Roadha Mihaaru
ބޭރުގެ ބޯޓެއް މަރާމާތުކުރާ ފުރަތަަމަ ކުންފުންޏަކަށް ވިލާ

ރާއްޖޭގައި ބޭރު ގައުމެއްގެ މަތިންދާ ބޯޓެއް މަރާމާތު ކުރާ ފުރަތަމަ ކުންފުންޏަކަށް ވިލާ!

27 ޑިސެމްބަރ 2019

ވިލާ އެއާއިން މާމިގިލީގައި ހިންގާ އެ ކުންފުނީގެ "މެއިންޓެނެންސް ރިޕެއާ އެންޑް އޮވާ ހޮލްޑް" ފެސިލިޓީގައި ސްރީ ލަންކާގެ ޗާޓަރު ފްލައިޓެއް މަރާމާތު ކުރަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވިލާ އެއާއިން މާމިގިލީގައި ހިންގާ އެ ކުންފުނީގެ "މެއިންޓެނެންސް ރިޕެއާ އެންޑް އޮވާ ހޮލްޑް" ފެސިލިޓީގައި ސްރީ ލަންކާގެ ޗާޓަރު ފްލައިޓެއް މަރާމާތު ކުރަން ފަށައިފި އެވެ.

މިއީ ބޭރު ގައުމެއްގެ ބޯޓެއް ރާއްޖޭގައި މަރާމާތު ކުރަން ހުއްދަ ލިބުނު ފުރަތަމަ ފަހަރެވެ. ވިލާއިން މަރާމާތު ކުރަނީ ލަންކާގެ ފިޓްސް އޭވިއޭޝަން ގެ އޭޓީއާރު 72-320 މަރުކާގެ ބޯޓެކެވެ. މި ބޯޓު މާމިގިލީ އެއާޕޯޓަށް ޖައްސާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ވިލާއިން ބުނީ އެ ކުންފުންޏަށް ލަންކާގެ ފިޓްސް އޭވިއޭޝަންގެ ބޯޓެއް މަރާާތު ކުރުމުގެ ހުއްދަ ދިނީ މި މަރުކާރުގެ ބޯޓުތަކުގެ ހެވީ މެއިންޓެނެންސްގެ ކަންތައް ބެލުމަށްފަހު ކަމަށެވެ. މިކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ކަސްޓަމްސް އަދި އިމިގްރޭޝަނުން ވެދިން އެހީއަށް ވިލާއިން ވަނި ޝުކުރު އަދާކޮށްފަ އެވެ. އަދި މި ފުރުސަތުގެ ސަބަބުން ރާއްޖޭގެ އޭވިއޭޝަން ދާއިރާ އިތުރަށް ފުޅާ ވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވިލާއިން ބުނި ގޮތުގައި މިފަދަ ފެސިލިޓީއެއް ރާއްޖޭގައި ގާއިމްކޮށް އޭވިއެޝަން ދާއިރާއިން މީހުން ތަމްރީން ކުރުމަކީ އެ ކުންފުނީގެ ތަސައްވުރެކެވެ. އަދި އެ ކުންފުނީގެ އަމާޒަކީ މި ދާއިރާ ކުރިއަރުވައި ވިލާ އެއާގެ މާމިގިލީގެ ފެސިލިޓީއަކީ މި ސަރަހައްދުގެ މަތިންދާ ބޯޓުތައް މަރަމާތު ކުރާ ތަނަކަށް ހެދުން ކަމަށް ވެސް ވިލާއިން ބުންޏެވެ.

އެ ކުންފުނިން ބުނީ ސަބަބުން ދިވެހި އިންޖިނިއަރުންނަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.