Roadha Mihaaru
މެގަ މޯލްޑިވްސް އިން 2.9 މިލިއަން ދައްކަން ޖެހިއްޖެ

އަމިއްލަ ކުންފުންޏަކަށް 2.9 މިލިއަން ދައްކަން މެގަ މޯލްޑިވްސްއަށް ޖެހިއްޖެ

07 ޖޫން 2018

މާލީ ގޮންޖެހުންތަކާ ހެދި އުވާލަން ނިންމާފައިވާ މެގަ މޯލްޑިވްސް އިން، ކުރިން ހޯދާފައިވާ ޚިދުމަތްތަކަކަށް 2.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން މެގަ މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލީ ގޮންޖެހުންތަކާ ހެދި އުވާލަން ނިންމާފައިވާ މެގަ މޯލްޑިވްސް އިން، ކުރިން ހޯދާފައިވާ ޚިދުމަތްތަކަކަށް 2.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން މެގަ މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެމެކްސްލައިން ޓްރެވަލް ކިޔާ ކުންފުންޏަކަށް 192،000 ޑޮލަރު (2.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ސިވިލް ކޯޓުން ހުކުމްކުރީ މެގަ މޯލްޑިވްސް އިން ހޯދާފައިވާ ޚިދުމަތްތަކަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން އެމެކްސްލައިންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ.

ކޯޓުގެ ހުކުމުގައިވަނީ އެ ފައިސާއަކީ މެގަ މޯލްޑިވްސް އިން ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށާއި އެހެންވެ 11 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ނުވަތަ އެ އަދަދަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރު ކޯޓަށް ދެއްކުމަށް އަންގާ ކަމަށެވެ.

އެ ފައިސާ ހޯދުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހުނު ޚަރަދުތަކަށް 5،000 ޑޮލަރު ޚަރަދުވި ކަމަށް ބުނެ އެ ފައިސާ ވެސް ނަގައިދޭން އެމެކްސްލައިން އިން ކޯޓުގައި އެދުނެވެ. އެކަމަކު ހުކުމުގައިވަނީ ވަކީލުންނަށް ޚަރަދުކުރާ ފައިސާ ނަގައި ދިނުމާ ގުޅޭގޮތުން ހައި ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކުގައި ކަނޑައަޅާފައިވާ ޝަރުތުތައް މި މައްސަލާގައި ފުރިހަމަ ނެތުމުން އެ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ.

އަމިއްލަ ކުންފުންޏަކަށް ފައިސާތަކެއް ދައްކަން މެގަ މޯލްޑިވްސްގެ މައްޗަށް ހުކުމް އައިއިރު، ޓެކްސް އާއި ފީގެ ގޮތުގައި 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މެގަ މޯލްޑިވްސްއާ ދެކޮޅަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ދައުވާ ކޮށްފަ އެވެ.

މީގެ އިތުރުން އެ ކުންފުނި އުވާލަން ނިންމިއިރު މެގަ މޯލްޑިވްސް ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ 24 މުވައްޒަފަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ވެސް މިދިޔަ އޭޕްރީލް މަހު ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.