26 އެޕްރީލް 2024
ރާއްޖޭގެ މޯލްޑިވިއަން އެއާލައިނުން ސްރީ ލަންކާގެ ކޮލަންބޯ އަށް ސީދާ ދަތުރުތައް ރޭ ފަށައިފި އެވެ.
ރާއްޖޭގެ މޯލްޑިވިއަން އެއާލައިނުން ސްރީ ލަންކާގެ ކޮލަންބޯ އަށް ސީދާ ދަތުރުތައް ރޭ ފަށައިފި އެވެ.
ކޮލަލްބޯ އިން ރޭ މާލެ އައި މޯލްޑިވިއަންގެ ދަތުރުގެ ފުރަތަމަ ޗެކިންވި މީހާ ވަނީ ފާހަގަކޮށްފަ އެވެ.
މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ނިންމާފައި ވަނީ ކޮލަންބޯ އިން މާލެ އަށް ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި ދަތުރުތައް ކުރާށެވެ.
މޯލްޑިވިއަންގެ ކޮލަމްބޯ ދަތުރުތަކުގެ ދެކޮޅު ޓިކެޓެއްގެ އެންމެ ކުޑަ އަގަކީ 165 ޑޮލަރެވެ.
ކޮލަންބޯ އަށް ކުރާ ދަތުރުތަކުގައި 30 ކިލޯގެ ބެގެޖާއި މީލް ޕެކެއް ލިބޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. ކޮލަމްބޯ އަކީ ބޭސްފަރުވާ އަށް ދިވެހިން ދަތުރުކުރާ ގައުމަކަށް ވާއިރު، އެކަމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ކޮލަމްބޯގެ ނަވަލޯކާ ހޮސްޕިޓަލުން މޯލްޑިވިއަންގެ ފަސިންޖަރުންނަށް ހާއްސަ ލުއިތަކެއް ފަހިކޮށްދީފައިވާ ކަމަށް އެ އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަން އިން ކޮލަންބޯގެ ދަތުރުތައް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މޯލްޑިވިއަންގެ ފަސިންޖަރުންނަށް ނަވަލޯކާ ހޮސްޕިޓަލުން ހިލޭ ކޮންސަލްޓޭޝަނާއި މެޑިކަލް ހިސްޓްރީ އިވެލުއޭޝަނާއި ބޮޑީ މާސް އިންޑެކްސް ބެލުމާއި ޑައިޓީޝަނަކަށް ދެއްކުމާއި ޑެންޓަލް ސެކަލާއި ފެނުމުގެ ޓެސްޓު ހެއްދޭނެ އެވެ. އަދި މޯލްޑިވިއަންގެ ފަސިންޖަރުންނަށް އޯޕީޑީއިން ހެއްދޭ ލެބޯޓަރީ ޓެސްޓުތަކުން 15 ޕަސެންޓުގެ ޑިސްކައުންޓާއި އެކްސްރޭއިން ފަސް ޕަސެންޓް ޑިސްކައުންޓް ވެސް ލިބޭނެ އެވެ.
މޯލްޑިވިއަން އިން ކޮލަންބޯއަށް ދަތުރުތައް ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓުންނެވެ. އެ އެއާލައިނުން އަންނަނީ އިތުުރު އެއާބަސް ބޯޓުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު މާޗު 2022 ގައި މޯލްޑިވިއަން އެއާލައިނުން ލަންކާގެ ރަތުމަލަނާ އެއާޕޯޓަށް ވެސް ދަތުރު ފެށި އެވެ. އެކަމަކު، އެ ފަހަރު ތަރުހީބު ކުޑަކަމުން ހަފުތާއެއް ވެސް ނުވަނީސް އެ ދަތުރުތައް މެދުކަނޑާލީ އެވެ.
މި ވަގުތު އެ އެއާލައިންގެ ފްލީޓުގައި 14 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ދެ ބޯޓު ވެސް ހިމެނެ އެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެވެ.
މޯލްޑިވިއަނުން ލަންކާ ދަތުރުތައް މެދުކަނޑާލައިފި
މޯލްޑިވިއަނުން ލަންކާއަށް އަލުން ދަތުރުތައް ފަށައިފި
މޯލްޑިވިއަނުން ލަންކާއަށް އަލުން ދަތުރުތައް ފަށަނީ
ފްލައިމީން ބައިނަލްއަގުވާމީ ދަތުރުތައް ފަށައިފި
މީހުން ގެނެސްދެނީ ވިޔަފާރިއަކަށް ނޫން: މޯލްޑިވިއަން
ލަންކާގައި ނާދެވި ތިބި 100 ދިވެއްސަކު ގެނެސްފި
ލަންކާގެ ޓިކެޓެއް 4،626ރ. އަށް، ކޮޗިން4،086
ލަންކާގައި ތިބި އާއިލާތަކަށް 8.9 ޓަނުގެ ކާގޯ
ހުރިހާ ދިވެހިން ވެސް ގެންނަން މަސައްކަތްކުރާނެ:މަބްރޫކް
މޯލްޑިވިއަންގެ ދަތުރުތައް ކޮލަމްބޯ އަށް ފަށަނީ