04 ޑިސެމްބަރ 2016
ރާއްޖޭގެ ދެކުނުގައި ހުރި ޑޮމެސްޓިކް އެއާޕޯޓުތަކާއި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ޝެޑިއުލް ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ދެކުނުގައި ހުރި ޑޮމެސްޓިކް އެއާޕޯޓުތަކާއި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ޝެޑިއުލް ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން މިއަދު ބުނެފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ސްރީ ލަންކަން އެއާލައިންސް އިން ގަަމަށް އިންޓަނޭޝަނަލް ފްލައިޓުތައް ފަށާފައިވާ އިރު، ދެކުނުގެ އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަ އިން ގަމަށް ދެވޭނެ އިންތިޒާމެއް އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން، ގދ. ކާޑެއްދޫ އަދި ގއ. ކޫއްޑޫ އެއާޕޯޓާއި ގަމާ ދެމެދު ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަ ކުރެއްވިއްޔާ މި މަހުގެ ފަހުކޮޅު ނޫނީ އަންނަ މަހު ކުރީކޮޅު އެ އޮޕަރޭޝަންތައް ފެށޭނެ،" ހާރިސް ވިދާޅުވި އެވެ.
ލަންކާގެ ސްރީ ލަންކަން އިން ކޮލޮމްބޯ އާއި ގަމާ ދެމެދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދަތުރުތައް ފަށައިފަ އެވެ. ސްރީ ލަންކަން އިން ގަމާއި ކޮލަމްބޯއާ ދެމެދު ހަފުތާއަކު ހަތަރު ފްލައިޓް ބާއްވާނެ އެވެ. އެއީ ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި ހޯމަ ދުވަހު އެވެ.
ހާރިސް ވިދާޅުވީ ރާއްޖޭގެ ދެކުނުގައި އިންޓަނޭޝަނަލް ފްލައިޓުތައް ފެށުމަކީ ރާއްޖެ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ޓޫރިޒަމް ކުރިއެރުވުމުގެ ފުރުސަތު ލިބި، ދިވެހިންނަށް ވެސް ފަސޭހަ އިން ރާއްޖޭން ބޭރަށް ދެވޭނެ މަގު ފަހިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިކަމުގެ ސަބަބުން ޑޮމެސްޓިކް ދަތުރުތަކަށް ވެސް އިތުރު ހިތްވަރެއް ލިބޭނެ ކަމަށެވެ.
"މާލެ އައުމުގެ ބަދަލުގައި، މި ހިސާބުގެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށް ސީދާ މި ތަނަށް އާދެވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. އޭގެ ސަބަބުން މި ސަރަހައްދުގައި ހުރި އެހެން އެއާޕޯޓުތައް ވެސް ތަރައްގީވެގެން ދާނެ،" ހާރިސް ވިދާޅުވި އެވެ.
ކާޑެއްދު އާއި ކޫއްޑު އަށް މޯލްޑިވިއަން އިން މިހާރު ޝެޑިއުލް ދަތުރުތައް ކުރަނީ ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް (އައިއެންއައިއޭ) އިންނެވެ.
ސ. ގަމުން ކޫއްޑު އަށް ދަތުރުތައް ފަށަނީ
ފްލައިދުބާއީއާއެކު، ގަން-ކޫއްޑޫ ދަތުރުތައް އިތުރުކުރަނީ
ފްލައިޓެއް ޖައްސަނިކޮށް ލޭޒާ އެޅުވި މައްސަލައެއް ބަލަނީ
ފްލައިޓްގެ ދަތުރުވެރިން: ކެތްތެރިކަމާއި ބިރުވެރިކަމުގަ
އިމަޖެންސީގައި ޖެއްސި ފްލައިޓުގެ ކްރޫއަށް ތައުރީފު
ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި
ތިމަރަފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުކުރަން ފަށަނީ
އުންމީދަކީ އަގުހެޔޮ ޓިކެޓް އެންމެނަށްލިބުން: އައިއޭއެސް
ޓިކެޓް ގަތުމުން، އަގު ހެޔޮކަން ގަބޫލުކުރެވޭނެ: ރިޒްވީ
އާ އެއާޕޯޓުތަކާ އެކު ބޭނުން ވަނީ އެނދު