Roadha Mihaaru
މޯލްޑިވިއަން ޗައިނާގެ އާ މަންޒިލަކަށް ދަތުރު ފަށައިފި

މޯލްޑިވިއަން އިން ޗައިނާގެ އިތުރު މަންޒިލަކަށް ދަތުރު ފަށައިފި

15 ސެޕްޓެމްބަރ 2017

ގައުމީ އެއާލައިން މޯލްޑިވިއަން އިން ޗައިނާގެ ހަންގްޒޯ އަށް ދަތުރުތައް ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގައުމީ އެއާލައިން މޯލްޑިވިއަން އިން ޗައިނާގެ ހަންގްޒޯ އަށް ދަތުރުތައް ފަށައިފި އެވެ.

ހަންގްޒޯ އިން ފުރައިގެން ރާއްޖެ އައި މޯލްޑިވިއަންގެ ފުރަތަމަ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހެނދުނު ޖައްސާފައިވާއިރު މަރުހަބާ ދެއްނެވުމުގެ ގޮތުން "ވޯޓާ ސެލިއުޓެއް" ވަނީ އަރުވާފައެވެ.

ހަފުތާއަކު އެއް ދަތުރު ހަންގްޒޯ އަށް ކުރުމަށް މޯލްޑިވިއަން އިން ވަނީ ނިންމައިފަ އެވެ.

ހަންގްޒޯ އިން ފުރައިގެން މިއަދު ރާއްޖެ އައި މޯލްޑިވިއަންގެ މަތިންދާބޯޓަށް ވޯޓާ ސެލިއުޓެއް އަރުވަނީ.---ފޮޓޯ: އެމްއޭސީއެލް

ހަންގްޒޯ އިން ފުރައިގެން މިއަދު ރާއްޖެ އައި މޯލްޑިވިއަންގެ މަތިންދާބޯޓަށް ވޯޓާ ސެލިއުޓެއް އަރުވަނީ.---ފޮޓޯ: އެމްއޭސީއެލް

ހަންގްޒޯ އިން 200 އެއްހާ ޓޫރިސްޓުންނާ އެކު އައި ފުރަތަމަ މަތިންދާބޯޓުގެ ފަސިންޖަރުންނަށް މަރުހަބާ ދެންނެވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އާއި އެ ކުންފުނީގެ ވެރިން އަދި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ވެރިންނެވެ.

މޯލްޑިވިއަން އިން ރާއްޖެ އާއި ޗައިނާއާ ދެމެދު ދަތުރުތައް ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ. މިހާރު ޗައިނާގެ ހަތް މަންޒިލަކަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ކުރެ އެވެ.