11 ނޮވެމްބަރ 2016
ވައިގެ މަގުން ދަތުރު ކުރާއިރު ވީހާ ވެސް ހިތްހަމަޖެހިލައިގެން ދަތުރުކޮށްލަން އެންމެން ވެސް ބޭނުންވެ އެވެ. ދަތުރަށް ފަށާ ހިސާބުން ދާން ބޭނުންވާ މަންޒިލާ ހިސާބަށް ދެވެންވެން އަރާމުގައި އިނދެލައިގެން، ނިޔާމަ ދަތުރެއް ނިންމާލުމަކީ ލިބޭނެ އެންމެ ބޮޑު އުފަލެވެ. އެހެންވެ، އެތައް ހާސް މޭލެއްގެ މަތިން ދަތުރުކުރަމުން ދާއިރު ފެންވަރު ރަނގަޅު ހިދުމަތްތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރެވެ އެވެ. އެ ހިދުމަތް ދޭން ތިބޭ މީހުން ހިނިތުންވުމާ އެކު ވާހަކަދައްކައި ކަމޭ ހިތުމަކީ އޭގެ ވަރަށް މުހިއްމު ބައެކެވެ.
ވައިގެ މަގުން ދަތުރު ކުރާއިރު ވީހާ ވެސް ހިތްހަމަޖެހިލައިގެން ދަތުރުކޮށްލަން އެންމެން ވެސް ބޭނުންވެ އެވެ. ދަތުރަށް ފަށާ ހިސާބުން ދާން ބޭނުންވާ މަންޒިލާ ހިސާބަށް ދެވެންވެން އަރާމުގައި އިނދެލައިގެން، ނިޔާމަ ދަތުރެއް ނިންމާލުމަކީ ލިބޭނެ އެންމެ ބޮޑު އުފަލެވެ. އެހެންވެ، އެތައް ހާސް މޭލެއްގެ މަތިން ދަތުރުކުރަމުން ދާއިރު ފެންވަރު ރަނގަޅު ހިދުމަތްތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރެވެ އެވެ. އެ ހިދުމަތް ދޭން ތިބޭ މީހުން ހިނިތުންވުމާ އެކު ވާހަކަދައްކައި ކަމޭ ހިތުމަކީ އޭގެ ވަރަށް މުހިއްމު ބައެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ އެއާލައިން ކަމަށް ވާ މެގަ މޯލްޑިވްސް އިން ދޭ ފުރުސަތަކީ އެފަދަ ހިދުމަތެއް، ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް މަންޒިލް ކަމަށްވާ ސްރީ ލަންކާ އަށް ދަތުރު ކުރާއިރު ލިބުމުގެ ނަސީބެވެ. މި މަހުގެ ތިނެއްގައި މެގަ މޯލްޑިވްސް އިން ކޮލަމްބޯ އަށް ދަތުރުކުރަން ފެށުމާ އެކު، ދިވެހި އެއާލައިނަކުން ދަތުރުކޮށްލުމުގެ ހިތްހަމަޖެހުން އެތައް ހާސް ދިވެހިންނަށް މިހާރު ލިބޭނެ އެވެ.
ކޮލަމްބޯ އަކީ ދިވެހިން އެންމެ ގިނައިން ދަތުރު ކުރާ އެއް މަންޒިލެވެ. ސަބަބުތައް ބައިވަރެވެ. ފާއިތުވެ ދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރު ދިވެހި ގިނަ އާއިލާތަކެއް ވަނީ ލަންކާ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. ގިނަ އާއިލާތަކުން ދަރިންނަށް ކިޔަވައި ދޭން ލަންކާގައި ވަޒަންވެރިވެފައި ވާއިރު، ބައެއް ފަރާތްތަކުން އެ ތަނުގައި އުޅެނީ އުޅެން ފަސޭހަ އަކަށެވެ. ކުރު ޗުއްޓީއެއް ހޭދަކޮށްލުމަށާއި ވިޔަފާރި ކުރުމަށް ވެސް ލަންކާ އަށް ދާ ދިވެހިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
އެކަމަކު، ކައިރީގައި އޮތް ލަންކާ އަށް ދަތުރު ރޭވުމުގައި ވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޓިކެޓުގެ އަގު ބޮޑުވުމެވެ. މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރު ކުރާ އެއާލައިންތަކުން ކުރިން 200 ޑޮލަރަށް ވިއްކި ދެ ކޮޅު ޓިކެޓުގެ އަގު މިހާރު ގާތްގަނޑަކަށް 230 ޑޮލަރަށް އެރުމެވެ. ރާއްޖެ އަށް ނިސްބަތްވާ އެއާލައިނެއް ނެތުމުގެ ނުތަނަވަސްކަން ވެސް ބައެއް ފަރާތްތަކުގެ އެބައޮތެވެ.
ލަންކާ އަށް ދާ ގިނަ ދިވެހިން އެންމެ ގިނައިން ހިޔާރު ކުރާ އެއާލައިންތަކަކީ އެމިރޭޓްސް އާއި ސްރީ ލަންކަން އެއާލައިންސް އެވެ. މި ދެ އެއާލައިންގެ ޓިކެޓުގެ އަގު އާއްމު ގޮތެއްގައި އުޅެނީ ދެކޮޅަށް 200 ޑޮލަރަށް ވުރެ ބޮޑު އަގެއްގަ އެވެ. އަގުހެޔޮ ފެއާއެއްގައި ދާން ބަލާއިރު ވެސް ކުޑަވަނީ ތިރީހަކަށް ޑޮލަރެވެ.
މެގަ މޯލްޑިވްސްގެ ދަތުރުތައް ލަންކާ އަށް ފެށުން ފާހަގަކުރުމަށް އެއާޕޯޓުގައި މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެ އެއާލައިންގެ ސީއީއޯ ޖޯޖް ވިއެންމެން ވާހަކަދައްކަވަނީ: މެގަ އިން ވަރަށް އަވަހަށް އިންޑިއާ އަށް ވެސް ދަތުުރުތައް ފަށާނެ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ހަފުތާ އަކު ތިން ފްލައިޓު ބާއްވާ ގޮތަށް، މެގަ މޯލްޑިވްްސް އިން މި މަހުގެ ތިނެއްގައި ލަންކާ އަށް ދަތުރުތައް ފެށީ ދެކޮޅު ޓިކެޓެއް 165 ޑޮލަރަށް ވިއްކާ ގޮތަށެވެ. އެއްކޮޅު ޓިކެޓެއްގެ އަގު އުޅެނީ 70-95 ޑޮލަރާ ދެމެދު އެވެ. ރާއްޖެ އާއި ލަންކާއާ ދެމެދު މިހާރު އުދުހޭ އެއާލައިންތަކުގެ ތެރެއިން އެންމެ ހެޔޮ އަގު މެގަ މޯލްޑިވްސް އިން ދޭއިރު، މިއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. ހާއްސަކޮށް، ދިވެހިންނަކީ ގިނައިން ކުރު މުއްދަތަކަށް ދަތުރުކުރާ ބަޔަކަށް ވާއިރު، އޭގެ ސަބަބުން ދަތުރުގެ ބަޖެޓުން އެތައް ތަނެއް ކުޑަވާނެ އެވެ.
"އަގުހެޔޮކޮށް ލަންކާ އަށް ދާނެ ގޮތެއް އެއީ ވަރަށް ގިނަ ދިވެހިން އިންތިޒާރު ކުރަމުން ދިޔަ ކަމެއް. މެގަ މޯލްޑިވްސް އިން މިކަން މި ފެށީ ރާއްޖޭގެ ބައެއް ތަންތަނަށް ވެސް ދަތުރު ނުކުރެވޭހާ ހެޔޮ އަގެއްގައި،" މެގަ މޯލްޑިވްސް އިން ލަންކާ އަށް ދިޔަ ފުރަތަމަ ފްލައިޓުން ދަތުރުކުރި މީހަކު ބުންޏެވެ.
މެގަ މޯލްޑިވްސްގެ ލަންކާ ދަތުރުތަކުގެ ޝެޑިއުލް ރާވާފައި ވަނީ ވެސް ވަރަށް ފަސޭހަވާނެ ގޮތަށެވެ. އެ ގޮތުން، މާލެ އިން ފުރުން އޮންނަނީ ކޮންމެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގެ މެންދުރުފަހު 1:10 ގަ އެވެ. އެ ފްލައިޓު އެނބުރި މާލެ އަންނަން ފުރާނީ، އެ ތިން ދުވަހު ވެސް ލަންކާ ގަޑިން ހަވީރު 3:50 ގަ އެވެ. މިއީ މާލޭން ފުރަން ވެސް އެހާމެ ފަސޭހަ އަދި ލަންކާ އިން މާލެ އަންނަ ފަރާތްތަކަށް ވެސް އެންމެ އެކަށޭނަ ގަޑި އެވެ.
އެެންމެ ފަހުން ރާއްޖޭގެ އެއާލައިނެއް ކޮލަމްބޯ އަށް ދަތުރުކުރީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ. އެއީ ގައުމީ އެއާލައިން، މޯލްޑިވިއަނުންނެވެ. މޯލްޑިވިއަނުން ކޮލަމްބޯ ދަތުރުތައް ހުއްޓާލީ މާކެޓު ނުލިބުމާ އެކު، އެ އެއާލައިނަށް މާކެޓު އޮތް އިންޑިއާގެ ދަތުރުތަކަށް ފޯކަސް ކުރުމަށެވެ. އެހެންވެ، އޭގެ ފަހުން މި ހޭދަވީ އަހަރުތަކުގައި ދިވެހިން މުޅިން ވެސް ލަންކާ އަށް ދަތުރުކުރީ ބޭރުގެ އެއާލައިންތަކުގަ އެވެ. އެއީ ވެސް ގިނަ ފަހަރަށް ޓްރާންސިޓް ފްލައިޓުތަކުގަ އެވެ.
މެގަ މޯލްޑިވްސްގެ ބޯޓުތަކެއް: އެ އެއާލައިނުން އިންޑިއާ އަށް ދަތުރު ފަށަން ނިންމައި އެ ކަމަށް ބޭނުންވާ ހުއްދަ އިންޑިއާގެ ސިވިލް އޭވިއޭޝަނުން ވަނީ ހޯދާފައި.-- ފޮޓޯ: ޓްރެވަލް މޯލްޑިވްސް
ދިވެހި އެއާލައިނެއްގައި ދަތުރުކުރުމުގެ ހިތްހަމަޖެހުން ނުލިބޭތާ އެތައް އަހަރެއް ފަހުން، އަނެއްކާ ވެސް މިދިޔަ ހަފުތާގައި އެކަން މި ވަނީ ބަދަލުވެފަ އެވެ.
އެމެރިކާ ކުންފުންޏަކާއި ދިވެހި ކުންފުންޏަކުން ގުޅިގެން 2009 ވަނަ އަހަރު ފެށި މެގަ މޯލްޑިވްސްގެ ފްލައިޓްތަކުން ގިނައިން ފެންނަނީ ދިވެހި ކެބިން ކްރޫންނެވެ. ގައުމުން ބޭރުގެ މަންޒިލްތަކަށް ދަތުރު ކުރާއިރު ދިވެހިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ އަމިއްލަވަންތަކަން އިހުސާސް ކުރެވޭ ފަދަ ހިދުމަތްތަކެއް ލިބުމެވެ. އެ ހިދުމަތްތަކުގެ ފެންވަރު ވެސް ރަނގަޅުވުމެވެ. މެގަ މޯލްޑިވްސްގެ ފްލައިޓުތަކުގައި ތިބޭ ކެބިން ކްރޫންނާއި މުޅި ޓީމުގެ ހިދުމަތް އެހާ ވެސް ފުރިހަމަ އެވެ. ހިނިތުންވުމާ އެކު ފަސިންޖަރުންނާ ވާހަކަ ދެއްކުމުގެ އިތުރަށް، ދިވެހިވަންތަ މެހެމާންދާރީއެއް އަދާކުރެ އެވެ.
ދިވެހި އެއާލައިނެއްގައި، ހެޔޮ އަގެއްގައި ލަންކާ އަށް ދަތުރުކޮށްލެވުމުގެ ހިތްހަމަޖެހުމާ އެކު، ފަސް އަހަރު ފުރެން ކައިރިވެފައިވާ މެގަ މޯލްޑިވްސް އިން ވަނީ ދިވެހިންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ވެސް ތައްޔާރުވެފަ އެވެ. ޗައިނާ އާއި ހޮންކޮންގް ފަދަ ގައުމުތަކަށް ހާއްސަވެފައި އޮތް އެ އެއާލައިނުން މިހާރު ވަނީ އާ ބޯޓެއް ގެނެސް، އިތުރު މަންޒިލްތަކަށް ދަތުރު ފަށަން ތައްޔާރުވެފަ އެވެ. އޭގެ ތެރޭގައި ދިވެހިން އާއްމުކޮށް ދަތުރުކުރަމުން އަންނަ ލަންކާ އާއި އިންޑިއާ ހިމެނޭއިރު، އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް އަންނަ ހަފުތާގައި އަދި ވިޔަފާރީގެ މަރުކަޒު މުމްބާއީ އަށް އަންނަ މަހު ދަތުރުތައް ފަށާނެ އެވެ.
މިއީ އަނެއްކާ ވެސް ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. ދިވެހި އެއާލައިނަކުން، ހެޔޮ އަގެއްގައި ދަތުރުކޮށްލެވުމުގެ ނަސީބު ލިބުމަކީ ބޮޑު ހިތްހަމަޖެހުމެކެވެ.
ފްލައިމީން ބައިނަލްއަގުވާމީ ދަތުރުތައް ފަށައިފި
ލަންކާ ދަތުރުތައް ދެން ފަށާނީ ހާލަތު ރަނގަޅުވުމުން
މޯލްޑިވިއަން އިން ކޮލަންބޯއަށް ސީދާ ދަތުރުތައް ފަށައިފި
ލަންކާގައި އުޅޭ ދިވެހިން ތިބީ ގަދަ ފޯރީގައި!
ރާއްޖޭގެ ސަފީރު ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ރާއްޖޭގެ ފްލައިޓުތައް ޖައްސާނީ ރަޓްމަލަނާ އެއާޕޯޓަށް
ގަމަށް ސްރީލަންކަން އަލުން ދަތުރުކުރާނެކަން ޔަގީނެއްނޫން
ހުރިހާ ދިވެހިން ވެސް ގެންނަން މަސައްކަތްކުރާނެ:މަބްރޫކް
ލަންކާ ފުލުހަށް ގެންދިޔަ ފަސް ދިވެއްސަކު ދޫކޮށްލައިފި
ލަންކާގައި ހަ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް