26 މެއި 2022
އިގްތިސާދީ ގޮތުން ފުން ވަޅުގަނޑަކަށް ވެއްޓުމުގެ ސަބަބުން ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރޭގައި މިހާރު އޮތް ސްރީ ލަންކާ އަށް ގޭހާއި ތެލުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ގިނަ އަދަދެއްގެ ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.
އިގްތިސާދީ ގޮތުން ފުން ވަޅުގަނޑަކަށް ވެއްޓުމުގެ ސަބަބުން ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރޭގައި މިހާރު އޮތް ސްރީ ލަންކާ އަށް ގޭހާއި ތެލުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ގިނަ އަދަދެއްގެ ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.
ލަންކާގެ ހަކަތައާ ބެހޭ ވަޒީރު ކަންޗަނާ ވިޖޭސޭކަރަ އިއްޔެ ވިދާޅުވި ގޮތުގައި ސަރުކާރުގެ ތެޔޮ ކުންފުނި، ސިލޯން ޕެޓްރޯލިއަމް ކޮމްޕެނީގެ ފަރާތުން، ތެޔޮ ހޯދުމަށް ކުރި އިއުލާންތަކާއި އިޝްތިހާރުތަކާ ގުޅިގެން، ތަފާތު ކުންފުނިތަކުން 67 ހުށަހެޅުމެއް މިހާރު ވަނީ ލިބިފަ އެވެ. މީގެ ތިން ހަފުތާ ކުރިން އެ ކުންފުނިން ކުރި އިއުލާނާ ގުޅިގެން ލިބުނު ހުށަހެޅުންތަކުގެ ތެރެއިން އެންމެ ރަނގަޅު ކަމަށް ފާހަގަކުރެވުނު 39 ހުށަހެޅުމެއް މިހާރު ވަނީ ފާހަގަކޮށް ހޮވައިލެވިފަ އެވެ.
ޓެކްނިކަލް ކޮމިޓީގެ ފަރާތުން ހޮވި 39 ކުންފުންޏާ އެކު، ސިލޯން ޕެޓްރޯލިއަމް ކޮމްޕެނީގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު ވަނީ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުންތަކުގައި، އެންމެ މުހިންމު ކަމަކަށް އޮތީ، ލަންކާ އަށް ގަންނަ ގޭހާއި ތެލަށް އަގު އަދާ ކުރުމަށް، ލަންކާ ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ރޭވުންތަކާއި އުސޫލުތައް އެ ކުންފުނިތަކަށް އޮޅުންފިލުވައިދިނުމެވެ.
ލަންކާގެ ހަކަތައާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި ދަރަންޏަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށާއި، ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތައް ފިލުވުމުގައި އެހީތެރިކަން ދިނުމަށް، ލަންކާގެ ރައީސާއި ބޮޑުވަޒީރު މިހާރު ވަނީ، ތެޔޮ އުފައްދާ ގައުމުތަކުގައި ރަސްމީކޮށް އެދިވަޑައިގެންފަ އެވެ.
ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުގެ ސަބަބުން، ބޭރު ފައިސާގެ ރިޒާވް ގާތްގަނޑަކަށްހެން ހުސްވެ، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން، ގޭހާއި ތެލުގެ ބާވަތްތައް އިމްޕޯޓްކުރުން ވަނީ މުޅިން ހުއްޓިފަ އެވެ.
ހާލުގައި ޖެހިފައިވާ ލަންކާ އަށް ރަޝިޔާގެ ތެޔޮ
ލަންކާގައި ވަގަށް ތެޔޮ ވިއްކާ މީހުން ހައްޔަރުކުރަނީ
ސްރީ ލަންކާ އިން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ
ދޮޅު އަހަރުގެ ތެރޭގައި ލަންކާ ހަމައަކަށް އަޅުވަދޭނަން
ލަންކާ އަށް ޕެޓްރޯލް ލިބޭނީ ޖުލައި 22 ގައި
ލަންކާގައި އާންމުންނަށް ޕެޓްރޯލް ވިއްކުން މަނާކޮށްފި
ލަންކާގެ ދަނޑުވެރިކަން ވެސް ހުއްޓުމަކަށް އަންނަނީ
ލަންކާގެ ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން
ޑޮލަރުން އަގު ދައްކަންޏާ ޕެޓްރޯލް ލިބިދާނެ: ލަންކާ
އެމެރިކާ އާއި ޗައިނާއިން ލަންކާ އަށް އެހީވާނެ