04 އެޕްރީލް 2024
ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް އައްޑު އާއި ކޫއްޑުއާ ދެމެދު ފަށަން ނިންމައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް އައްޑު އާއި ކޫއްޑުއާ ދެމެދު ފަށަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓާ ދެމެދު ދަތުރުތައް ފަށާނީ މި އަހަރުގެ އޮކްޓޯބަރު 29 ގައި ކަމަށެވެ.
އޭގެ ފަހުން ކޮންމެ ހަފުތާއެއްގެ ވެސް ހޮނިހިރު އަދި އަންގާރަ ދުވަހު ގަމުން ކޫއްޑު އަށް އަދި ކޫއްޑޫ އިން ގަމަށް ދަތުރުތައް ބާއްވާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
- އައްޑޫ އިން ކޫއްޑު އަށް: ކޮންމެ އަންގާރަ ދުވަހުގެ މެންދުރު 11:55 ގައި
- ކޫއްޑޫ އިން އައްޑު އަށް: ކޮންމެ ހޮނިހިރު ދުވަހުގެ ހަވީރު 5:30 ގައި
އެ އެއާލައިނުން ބުނީ، މިއީ ދެކުނުގެ ރަށްތައް ޓޫރިޒަމަށް ހުޅުވައިލުމަށް މި ސަރުކާރުން އިސްނަގައިގެން ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި ޓޫރިޒަމް މިނިސްޓްރީން ގުޅިގެން ކުރަން ފަށާ ދަތުރުތަކެއް ކަމަށެވެ.
ދެކުނުގައި އަލަށް ފަށާ މި ދަތުރުތަކުގެ ސަބަބުން ދިވެހިންގެ އިތުރުން ޓޫރިސްޓުން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުފަތުރު ކުރުމުގައި ފަސޭހަ ވާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
ބުކިން ހެދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު، މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން އަދި ޓިކެޓިން އޮފީސްތަކުން މިހާރު ބުކިން ހެއްދޭނެ ކަމަށް ގައުމީ އެއާލައިނުން ބުންޏެވެ.
ސ. ގަމުން ކޫއްޑު އަށް ދަތުރުތައް ފަށަނީ
ފްލައިދުބާއީއާއެކު، ގަން-ކޫއްޑޫ ދަތުރުތައް އިތުރުކުރަނީ
ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ އެއާބަސް ގަމަށް
މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ހުޅުވައިފި
އައްޑުއަށް ޑިމާންޑް ބޮޑުވެ، އިތުރު ދެ ފްލައިޓް އަޅަނީ
ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި
ފްލައިޓެއް ޖައްސަނިކޮށް ލޭޒާ އެޅުވި މައްސަލައެއް ބަލަނީ
ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު މޯލްޑިވިއަނުން ހޯދަނީ
އައްޑޫން ކުޅުދުއްފުއްޓަށް ސީދާ ދަތުރުތައް ފަށަނީ
އައްޑުއަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ