19 މާޗް 2017
މެގަ މޯލްޑިވްސް އިން އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލަން ނިންމައިފި އެވެ.
މެގަ މޯލްޑިވްސް އިން އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލަން ނިންމައިފި އެވެ.
ރާއްޖޭގައި ހިންގާ ހަމައެކަނި އިންޓަނޭޝަނަލް އެއާލައިންގެ އިސް އޮފިޝަލަކު ވިދާޅުވީ ދިއްލީއަށް ކުރާ ދަތުރުތައް މިއަދުން ފެށިގެން ހުއްޓާލުމަށް ނިންމީ އެ ދަތުރުތަކަށް ގެނައި ބޯޓު ފޮނުވާލަން ޖެހުމާއި ބޭނުންވާ މިންވަރަށް ފަސިންޖަރުން ނުލިބޭތީ ކަމަށެވެ.
"އަޅުގަނޑު ބޭނުންވީ ހައި ސީޒަނާ ދިމާކޮށް ދަތުރުތައް ކުރަން. އެގޮތުން އަޅުގަނޑުމެން މިދަތުރުތަކަށް ބޯޓެއް ގެނައި މާޗް މަހާ ހަމަޔަށް. އެ މުއްދަތު ހަމަވީމަ ބޯޓު ވެސް ފޮނުވާލަން ޖެހޭތީ އާއި ބޭނުންވާ ވަރަށް ފަސިންޖަރުން ވެސް ނުލިބޭތީ ދަތުރުތައް ހުއްޓާލަން ނިންމީ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ދިއްލީއަށް ކުރާ ދަތުރުތައް ހުއްޓާލިއިރު ފަސިންޖަރުންގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކްތައް ލިބިފައިވާ ކަމަށެވެ. އެހެންވެ މި އަހަރު ފަހުކޮޅު އަލުން ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިއްލީ އަށް ކުރާ ދަތުރުތައް މިއަދުން ފެށިގެން ހުއްޓާލިއިރު ވަރަށް ޕޮޒިޓިވްކޮށް އޮތީ. އެއީ ނޯތު އިންޑިއާއިން ރާއްޖެ އަށް ސީދާ ފްލައިޓެއް ނެތުމުން ވަރަށް ގިނަ ބަޔަކަށް ނާދެވޭކަން ފާހަގަކުރެވުނު. މި އަހަރު ފަހުކޮޅު އަލުން ފެށޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރަމުން ދަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.
މެގަ މޯލްޑިވްސް އިން ދިއްލީއަށް ކުރާ ދަތުރުތައް ހުއްޓާލިއިރު ހަފުތާއަކު ތިން ދަތުރުކުރި އެވެ. އަދި މިވަގުތު ދަތުރުކުރުމަށް ޓިކެޓް ގަނެފައިވާ ފަރާތްތަކަށް ޓިކެޓްގެ ފައިސާ އަނބުރާ ހަވާލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މެގަ މޯލްޑިވްސްއިން ދިއްލީއަށް މިދިޔަ ނޮވެމްބަރު ފެށި ދަތުރުތައް ހުއްޓާލިއިރު، ދަތުރުތައް ކުރަނީ ޗައިނާގެ ބެއިޖިންއަށާއި ޝަންހާއި އަދި ހޮންކޮންގް އަށެވެ. އެ ދަތުރުތައްކުރުމަށް މި ވަގުތު ބޭނުންކުރަމުންދަނީ ދެ މަތިންދާބޯޓެވެ.
ޗައިނާގެ ބަޔަކާގުޅިގެން ބައިނަލްއަގްވާމީ އާ އެއާލައިނެއް
މެގަ އިން އިންޑިއާ އަށް ދަތުރުތައް ފަށައިފި
މެގަ އިން މުމްބާއީ އަށް ވެސް ސީދާ ދަތުރުތައް ފަށަނީ
މެގައިގެ ދިއްލީ ދަތުރުތައް ނޮވެމްބަރު 14 ގައި ފަށަނީ
މެގަ މޯލްޑިވްސް އޯގަސްޓްމަހު އަލުން އުދުހެން ފަށަނީ
މެގަ މޯލްޑިވްސްގެ ހިއްސާ ނުވިއްކާ ކަމަށް ބުނެފި
ޗައިނާގެ ގައުމީ އެއާލައިނުން ރާއްޖެ އަށް ދަތުރު ފަށަނީ
މެގަ ލަންކާ އަށް: ހެޔޮ އަގެއް، ދިވެހި އެއާލައިނެއް
މެގަ އިން ބަންގްލަދޭޝް އަށް ދަތުރުތައް ފަށަނީ
މެގައިން ކަނޑާލި މީހުންގެ %80 އަލުން ވަޒީފާ އަށް