28 ނޮވެމްބަރ 2022
އަންނަ ފެބްރުއަރީ މަހު ސ. ގަމަށް ފްލައިދުބާއީގެ ސީދާ ދަތުރުތައް ފެށުމުން ގަމުން ގއ. ކޫއްޑު އަށް ދަތުރުތައް ކުރަން ގައުމީ އެއާލައިން މޯލްޑިވިއަން އިން ނިންމައިފި އެވެ.
އަންނަ ފެބްރުއަރީ މަހު ސ. ގަމަށް ފްލައިދުބާއީގެ ސީދާ ދަތުރުތައް ފެށުމުން ގަމުން ގއ. ކޫއްޑު އަށް ދަތުރުތައް ކުރަން ގައުމީ އެއާލައިން މޯލްޑިވިއަން އިން ނިންމައިފި އެވެ.
އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މިއަދު ވިދާޅުވީ، ގަމަށް ފްލައިދުބާއީ އިން ދާ ޓޫރިސްޓުން އެންމެ ގިނަ ވެގެން ދެ ގަޑިއިރުގެ ތެރޭގައި ކޫއްޑު އަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. ގަމުން ކޫއްޑު އަށް ދާން ސާޅީހަކަށް މިނެޓް ނަގާނެ އެވެ.
މިހާދު ވިދާޅުވިގޮތުގައި، ކޫއްޑޫ ސަރަހައްދުގައި ހުރި ރިސޯޓުތަކާ އެކު އެ ކަމާ ގުޅޭ ގޮތުން އައިލެންޑް އޭވިއޭޝަނުން އަންނަނީ ވާހަކަ ދައްކަމުންނެވެ.
"ފްލައިޓް ޖައްސާ ގަޑިއަށް ޑޮމެސްޓިކް ކަނެކްޓިނިވީ ބާއްވަން އަޅުގަނޑުމެން މި ނިންމީ. ރިސޯޓުތަކާ އެކަމާ ގުޅޭ ގޮތުން ކޮމިއުނިކޭޓު ކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.
ފްލައިދުބާއީގެ ސީދާ ދަތުރުތައް އަންނަ އަހަރުގެ ފެބްރުއަރީ 4 ގައި ގަމަށް ފަށާނެ އެވެ. އެ ދަތުރުތަކުގެ އެންމެ ދަށް އަގަކީ 550 ޑޮލަރު (8،481ރ.) އެވެ. އައްޑު އަށް ހަފުތާގެ ކޮންމެ ދުވަހަކު ފްލައިދުބާއީން ދަތުރުތައް ކުރާނެ އެވެ.
ފްލައިދުބާއީއާއެކު، ގަން-ކޫއްޑޫ ދަތުރުތައް އިތުރުކުރަނީ
ގަމާއި ދެކުނުގެ އެއާޕޯޓްތަކާ ދެމެދު ދަތުރުތައް ފަށަނީ
އައްޑު އާއި ކޫއްޑުއާ ދެމެދު ސީދާ ދަތުރުތައް ފަށަނީީ
ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ އެއާބަސް ގަމަށް
ފްލައިދުބާއީން ސީދާ ދަތުރުތައް އައްޑު އަށް ފަށަނީ
ސްރީ ލަންކަންގެ ދަތުރުތައް ގަމަށް ފެށުން ޑިސެމްބަރަށް
ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި
ފްލައިޓެއް ޖައްސަނިކޮށް ލޭޒާ އެޅުވި މައްސަލައެއް ބަލަނީ
އައްޑޫން ކުޅުދުއްފުއްޓަށް ސީދާ ދަތުރުތައް ފަށަނީ
ސްރީލަންކަންގެ އައްޑޫ ދަތުރުތައް ނުހުއްޓޭނެ: އަސްލަމް