03 އޯގަސްޓް 2022
ކޮލަންބޯ (ޖުލައި 30) - ވޭތުވެދިޔަ ހަފްތާތަކުގައި ސްރީ ލަންކާގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ދިނުމާ ގުޅޭ އެއްބަސްވުން އަންނަ މަހަށް ފަސްކޮށްފި އެވެ.
ކޮލަންބޯ (ޖުލައި 30) - ވޭތުވެދިޔަ ހަފްތާތަކުގައި ސްރީ ލަންކާގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ދިނުމާ ގުޅޭ އެއްބަސްވުން އަންނަ މަހަށް ފަސްކޮށްފި އެވެ.
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ހޮނިހިރު ދުވަހު ވިދާޅުވީ، ބޮޑުވަޒީރުގެ ހައިސިއްޔަތުން އޯގަސްޓް މަހުގެ ކުރީކޮޅު އައިއެމްއެފްއާ އެކު އެއްބަސްވުމަކާ ހަމައަށް އައުމަށް އަމާޒުކުރި ނަމަވެސް މިހާރު އެކަން މަހެއްހާ ދުވަސް ފަސްކޮށްފައިވާ ކަމަށެވެ.
އެ ގައުމު މިހާރު އޮތް އިގްތިސޯދީ އަނދަވަޅުން އަރައިގަތުމަށް "ރެސްކިއު ޕެކޭޖް" އެއްގެ ވާހަކަތަކެއް އައިއެމްއެފް އާއެކު ކުރިއަށް ގެންދިޔަ ކަމަށާއި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން އެ ވާހަކަތައް މެދުކެނޑިފައިވާ ކަމަށް ރަނިލް ވިދާޅުވި އެވެ.
އެ ޕެކޭޖަކީ އައިއެމްއެފްގެ އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ (އީއީއެފް) ޕްރޮގްރާމްގެ ދަށުން ދިނުމަށް ވާހަކަދެކެވެމުން އަންނަ ޕެކޭޖެކެވެ.
އައިއެމްއެފްގެ އެ ޕްރޮގްރާމްގެ މަގްސަދުތަކުގެ ތެރޭގައި އިގްތިސޯދުގެ ހަމަޖެހުމާއި ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ދެއްކުމުގެ ފުރުސަތު އަލުން ހޯދައިދިނުމާއި، ފަގީރުންނާއި ނިކަމެތިން ހިމާޔަތް ކުރުމާއި މާލީ ގޮތުން ގައުމު ހިމާޔަތް ކުރުން އަދި ކޮރަޕްޝަންގެ ނާޒުކުކަން ހައްލުކުރުމާއި ލަންކާ ކުރިއަރައި ދިއުމަށް ސްޓްރަކްޗަރަލް އިސްލާހުތައް ހަރުދަނާކުރުން ހިމެނެ އެވެ.
އައިއެމްއެފް އިން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނީ ލަންކާގެ ހާލަތު ގާތުން މޮނީޓަރު ކުރާ ކަމަށާއި އުންމީދަކީ އެ ގައުމުގެ ހަމަނުޖެހުންތައް ހުއްޓުމަކަށް އައިސް، މިހާރު އޮތް ހާލަތުން އަރައިގަތުމަށް ރަނިލް ރާއްވަވާފައިވާ ޕްލޭނާ ގުޅޭ ވާހަކަތައް ވެސް އަލުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބުން ކަމަށެވެ.
މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ލަންކާ އިން ވަނީ ބޭރުގެ ލޯނުތައް ދެއްކުން ހުއްޓާލައިފަ އެވެ. ނަމަވެސް، ބޭރުގެ ގައުމުތަކަށް 51 ބިލިއަން ޑޮލަރުން ދަރާފައިވާއިރު، އޭގެ ތެރެއިން 2027 ވަނަ އަހަރާ ހަމައަށް 28 ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ.
ލަންކާގައި ފައިސާގެ އަގުވެއްޓުމާއި ދިމާވި އިގްތިސޯދީ ކާރިސާއާ ގުޅިގެން އާންމު ބޭނުންތަކަށް ގެންގުޅޭ ތެލާއި، ގޭސް އަދި ބޭސް ފަދަ ތަކެތި ގައުމުން ހުސްވެ، ތަކެތީގެ އަގު އުފުލި، ގިނަ ބަޔަކަށް އޭގެ ނޭދެވޭ އަސަރު ވަނީ ފޯރައިފަ އެވެ.
އެ ހާލަތަށް ގައުމު ވައްޓާލީ ސަރުކާރުން ގަސްތުގައި ކަމަށް ބުނެ ލަންކާގެ ގިނަ އަދަދެއްގެ އާންމުން ވަނީ އަޑުއުފުލައިފަ އެވެ. އަދި ރައީސް ކަމުގައި އޭރު ހުންނެވި ގޮޓާބޭ ރާޖަޕަކްސަގެ އިސްތިއުފާ އަށް ގޮވައި ކުރި މުޒާހަރާތައް ހޫނުވެ، އޭނާގެ ގެކޮޅަށް ވަދެ ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ. އެހެންވެ، ގޮޓާބޭ ވަނީ ގައުމުން ފިއްލަވައި އޭގެ ދުވަސްކޮޅެއް ފަހުން، ޖުލައި 14 ވަނަ ދުވަހު ރައީސްކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ސިންގަޕޫރުން ގޯޓާބޭ އަށް އިތުރު 14 ދުވަހުގެ ވިސާ
ރަނިލް، ލަންކާގެ ރައީސް ކަމުގެ ހުވާ ކުރައްވައިފި
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ލަންކާގެ ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން
ލަންކާގައި އަނެއްކާ ވެސް ކުއްލި ނުރައްކަލުގެ ހާލަތު
ލަންކާ ރައްޔިތުން ރަނިލް ވެސް ބޭނުމެއް ނޫން
ސްރީ ލަންކާ އިން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ