27 އެޕްރީލް 2022
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ސްރީ ލަންކާގެ ރަތުމަލާނަ އެއާޕޯޓަށް ކުރާ ދަތުރުތައް ދެން ފަށާނީ އެ ގައުމުގެ ހާލަތު ރަނގަޅުވުން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ސްރީ ލަންކާގެ ރަތުމަލާނަ އެއާޕޯޓަށް ކުރާ ދަތުރުތައް ދެން ފަށާނީ އެ ގައުމުގެ ހާލަތު ރަނގަޅުވުން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
މޯލްޑިވިއަން އިން މިދިޔަ މަހު ލަންކާ ދަތުރުތައް މެދުކަނޑާލުމަށް ފަހު ބުނީ ހާލަތަށް ބަލައި އަންނަ މަހު ދަތުރުތައް އަލުން ފަށާނެ ކަމަށެވެ. އެކަމަކު، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ލަންކާ ހާލަތު އިތުރަށް ގޯސްވަމުން ދާތީ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ މަހު އަލުން ދަތުރުތައް ނުފަށާނެ ކަމަށެވެ.
ލަންކާ އަށް ކުރާ ދަތުރުތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލަން އެ އެއާލައިނުން މިއަދު ވަނީ ނިންމައިފަ އެވެ.
ލަންކާގެ ހާލަތާއި މާކެޓަށް އަންނަ ބަދަލަށް ބެލުމަށް ފަހު، އެ އެއާޕޯޓަށް އަލުން ދަތުރުތައް ފަށާނެ ދުވަހެއް އިއުލާންކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސްރީ ލަންކާގެ ރަތުމަލަނާ އެއާޕޯޓަށް ރާއްޖޭގެ މޯލްޑިވިއަން އިން ރަސްމީކޮށް ދަތުރުފެށިތާ ހަފުތާއެއް ވެސް ނުވަނީސް، ތަރުހީބު ކުޑަކަމަށް ނިންމައި ދަތުރުތައް މެދުކަނޑާލީ މިދިޔަ މަހު 31 ގަ އެވެ.
ރަތުމަލަނާ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް އެ އެއާޕޯޓުގައި ބޮޑު ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތުގެ ސަބަބުން ލަންކާގެ ސަރުކާރަށް ހަ މިލިއަން ރުޕީސް (20,000 ޑޮލަރު) ގެއްލުމެއް ވި ކަމަށް އެ ގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައިވެ އެވެ.
ފްލައިމީން ބައިނަލްއަގުވާމީ ދަތުރުތައް ފަށައިފި
މެގަ ލަންކާ އަށް: ހެޔޮ އަގެއް، ދިވެހި އެއާލައިނެއް
މޯލްޑިވިއަނުން ލަންކާއަށް އަލުން ދަތުރުތައް ފަށައިފި
މޯލްޑިވިއަން އިން މައްތަަލައަށް ޗާޓަރު ފްލައިޓްތަކެއް
ހުރިހާ ދިވެހިން ވެސް ގެންނަން މަސައްކަތްކުރާނެ:މަބްރޫކް
މޯލްޑިވިއަން އިން އެއާބަސް އޭ 330ގެ ބޯޓެއް ހޯދަނީ
ގަމާއި ދެކުނުގެ އެއާޕޯޓްތަކާ ދެމެދު ދަތުރުތައް ފަށަނީ
ސްރީލަންކަންގައި ފަސްޓް އޮފިސަރު ކޮކްޕިޓުން ބޭރުކޮށްފި
ޓެކްނިކަލް މައްސަލައަކާ ހެދި ޑާކާ ދަތުރު ކެންސަލް!
މޯލްޑިވިއަން އިން ކޮލަންބޯއަށް ސީދާ ދަތުރުތައް ފަށައިފި