07 ޖުލައި 2022
އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީ ލަންކާ އަށް ބޭނުންވާ އެންމެ ޒަރޫރީ މިންވަރަށް ތެލުގެ ބާވަތްތައް ހޯދުމުގައި އެހީތެރިވެދިނުމަށް އެދިވަޑައިގެން، ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ފޯނުން ގުޅުއްވައި އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީ ލަންކާ އަށް ބޭނުންވާ އެންމެ ޒަރޫރީ މިންވަރަށް ތެލުގެ ބާވަތްތައް ހޯދުމުގައި އެހީތެރިވެދިނުމަށް އެދިވަޑައިގެން، ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ފޯނުން ގުޅުއްވައި އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
ލަންކާގެ ރައީސް ގޯޓާބޭ ވިދާޅުވީ، ރަޝިޔާގެ ރައީސް ޕުޓިންއާ އެކުގައި ބޭއްވެވީ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށެވެ. ލަންކާ އަށް ބޭނުންވާ ތެލުގެ ބާވަތްތައް ހޯދުމާ ބެހޭ ގޮތުން ދެ ރައީސުން މި މަޝްވަރާ ކުރެއްވީ، ލަންކާގައި މިހާރު ހުރި ޕެޓްރޯލާއި ޑީސަލް އަދި ކަރާސީނުކޮޅު ވެސް ވަރަށް އަވަހަށް ހުސްވާނެ ކަމަށް، ލަންކާގެ ހަކަތައާ ބެހޭ ވަޒީރު، މިދިޔަ ހަފުތާ ބަންދުގައި އިންޒާރު ކުރައްވާފައި ވަނިކޮށެވެ.
ވަޒީރުގެ އެ އިންޒާރާ ގުޅިގެން، ވެރިރަށް ކޮލަމްބޯގެ މަގުތަކަށް އާންމުންގެ އެތައް ހާސް ބަޔަކު އިއްޔެ ނުކުމެ، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި އެވެ.
1/2
— Gotabaya Rajapaksa (@GotabayaR) July 6, 2022
Had a very productive telecon with the #Russia President, Vladimir Putin. While thanking him for all the support extended by his gvt to overcome the challenges of the past, I requested an offer of credit support to import fuel to #lka in defeating the current econ challenges.
ރައީސް ޕުޓިންއާ އެކުގައި ކުރެއްވި މަޝްވަރާތަކަށް ފަހު، ކުރެއްވި ޓުވީޓެއްގައި ރައީސް ގޯޓާބޭ ވިދާޅުވި ގޮތުގައި އޭނާ ރައީސް ޕުޓިންގެ އަރިހުން އެދިވަޑައިގަތީ ދަރަންޏަށް ތެޔޮ އެތެރެ ކުރުމުގައި އެހީތެރިވެދެއްވުމަށެވެ. އޭގެ އިތުރުން، ކޮލޮމަބޯ އާއި މޮސްކޯއާ ދެމެދު ރަޝިޔާގެ ގައުމީ އެއާލައިން، އެއެރޯފްލޮޓްގެ އުދުހުންތައް އަލުން ފެށުމަށް ވެސް އޭނާ ރައީސް ޕުޓިންގެ އަރިހުން އެދިވަޑައިގަތެވެ.
ގޯޓާބޭ ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ ދާއިރާ އާއި ވިޔަފާރި އާއި ސަގާފީ ދާއިރާ އިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާ މެދު ދެ ބޭފުޅުންވެސް އެއްބަސްވެވަޑައިގެންނެވި އެވެ. އޭގެ އިތުރުން އެހެން ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި އެވެ.
ލަންކާ އިން ތެލުގެ ބާވަތްތައް ހުސްވާން ފެށުމުން، މިދިޔަ މަސްތަކުގައި ވެސް ލަންކާ އިން ވަނީ ރަޝިޔާގެ ތެޔޮ ގަނެފަ އެވެ. އަދިވެސް ރަޝިޔާގެ ތެޔޮ ގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.
އިނގިރޭސީންގެ އަޅުވެތިކަމުން 1948 ވަނަ އަހަރު ލަންކާ އަށް މިނިވަންކަން ލިބުނު ފަހުން، ލަންކާގެ އިގްތިސާދު މިހާ ބޮޑަށް ދަށަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ. އެ ދަތިކަން ފޫބެއްދުމުގެ ގޮތުން އިންޑިއާ އާއި ޗައިނާގެ މާލީ އެހީތެރިކަން ހޯދުމަށް ސްރީ ލަންކާ ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން ކާމިޔާބުވާ ގޮތެއްނުވި އެވެ.
ހާލުގައި ޖެހިފައިވާ ލަންކާ އަށް ރަޝިޔާގެ ތެޔޮ
ދޮޅު އަހަރުގެ ތެރޭގައި ލަންކާ ހަމައަކަށް އަޅުވަދޭނަން
ލަންކާ އަށް ޕެޓްރޯލް ލިބޭނީ ޖުލައި 22 ގައި
ލަންކާގައި އާންމުންނަށް ޕެޓްރޯލް ވިއްކުން މަނާކޮށްފި
މުޅި ދުނިޔޭގައިވެސް އިންފްލޭޝަން ދަނީ މައްޗަށް
ލަންކާ އަށް ތެޔޮ ފޯރުކޮށްދޭން ގިނަ ހުށަހަޅުންތަކެއް
ލަންކާގައި ވަގަށް ތެޔޮ ވިއްކާ މީހުން ހައްޔަރުކުރަނީ
ގޭހަށް ޖެހުމުގެ ޒިންމާ އުފުލަންޖެހޭނީ ޔޫރަޕުން: ރަޝިޔާ
ލަންކާއަށް އައިއެމްއެފްގެ އެހީ ދިނުން ފަސްކޮށްފި
ޑޮލަރުން އަގު ދައްކަންޏާ ޕެޓްރޯލް ލިބިދާނެ: ލަންކާ