Roadha Mihaaru
ލަންކާގެ ޓިކެޓެއް 4،626ރ. އަށް، ކޮޗިން4،086

ކޮވިޑް-19: ލަންކާގެ ޓިކެޓެއް 4،626ރ. އަށް، ކޮޗިން އަށް 4،086ރ.

05 އެޕްރީލް 2020

ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، ސްރީ ލަންކާގެ ކޮލަމްބޯ އާއި އިންޑިއާގެ ކޮޗިން އިން ނާދެވި ތިބި ދިވެހިން ގެންނަން މޯލްޑިވިއަން އިން ކުރާ ދަތުރުގައި ރާއްޖެ-ލަންކާގެ އެއްކޮޅު ޓިކެޓެއް 4،626ރ. އަށް، ކޮޗިން އިން އަންނަ މީހުންނަށް 4،086ރ. އަށް އެއްކޮޅު ޓިކެޓު ވިއްކަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، ސްރީ ލަންކާގެ ކޮލަމްބޯ އާއި އިންޑިއާގެ ކޮޗިން އިން ނާދެވި ތިބި ދިވެހިން ގެންނަން މޯލްޑިވިއަން އިން ކުރާ ދަތުރުގައި ރާއްޖެ-ލަންކާގެ އެއްކޮޅު ޓިކެޓެއް 4،626ރ. އަށް، ކޮޗިން އިން އަންނަ މީހުންނަށް 4،086ރ. އަށް އެއްކޮޅު ޓިކެޓު ވިއްކަން ފަށައިފި އެވެ.

އާންމުކޮށް ރާއްޖެ އާއި ލަންކާއާ ދެމެދުގެ ދެކޮޅު ޓިކެޓް 4،142ރ. އަށް ލިބެ އެވެ. އަދި ރާއްޖެ-ކޮޗިންގެ ދެކޮޅު ޓިކެޓް އާއްމުކޮށް 2،775ރ. އަށް ލިބެ އެވެ. މި އަގުތައް ހަމަޖެއްސި އުސޫލާ ގުޅޭ ގޮތުން، މޯލްޑިވިއަންގެ ބަހެއް ހޯދަން ތަކުރާރުކޮށް މަސައްކަތް ކުރުމުން ވެސް އެކަން ކާމިޔާބެއް ނުވި އެވެ.

ކޮލަމްބޯ އާއި ކޮޗިންގައި ރާއްޖެ އަށް ނާދެވި ތާށިވެފައި ގިނަ ބަޔަކު ތިބީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކެއްގެ ގޮތުގައި އިންޑިއާ އާއި ލަންކާ އަށް ވައިގެ ދަތުރުތައް ކުރުން ހުއްޓައިލުމުންނެވެ.

ދަތުރުތައް ހަމަޖެހިފައިވާ ގޮތް

މިއަދު - މާލެ-ކޮލަމްބޯ. ފުރާ ގަޑި: މެންދުރު ފަހު 3:00

މިއަދު- މާލެ-ކޮލަމްބޯ. ފުރާ ގަޑި: ރޭގަނޑު 6:56

ހޯމަ: މާލެ-ކޮޗިން. ފުރާ ގަޑި: ރޭގަނޑު، 7:00

އިންޑިއާ އާއި ލަންކާގެ ވައިގެ ސަރަހައްދު ބަންދު ކުރުމުގެ ސަބަބުން ރާއްޖެ ނާދެވި ތިބި ދިވެހިންނަށް ސަރުކާރުން އައީ އެހީތެރިވަމުންނެވެ. އެގޮތުން، އިންޑިއާގައި ތިބި ދިވެހީންނަށް އާސަންދަ އާއި އެންސްޕާ އިން ދިޔައީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.