14 ނޮވެމްބަރ 2016
އަންނަ މަހުގެ އެއް ވަނަ ދުވަހު ގަން-ކޮލޮމްބޯ ދަތުރުތައް ފެށުމުގެ ކުރިން އިމިގްރޭޝަނުން ވާންޖެހޭ ތައްޔާރީތައް ވާނެކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.
އަންނަ މަހުގެ އެއް ވަނަ ދުވަހު ގަން-ކޮލޮމްބޯ ދަތުރުތައް ފެށުމުގެ ކުރިން އިމިގްރޭޝަނުން ވާންޖެހޭ ތައްޔާރީތައް ވާނެކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.
ގަން-ކޮލޮމްބޯ ދަތުރުތަކާ ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ރައްޔިތުންނާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތަށް ބޯޑަ ކްލިއަރެންސްގެ ކަންތައް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އެހެންކަމުން އެކެއް ޑިސެމްބަރު 2016ގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުން އޮޕަރޭޓްކުރާ ޝެޑިއުލް ފްލައިޓުން ދަތުރުކުރައްވާ ދިވެހިންނާއި ފަތުރުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ހިދުމަތްތައް ދެވޭ ވަރަށް އިމިގްރޭޝަން ވާންޖެހޭ ތައްޔާރީތައް ވާނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް މި ފުރުސަތުގައި ދެމެވެ،" އިމިގްރޭޝަންގެ ބަޔާނުގައި ބުންޏެވެ.
އިމިގްރޭޝަނުން މިހެން ބުނިއިރު، ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ގަން-ކޮލޮމްބޯގެ ދަތުރުތައް ފެށުން މަޑުޖައްސައިލުމަށް ސްރީ ލަންކަން އެއާލައިންސް އަށް މިިދިޔަ ހަފުތާގެ ހޯމަ ދުވަހު އަންގައިފަ އެވެ. އޭރު ވަނީ ދަތުރުތައް ފެށުމަށް ރިޒަވޭޝަން ވެސް ހަދައިދޭން ފަށައިފަ އެވެ.
އެ އޮތޯރިޓީން ސްރީ ލަންކަން އެއާލައިނަށް ފޮނުވި ސިޓީގައި ބުނީ ގަން އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް، އެ އެއާޕޯޓުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން އަދި ވެސް އެބަހުރިކަމަށާއި އަދި އެކަންތައްތައް ފުރިހަމަ ނުވާ ކަމަށެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ ޝެޑިއުލް ފްލައިޓްތައް ހޭންޑްލް ކުރުމަށް ބޭނުންވާ ސިސްޓަމްތައް ފުރިހަމަވެފައި ނުވުމާއި ޝެޑިއުލް ފްލައިޓުތައް ހޭންޑްލް ކުރުމަށް، ބޯޑާ ކޮންޓްރޯލްގައި ހަރަކާތްތެރިވާ ކަމާ ގުޅޭ މުއައްސަސާތަކުން ވެސް ގަމުގެ އޮޕަރޭޝަނަށް ތައްޔާރު ނޫން ކަމަށް ސިޓީގައި ބުންޏެވެ.
ސްރީ ލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވެސް މިދިޔަ ހަފުތާގައި ވިދާޅުވީ ޝެޑިއުލް ދަތުރުތައް ފަށަން ހަމަޖައްސާފައިވާ ތާރީހަށް އެކަން ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
މިދިޔަ މަހުން ފެށިގެން މާދަމާއާ ހަމައަށް ޓިކެޓް ވިއްކަމުން އަންނަނީ ވެސް 25 ޕަސެންޓް ޑިސްކައުންޓަކާ އެކުގަ އެވެ. ކޮލޮމްބޯ އާއި ގަމާ ދެމެދު ކުރާ ދަތުރެއްގެ ދެކޮޅު ޓިކެޓެއްގެ އަގަކީ 342 ޑޮލަރެވެ.
ސްރީ ލަންކަން އެއާލައިންސް ވިއްކާލަނީ
ފްލައިދުބާއީން ސީދާ ދަތުރުތައް އައްޑު އަށް ފަށަނީ
ސްރީލަންކަންގެ ބޯޓެއް ވައިގެތެރޭ އެކްސިޑެންޓުނުވީ ކިރިޔާ
ރާއްޖެ-އިންޑިއާގެ ވައިގެ ދަތުރުތައް އިތުރުކުރަނީ
ގަމަށް ސްރީލަންކަން އަލުން ދަތުރުކުރާނެކަން ޔަގީނެއްނޫން
29 ސިޓީ އަކަށް އެމިރޭޓްސްގެ ދަތުރުތައް ފަށަނީ
ބޭރުގެ ބޯޓެއް މަރާމާތުކުރާ ފުރަތަަމަ ކުންފުންޏަކަށް ވިލާ
ސްރީލަންކަންގެ އައްޑޫ ދަތުރުތައް ހުއްޓާނުލަން ނިންމައިފި
ސްރީ ލަންކާ އެއާލައިންސް ބޭރު ކުންފުންޏަކާ ގުޅެނީ
މެގަ މޯލްޑިވްސް އިން 2.9 މިލިއަން ދައްކަން ޖެހިއްޖެ