04 ޖޫން 2018
ރާއްޖެ އާއި ޗައިނާގެ ކުންފުންޏެއް ގުޅިގެން ބައިނަލްއަގްވާމީ އެއާލައިނެއް ހަދަން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ރާއްޖެ އާއި ޗައިނާގެ ކުންފުންޏެއް ގުޅިގެން ބައިނަލްއަގްވާމީ އެއާލައިނެއް ހަދަން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ރާއްޖެ އިން އޮޕަރޭޓްކުރާ ގޮތަށް ބައިނަލްއަގްވާމީ އެއާލައިނެއް ހެދުމަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެކަމާ ބެހޭ ޕްރޮޕޯސަލް އަދި ލިބިފައެއް ނުވާ ކަމަށެވެ.
"ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި އިންޓަނޭޝަނަލް އެއާލައިނެއް ހިންގަން މިތަނަށް އިންޓަރެސްޓް ހުށަހަޅާފައިވޭ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ހުއްދައެއް އަދި ނުދެން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބައިނަލްއަގްވާމީ އެއާލައިނެއް ހިންގަން ހުއްދަ ދޭނީ އެ ކުންފުނިން ހުށަހަޅަން ޖެހޭ ޕްރޮޕޯސަލް ލިބުމުންނެވެ.
ރާއްޖޭގައި ބައިނަލްއަގްވާމީ އެއާލައިނެއްގެ ގޮތުގައި ބޭރުގެ އެއްވެސް ކުންފުންޏަކުން މިހާރު ހަރަކާތްތެރިއެއް ނުވެ އެވެ. ނަމަވެސް، މީގެ ކުރިން ބައިނަލްއަގްވާމީ އެއާލައިނެއްގެ ގޮތުގައި މެގަ މޯލްޑިވްސް ހިންގި އެވެ. ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ހިންގި އެ ކުންފުނި ވަނީ ބަނގުރޫޓުވުމުން ހުއްޓާލައިފަ އެވެ.
މެގައިން ކަނޑާލި މީހުންގެ %80 އަލުން ވަޒީފާ އަށް
ޗައިނާގެ އިތުރު އެއާލައިނެއް ރާއްޖެ އަށް
ޗައިނާ ސަދަން އިން ރާއްޖެ އަށް ދަަތުރުތައް ފަށަނީ
ޗައިނާއިން ދަތުރުތައް ފަށަން ޝާހިދު އެދިވަޑައިގެންފި
މޯލްޑިވިއަން ޗައިނާގެ އާ މަންޒިލަކަށް ދަތުރު ފަށައިފި
މެގަ އިން ދިއްލީއަށް ކުރާ ދަތުރުތައް ހުއްޓާލަނީ
ޗައިނާގެ ގައުމީ އެއާލައިނުން ރާއްޖެ އަށް ދަތުރު ފަށަނީ
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
ޗައިނާ ޓޫރިސްޓުންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފި
ޝިއާމެން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް