26 މެއި 2022
ތެޔޮ ގަނެ ފޮރުވައިގެން ތިބެ ބޮޑު އަގުގައި ވިއްކާ މީހުން ހައްޔަރު ކުރުމަށް ލަންކާ ފުލުހުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް، އެ ގައުމުގެ ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.
ތެޔޮ ގަނެ ފޮރުވައިގެން ތިބެ ބޮޑު އަގުގައި ވިއްކާ މީހުން ހައްޔަރު ކުރުމަށް ލަންކާ ފުލުހުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް، އެ ގައުމުގެ ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.
ލަންކާ ފުލުހުންގެ ތަރުޖަމާނު ނިހާލް ތަލަޑުވާ ވިދާޅުވި ގޮތުގައި އުޅަނދުތަކަށް ތެޔޮ އަޅައިދޭ ސްޓޭޝަންތަކުން ތެޔޮ ގަނެ ފޮރުވައިގެން ތިބެ، ބޮޑު އަގުގައި ވިއްކާ ކަމަށް ވަރަށް ގިނަ ޝަކުވާތައް ލިބެ އެވެ. އެ ޝަކުވާތަކާ ގުޅިގެން، އެފަދަ މީހުން ހޯދުމަށް ފުލުހުން ފަށާފައިވާ މަސައްކަތުގެ ތެރެއިން، އެފަދަ ކަންތައް ކުރާ ކަމަށް ތުހުމަތުކުރެވޭ 429 ތަނަކަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވެ އެވެ.
އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން، މިހާތަނަށް 27،000 ލިޓަރުގެ ޕެޓްރޯލާއި 22،000 ލިޓަރުގެ ޑީސަލްގެ އިތުރުން 10،000 ލިޓަރުގެ ކަރާސީނު އަތުލައިގެންފި އެވެ. އަދި އެފަދަ މުއާމަލާތްތައް ހިންގާ ކަމަށް ޔަގީން ކުރެވޭ 137 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެހެންކަމުން، ވަގަށް ތެޔޮ ރައްކާކޮށް ބޮޑު އަގުގައި ވިއްކާ މީހުންނާ ބެހޭ މައުލޫމާތު އެނގޭ ނަމަ، ފުލުހުންނާ ހިއްސާ ކުރުމަށް މިހާރު ވަނީ ލަންކާ ސަރުކާރުން އިއުލާންކޮށްފަ އެވެ.
ސިއްރު ފުލުހުންގެ ފަރާތުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޕެޓްރޯލާއި ޑީސަލް އަދި ކަރާސީނުގެ ތެރެއަށް ފެން އަޅައި ގަޑުބަޑުކޮށްގެން ވިއްކާ ބަޔަކު ވެސް އެބަ އުޅެ އެވެ. އެފަދަ ކަންކަމުގައި ހަރަކާތްތެރިވާ މީހުން ދެނެގަތުމަށް ވެސް ފުލުހުން މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ.
ލަންކާގައި ތެލުގެ ބާވަތްތަކާއި ކައްކާ ގޭސް ލިބުން ދަތިވުމާ ގުޅިގެން، ތެލުގެ ބާވަތްތައް ވިއްކާ ސްޓޭޝަންތަކުގެ ކައިރީގައި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ކިޔޫގައި ތިބެން ޖެހެ އެވެ. އޭގެ އިތުރުން ތެލުގެ ބާވަތްތައް ލިބުން ދަތިވުމާ ގުޅިގެން، ދަނޑުވެރިކަން ވެސް ހުއްޓިފައިވާތީ، ދަނޑުވެރިންނަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް ލިބޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
ލަންކާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު މަހިންދަ އަމަރަވީރަ ވިދާޅުވި ގޮތުގައި ހާއްސަ އުސޫލެއްގެ ދަށުން ދަނޑުވެރިންނަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް އަދި ކަރާސީނު ފޯރުކޮށްދިނުމަށް، އެ ގައުމުގެ ހަކަތައާ ބެހޭ ވަޒީރަށް މިހާރު ވާނީ ދަންނަވައިފަ އެވެ. ލަންކާގެ އެކި ސަރަހައްދުތަކުން ކަނޑައަޅާފައިވާ 217 ސްޓޭޝަނަކުން، ދަނޑުވެރިންނަށް ހާއްސަކޮށްގެން ތެލުގެ ބާވަތްތައް ވިއްކުމަށް މިހާރު ވަނީ ނިންމައިފަ އެވެ.
މިއަހަރުގެ ދަނޑުވެރިކަމުގެ މޫސުން (މެއި މަހުން ފެށިގެން އޮގަސްޓުގެ ނިޔަލަށް އޮންނަ ޔާލާ ސީޒަން) މިހާރު ފެށިފައިވާ އިރު، ދަނޑުވެރިން ވަނީ، ދަނޑު ހެއްދުން ހުއްޓާލައިފަ އެވެ. އެމީހުން ބުނާ ގޮތުގައި މި މޫސުމުގައި ދަނޑުތަކުގައި ގަސްތައް އިންދި ނަމަވެސް، ކާދުގެ ބާވަތްތަކާއި ބޭސްތައް ނުލިބޭ ނަމަ، ގަސްތައް ހެއްދޭނެ ގޮތެއް ނޯންނާނެ އެވެ. އަދި ތެލުގެ ބާވަތްތައް ނުލިބޭ ހާލަތުގައި ދަނޑުތައް ހައްދަން ފެށި ނަމަވެސް، ޕަންޕުތައް ހިންގައިގެން އެކަށީގެންވާ ގޮތެއްގައި ފެން ދީ ބެލެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ދަނޑުވެރިން ބުނެ އެވެ.
ހާލުގައި ޖެހިފައިވާ ލަންކާ އަށް ރަޝިޔާގެ ތެޔޮ
ލަންކާ އަށް ތެޔޮ ފޯރުކޮށްދޭން ގިނަ ހުށަހަޅުންތަކެއް
ސްރީ ލަންކާ އިން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ
ދޮޅު އަހަރުގެ ތެރޭގައި ލަންކާ ހަމައަކަށް އަޅުވަދޭނަން
ލަންކާ އަށް ޕެޓްރޯލް ލިބޭނީ ޖުލައި 22 ގައި
ލަންކާގައި އާންމުންނަށް ޕެޓްރޯލް ވިއްކުން މަނާކޮށްފި
ލަންކާގެ ދަނޑުވެރިކަން ވެސް ހުއްޓުމަކަށް އަންނަނީ
ލަންކާގެ ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން
ޑޮލަރުން އަގު ދައްކަންޏާ ޕެޓްރޯލް ލިބިދާނެ: ލަންކާ
އެމެރިކާ އާއި ޗައިނާއިން ލަންކާ އަށް އެހީވާނެ