21 ޖުލައި 2022
ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުން، އެ ގައުމުގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުކުރި ރަނިލް ވިކްރަމަސިންހަ މިއަދު މަގާމުގެ ހުވާ ކުރައްވައި، ރަސްމީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފި އެވެ.
ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުން، އެ ގައުމުގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުކުރި ރަނިލް ވިކްރަމަސިންހަ މިއަދު މަގާމުގެ ހުވާ ކުރައްވައި، ރަސްމީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފި އެވެ.
ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯއްދެވުމުގެ އަޒުމުގައި ހުންނެވި، އުމުރުން 73 އަހަރުގެ ރަނިލް، މަގާމުގެ ހުވާ ކުރެއްވީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރްދަނަގެ ކުރިފުޅުމަތީގަ އެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޖަޔަންތަ ޖަޔަސޫރިޔާ އެވެ.
ޖުލައި 21، 2022: ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި އެ ގައުމުގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުކުރި ރަނިލް ވިކްރަމަސިންހަ، ގާނޫނު ހަދާ މަޖިލީހުގައި މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، ހުވާގެ ލިޔުމުގައި ސޮއި ކުރައްވަނީ. --އޭއެފްޕީ
މީގެ ކުރިން ހަ ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ރަނިލްއަކީ، އާންމުންގެ މެދުގައި މަގުބޫލު ބޭފުޅަކަށް ނުވިޔަސް، ސަރުކާރާ ދެކޮޅަށް މިހާރު މުޒާހަރާ ކުރަމުންދާ ބައެއް މީހުން ބުނާ ގޮތުގައި، ރަނިލް އަށް ފުރުސަތެއް ދޭން ބޭނުމެވެ. މުޅި ގައުމު ބަނގުރޫޓުވެ އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރެއަށް ލަންކާ ވެއްޓުމާ ގުޅިގެން، އާންމު ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ގެންދާތާ މިހާރު ހަތަރު މަސް ވެއްޖެ އެވެ.
ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގެ ނަތީޖާ އަށް ފަހު، މަޖިލީހުގައި ދެއްކެވި ކުރު ވާހަކަކޮޅުގައި ރަނިލް ވިދާޅުވީ ގައުމު މިހާރު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށާއި، ކުރިއަށް ހުރީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކަމަށެވެ. އިއްޔެގެ ވޯޓުގައި ރަނިލް ކުރި ހޯއްދެވީ، ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 225 މެމްބަރުންގެ ތެރެއިން 134 މެންބަރުންގެ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. އޭގެ ތެރޭގައި ގިނައީ ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވާ، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީގެ މެމްބަރުންނެވެ.
ޖުލައި 21، 2022: ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި އެ ގައުމުގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުކުރި ރަނިލް ވިކްރަމަސިންހަ، ގައުމުގެ ވެރިކަމާ ހަވާލުވި ޚަބަރު ލަންކަގެ ނޫސްތަކުގައި ޝާއިއުކޮށްފައި. --އޭއެފްޕީ
ލަންކާގެ ރައީސް ކަމަށް ރަނިލް އިންތިޚާބުކުރުމާ ގުޅިގެން، އިދިކޮޅު މުޒާހަރާގައި ތިބި އާންމުން ބުނެފައިވަނީ، ރަނިލްއަކީ ވެސް ރާޖަޕަކްސަގެ އާއިލާއަށް ވާގިވެރިވާ ބޭފުޅެއް ކަމަށެވެ. އަދި ރަނިލް މަގާމުން އިސްތިއުފާ ދެއްވުމުން ނޫނީ މުޒާހަރާތައް ހުއްޓައިނުލާނެ ކަމަށް ވެސް އެމީހުން ބުންޏެވެ.
ނަމަވެސް، ރަނިލް މަގާމަށް އިންތިޚާބުވެ މިއަދު މަގާމުގެ ހުވައި ކުރެއްވި އިރު، މުޒާހަރާ އަށް ނުކުމެ ތިބި މީހުންގެ އަދަދު އިއްޔެ އަށް ވުރެ މިއަދު މާ ބޮޑަށް ވެސް މަދުކަން ފާހަގަކުރެވެ އެވެ. މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ވެރިރަށް ކޮލަމްބޯގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސަރުކާރު އޮފީސްތަކުގެ ކައިރީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު، ފިހާރަތައް ހުޅުވައި އާންމު ދަތުރުތައް ވެސް މިއަދު ވަނީ އިތުރުވެފަ އެވެ.
"މިހާރު އޭނާ އެ ހުރީ ވެރިކަމުގައި. އަހަރެމެން ދެން ބަލަން ތިބޭނަށް އޭނާ އަމަލު ކުރަނީ ކިހިނެއްތޯ. އަހަރެމެން ބޭނުންވާ ކާބޯތަކެތި އަހަރެމެންނަށް ނުލިބެންޏާ، އަދި ބޭސް ނުލިބެންޏާ، އަހަރެމެން އަނެއްކާ ވެސް މަގުތަކަށް ނުކުންނާނަން،" މީގެ ހަތަރު މަސްކުރިން ފެށި މުޒާހަރާތަކުގައި އާންމުކޮށް ބައިވެރިވަމުން އައި އަންހެނަކު، މުޒާހަރާ ދޫކޮށް ގެއަށް ދިއުމަށް ފަހު މިއަދު ބީބީސީ އަށް ބުންޏެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރަނިލްގެ ތާވަލުގެ އެންމެ ކުރީގައި އޮތީ ގައުމަށް ސިޔާސީ ހަމަޖެހުން ގެނައުމެވެ. އަދި ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ ބަނގުރޫޓުވުމުގެ މައްސަލައިން ސަލާމަތްވުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާ ބެހޭ ގޮތުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑާ އެކުގައި ރަސްމީ ވާހަކަތައް ފެށުމެވެ.
އިގްތިސާދީ ތަޖުރިބާކާރުން ބުނާ ގޮތުގައި، އިނގިރޭސި އަޅުވެތިކަމުގެ ދަށުން 1948 ވަނަ އަހަރު ލަންކާ އަށް މިނިވަންކަން ލިބުނު ފަހުން، އެ ގައުމުގެ އިގްތިސާދު މިހާ ބޮޑަށް ދަށަށް ދިޔަ އެއްވެސް ދުވަސްވަރެއް ނާދެ އެވެ.
ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް
ލޯނުގެ އެހީ އަށް ބަރޯސާވެގެން ތިބެވޭކަށް ނެތް: ރަނިލް
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ހުރިހާ ޕާޓީތަކުގެ ސަރުކާރާ ބެހޭ ތަފްސީލު ހިއްސާކުރަނީ
ލަންކާއަށް އައިއެމްއެފްގެ އެހީ ދިނުން ފަސްކޮށްފި
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ލަންކާގެ ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން
ދޮޅު އަހަރުގެ ތެރޭގައި ލަންކާ ހަމައަކަށް އަޅުވަދޭނަން