06 އެޕްރީލް 2020
ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާ ހެދި ދަތުރުފަތުރު މަދުވުމުން އައްޑު އާއި ފުވައްމުލަކަށް މޯލްޑިވިއަންގެ ދަތުރުތައް މަދުކޮށްފައި ވިޔަސް މިހާރު ޑިމާންޑު ބޮޑުވެފައިވާތީ ދަތުރުތައް އިތުރުކުރާނެ ކަމަށް އެ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާ ހެދި ދަތުރުފަތުރު މަދުވުމުން އައްޑު އާއި ފުވައްމުލަކަށް މޯލްޑިވިއަންގެ ދަތުރުތައް މަދުކޮށްފައި ވިޔަސް މިހާރު ޑިމާންޑު ބޮޑުވެފައިވާތީ ދަތުރުތައް އިތުރުކުރާނެ ކަމަށް އެ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް ކަރަންޓީނަށް ގެންދިޔަ ބައެއް މީހުން ދޫކޮށްލާފައި ވާތީ ރަށްރަށަށް ދާން ބޭނުންވެފައި ތިބި ގިނަ ބަޔަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ދަތުރުތައް ކުރުމަށް ގިނަ ރިކުއެސްޓްތަކެއް މިހާރު ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ރިކުއެސްޓްތައް އަންނަމުންދާ ވަރަކުން އަޅުގަނޑުމެންގެ ޓީމުން ރީކޮންސިޑާ ކުރާނެ. މިހާރު އައްޑު އާއި ފުވައްމުލަކަށް ކުރާ ޝެޑިއުލް ދަތުރުތައް އިތުރުކުރާނެ. އެހެންވީމަ ޝެޑިއުލް ތަންދޭ މިންވަރަކުން ހުރިހާ ސަރަހައްދުތަކަށް ވެސް ދަތުރުތައް ކުރާނެ،" އޭނާ ވިދާޅުވި އެވެ.
މި ދުވަސްވަރު މޯލްޑިވިއަނުން ވަނީ އެތެރޭގެ އުދުހުންތައް ވަރަށް ބޮޑަށް މަދުކޮށްފަ އެވެ. އެގޮތުން އައްޑޫ އާއި ފުވައްމުލަކަށް މިހާރު ކުރަނީ މޯލްޑިވިއަންގެ ކުޑަ ފްލައިޓްތަކުގައި ދުވާލަކަށް އެއް ދަތުރެވެ. އެއީ 50 މީހުންގެ ޖާގައިގެ ބޯޓެކެވެ. ކޮވިޑް-19 ރާއްޖޭން ފެނުމުގެ ކުރިން އެވްރެޖުކޮށް އައްޑޫއަށް ފަހެއް ނުވަތަ ހަ ދަތުރު ދުވާލަކު ކުރެ އެވެ. އަދި ފުވައްމުލަކަށް ދެ ދަތުރު ކުރެ އެވެ.
އައްޑޫ އަށް މީގެ ކުރިން މޯލްޑިވިއަންގެ 200 ޖާގައިގެ ބޯޓާއި 156 މީހުންގެ ޖާގައިގެ ބޯޓު ވެސް ދަތުރުކުރެ އެވެ.
ކޮވިޑް-19 ފެތުރޭ ގައުމުތަކުގައި ބަންދުވެ ރާއްޖެއަށް ނާދެވިފައި ތިބި މީހުން ގެންނަން މޯލްޑިވިއަނުން މިހާރު ވަނީ ސްރީ ލަންކާ، އިންޑިއާ އަދި މެލޭޝިއާ އަށް ވެސް ދަތުރުތައް ޝެޑިއުލްކޮށްފަ އެވެ. މީގެ އިތުރުން އެހެން ގައުމުތަކުން ވެސް މީހުން ގެނައުމަށްޓަކައި ދަތުރުތައް ވަރަށް އަވަހަށް ޝެޑިއުލް ކުރާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އިމަޖެންސީގައި ޖެއްސި ފްލައިޓުގެ ކްރޫއަށް ތައުރީފު
ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ އެއާބަސް ގަމަށް
އައްޑުއަށް ޑިމާންޑް ބޮޑުވެ، އިތުރު ދެ ފްލައިޓް އަޅަނީ
އައްޑޫން ކުޅުދުއްފުއްޓަށް ސީދާ ދަތުރުތައް ފަށަނީ
ގަމުން ޓްރިވެންޑްރަމަށް، އަގަކީ 99 ޑޮލަރު
އައްޑު އާއި ކޫއްޑުއާ ދެމެދު ސީދާ ދަތުރުތައް ފަށަނީީ
ފްލައިދުބާއީއާއެކު، ގަން-ކޫއްޑޫ ދަތުރުތައް އިތުރުކުރަނީ
ސ. ގަމުން ކޫއްޑު އަށް ދަތުރުތައް ފަށަނީ
މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ހުޅުވައިފި
ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި