖިލީހުގައި ޖަވާބުދާރީ ކުރެވޭނެ. ކެބިނެޓްގެ މިނިސްޓަރުން ވެސް ޖަވާބުދާރީ ކުރެވޭނެ. އަދި ގައުމީ މަޖިލިސް ވެސް ގާނޫނު ހަދާ މަޖިލީހުގައި ޖަވާބުދާރީ ކުރެވޭނެ."
ރަނިލް ވިދާޅުވި ގޮތުގައި ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ މައްސަލަތައް މިވަގުތު ހުރީ ހަމައެކަނި އިގްތިސާދީ ދާއިރާގައެއް ނޫނެވެ. އޭގެ އިތުރުން ސިޔާސީ ގޮތުން ވެސް، ގައުމުގައި ހައްލުކުރަންވެފައި ހުރި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ގޮތުން އެއް ކަމެއްގެ ގޮތުގައި ރަނިލް ފާހަގަ ކުރެއްވީ، ރައީސަށް ލިބިދީފައިވާ ބައެއް ބާރުތަކުގެ ސަބަބުން ގާނޫނު ހަދާ މަޖިލިސް ފުރިހަމަ ގޮތުގައި ހިންގަން ދަތިވާ މައްސަލަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ބާރުތައް ހަނިވާ ގޮތަށް ރައީސަށް މާ ބޮޑެތި ބާރުތަކެއް ދީފައި ހުރުމުން، ގައުމަށް ދިމާވާ ބޮޑެތި ކާރިސާތަކުގައި އެކަށީގެންވާ ގޮތެއްގައި، ގާނޫނު ހަދާ މަޖިލިސް ހަރަކާތްތެރިވުމަށް ހުރަސް އެޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަނިލް ވިދާޅުވި ގޮތުގައި މިހާރު ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށް ގާނޫނު ހަދާ މަޖިލީހުން މަސައްކަތް ނުކުރާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. ވެރިކަން ކުރާ ޕާޓީ އަށް ގާނޫނު ހަދާ މަޖިލީހުގައި އަގުލަބިއްޔަތު ލިބިފައި އޮންނަ އިރު ވެސް، އެ ޕާޓީން ވެސް ގާނޫނު ހަދާ މަޖިލީހުގެ ޒިންމާތައް އިހުމާލުކުރާ ކަމަށް ވެސް ތުހުމަތުކުރެ އެވެ.
ލަންކާގެ ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން
ވޯލްޑް ބޭންކުން ދިން 160 މިލިއަން ޑޮލަރު ލަންކާ އަށް
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ހުރިހާ ޕާޓީތަކުގެ ސަރުކާރާ ބެހޭ ތަފްސީލު ހިއްސާކުރަނީ
ލަންކާއަށް އައިއެމްއެފްގެ އެހީ ދިނުން ފަސްކޮށްފި
ގޯޓާބޭ އެނބުރި ލަންކާ އަށް ވަޑައިގަންނަވާނެ
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ލަންކާގައި އަނެއްކާ ވެސް ކުއްލި ނުރައްކަލުގެ ހާލަތު