ކޮވިޑް-19 ފެތުރުން ހުއްޓުވަން އެކި ގައުމުތަކުން އެޅި ފިޔަވަޅުތަކާ ހެދި ތާށިވެ، އެ ގައުމުތަކުގައި ހާލުގައި ޖެހިފައި ތިބި ހުރިހާ ދިވެހިން ވެސް ރާއްްޖެ ގެންނަން މަސައްކަތް ކުރާނެ ވާހަކަ ސަރުކާރުން ރޭ އަނެއްކާ ވެސް ތަކުރާރުކޮށްފި އެވެ.
05 އެޕްރީލް 2020
ކޮވިޑް-19 ފެތުރުން ހުއްޓުވަން އެކި ގައުމުތަކުން އެޅި ފިޔަވަޅުތަކާ ހެދި ތާށިވެ، އެ ގައުމުތަކުގައި ހާލުގައި ޖެހިފައި ތިބި ހުރިހާ ދިވެހިން ވެސް ރާއްްޖެ ގެންނަން މަސައްކަތް ކުރާނެ ވާހަކަ ސަރުކާރުން ރޭ އަނެއްކާ ވެސް ތަކުރާރުކޮށްފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެންނަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ފުރަތަމަ ދުވަހުން ވެސް ބުނަމުން އަންނަ ކަމަށާއި އެ މީހުން ބިރުވެރިކަމުގެ ތެރޭގައި ތިބެން ދޫ ނުކުރާނެ ކަމަށެވެ. ސްރީ ލަންކާގެ ކޮލަމްބޯ އާއި އިންޑިއާގެ ކޮޗިންގައި ތިބި ބައެއް ދިވެހިން ގެނެވޭނެ އިންތިޒާމް އިއްޔެ ހަމަޖެހުމަކީ އެ މަސައްކަތުގައި ލިބުނު އެއް ކާމިޔާބީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބާކީ ހުރި ގައުމުތަކުުން ވެސް އަދި މި ގައުމުތަކުގައި[ލަންކާ އާއި އިންޑިއާގައި] އިތުރަށް ތިބި މީހުން ވެސް ހަމަ އަޅުގަނޑުމެންނަށް ޖާގަ ލިބޭ ވަރަކުން ގެނައުމުގެ މަސަައްކަތް ކުރަމުން ދާނަން،" ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެކި ގައުމުތަކުން އެޅި މައިގަނޑު އެއް ފިޔަވަޅަކީ ދަތުރުފަތުރު ހުއްޓާލައި އެ ގައުމެއްގެ ވައިގެ ސަަރަހައްދު ބަންދުކުރުމެވެ. އެހެންވެ، އެކި ގައުމުތަކުގައި އަމިއްލަ ގައުމަށް ނުދެވި ގިނަ ބަޔަކު އެބަތިއްބެވެ. އެކަމުގައި ދަތިކަން އޮތް މިންވަރު ސިފަ ކޮށްދެއްވަން މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިހާރު ތިބި ގިނަ ޓޫރިސްޓުންނަކީ އެ މީހުންގެ ގައުމަށް އެނބުރި ނުދެވިފައި ތިބި މީހުން ކަމަށެވެ.
"ބޮޑެތި ގައުމުތަކުގެ މުއްސަނދިން އިނގޭތޯ، އެ ހާލުގައި އޮންނަ ކަމެއް މިކަމަކީ. އަދި ހަމަ މުޅި ދުނިޔެ މިއޮތީ އެއް ހާލެއްގައި،" މަބްރޫކް
މަބްރޫކް ވިދާޅުވި ގޮތުގައި ހާއްސަ ދަތުރުތައް ބާއްވައިގެން އެކި ގައުމުތަކުން އެ ގައުމުތަކުގެ ރައްޔިތުން ގެންދަން ކުރާ މަސަައްކަތުގައި ވެސް އެންމެން ނުގެންދެވޭ ފަދައިން ރާއްޖެ އަށް ވެސް މީހުން ގެނައުމުގެ ޖާގަ ލިބެނީ ވަކި ވަރަކަށެެވެ. އޭނާ ވިދާޅުވީ ރާއްޖެ އަކީ ކުޑަ ގައުމަކަށް ވާއިރު، މިހާތަނަށް ލިބުނު ވަރަށް ވެސް ޖާގަ ލިބެނީ އޮންނަ ރަނގަޅު ގުޅުމުގެ ސަބަބުން ކަމަށެވެ. ރާއްޖެ އަށް އެކި ގައުމުތަކުން ގެންނަން ޖެހޭ ދިވެހިން ގެނައުމުގެ މަސައްކަތަކީ ސަރުކާރުން ދޫކޮށްލާނެ ކަމެއް ނޫން ކަމަށް ވެސް މަބްރޫކް ވިދާޅުވި އވެެ.
ކޮލަމްބޯ އާއި ކޮޗިންގައި ތާށިވެފައި ތިބި ދިވެހިން ގެންނަން ގައުމީ އެއާލައިން މޯލްޑިވިއަނުން މިއަދާއި މާދަމާ ދަތުރުތަކެއް ކުރަން ވަނީ ނިންމައިފަ އެވެ. ކޮލަމްބޯ އަށް ދެ ދަތުރު ކުރާ އިރު ކޮޗިންއަށް އަށް އަޅަނީ އެއް ދަތުރެވެ.
މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ފަރާތުން ރޭގެ މީޑިއާ ބްރީފިންގައި ބައިވެރިވެވަޑައިގެންނެވި، އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އެކި ގައުމުތަކުން ވަރަށް ގިނަ ދިވެހިންތަކެއް ގެންނަންޖެހޭ ކަމަށާއި ފުރުސަތެއް ލިބޭ އިރަށް އެ ހުރިހާ އެންމެން ވެސް ގެންނަން މޯލްޑިވިއަނުން މަސައްކަތް ކުރާނެ ކަމަށެވެ.
ރޭގެ މީޑިއާ ބްރީފިންގައި، އައިއޭއެސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"މި ވަގުތަކީ ހަމަ ދަތި އުނދަގޫ ދަނޑިވަޅަކަށް ވާތީ އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް އެދެން ކެތްތެރިވެވަޑައިގެން ތިއްބަވައްޗޭ. އަޅުގަނޑުމެންނާއި އަދި އަޅުގަނޑުމެންނާ އެކީގައި ދަތުރުކުރަން ތިބި މީހުންނަކީ އަަޅުގަނޑުމެން މިއަދު މިތިބީ ހަމަ އެއް ޓީމެއްގެ ގޮތުގައި އެއް އޮޑިއެއްގައި. އަޅުގަނޑުމެން ވެސް ހަމަ އެ މަސައްކަތް ޔަގީންކަމާ އެކީގައި ކޮށްދޭނަމޭ،" މޫސަ ވިދާޅުވި އެވެ.
ކޮޗިންގައި ތާށިވި ދިވެހިން ރާއްޖެ ގެނެސްފި
ބޮޑެތި ފަރުވާ ބޭނުންވާ 37 މީހަކު މާދަމާ ފުރާނެ
މަތިންނާއި ކަނޑުމަގުން 490 ބިދޭސީން ފުރުވާލައިފި
އިންޑިއާގައި ތިބި 159 ދިވެއްސަކު ރާއްޖެ ގެނެސްދީފި
މީހުން ގެނެސްދެނީ ވިޔަފާރިއަކަށް ނޫން: މޯލްޑިވިއަން
ލަންކާގެ ޓިކެޓެއް 4،626ރ. އަށް، ކޮޗިން4،086
އިންޑިއާއިން ނާދެވުނު ދިވެހިންނަށް ސަރުކާރުން އެހީވަނީ
3 ގައުމެއްގައި އުޅޭ ދިވެހިންނަށް ބޭސްކުރެވޭނެ ނިޒާމެއް
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ނުދައްކާ ވާހަކަ!
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"