Roadha Mihaaru
މޯލްޑިވިއަންގެ ދަތުރުތައް ކޮލަމްބޯ އަށް ފަށަނީ

ކޮލަމްބޯ އަށް ދަތުރު ކުރުމުގެ ހުއްދަ މޯލްޑިވިއަން އަށް ލިބިއްޖެ

05 މާޗް 2017

ސްރީލަންކާގެ ކޮލަމްބޯ އަށް ދަތުރު ކުރުމުގެ ހުއްދަ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް ލިބިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީލަންކާގެ ކޮލަމްބޯ އަށް ދަތުރު ކުރުމުގެ ހުއްދަ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް ލިބިއްޖެ އެވެ.

ކޮލަމްބޯ އަށް ދަތުރު ކުރުމުގެ ހުއްދަ މޯލްޑިވިއަނަށް ލިބުނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި މޯލްޑިވިއަންގެ އިސް ބޭފުޅުންތަކެއް ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ނިމަލް ސިރިޕާލަ ޑިސިލްވާއާ ބައްދަލު ކުރައްވައި، ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު "މިހާރު" އަށް ވިދާޅުވީ އެ ހުއްދަ ލިބުމާ ގުޅިގެން ކޮލަމްބޯ އަށް ދަތުރުތައް ފެށުމަށް ކުރަންޖެހޭ މަސައްކަތް އެ ކުންފުނިން މިހާރު ކުރަމުންދާ ކަމަށެވެ. އެކަމަކު ދަތުރުތައް ފެށޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ނަޝާތު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި އަޅުގަނޑުމެންނަށް އިއުލާން ކުރެވޭނެ ދަތުރުތައް ފެށޭނެ ދުވަހެއް،" ނަޝާތު ވިދާޅުވި އެވެ.

ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް މަންޒިލް ކަމަށްވާ ކޮލަމްބޯ އަށް މީގެ އަހަރުތަކެއް ކުރިން މޯލްޑިވިއަން އިން ދަތުރުކުރި އެވެ. އެ ކުންފުނިން މިހާރު ވެސް ދަނީ އެކި ގައުމުތަކަށް ދަތުރު ކުރަމުންނެވެ.