Roadha Mihaaru
ސްރީލަންކަންގެ އައްޑޫ ދަތުރުތައް ނުހުއްޓޭނެ: އަސްލަމް

ސްރީ ލަންކަން އިން އަައްޑު އަަށް ކުރާ ދަތުރުތައް ނުހުއްޓޭނެ: އަސްލަމް

28 ޖޫން 2020

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިންސުން ކުރަމުން އައި ޝެޑިއުލް ދަތުރުތައް އެއްކޮށް ހުއްޓިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް، އެ ދަތުރުތައް އަލުން ފަށާނެ ކަމަށް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިންސުން ކުރަމުން އައި ޝެޑިއުލް ދަތުރުތައް އެއްކޮށް ހުއްޓިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް، އެ ދަތުރުތައް އަލުން ފަށާނެ ކަމަށް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މީގެ ތިން އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ ދަތުރުތައް ކޮވިޑް-19އާ ގުޅިގެން މެދުކަނޑާލާފައި ވާއިރު، އަލުން ފެށިދާނެ ކަމުގެ ޔަގީންކަން ކުޑަ އެވެ. އެ ދަތުރުތައް ފެށެން ނެތީ ހަމައެކަނި އައްޑު އަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ނަމަ އެއާލައިނަށް ގެއްލުން ވާތީ ކަމަށް، އެއާލައިންގެ ރާއްޖޭގެ އޮޕަރޭޓަރު ބުނެފައިވެ އެވެ.

އަލުން އެ ދަތުރުތައް ފަށަން ބޭނުން ނަމަ އައްޑު އާއި 13 ރިސޯޓު އޮންނަ ހުވަދު އަތޮޅާ ދެމެދު ޑޮމެސްޓިކް ދަތުރުތަކުން ގުޅުވައި ދިނުމަށް ސްރީލަންކަންއިން އެދެ އެވެ.

Adduge dhathuruthah Sri lankan in huttaalanee gellun vaathee: Firaq

Adduge dhathuruthah Sri lankan in huttaalanee gellun vaathee: Firaq

The most trusted news source in the Maldives

Mihaaru

އެ ދަތުރުތައް ހުއްޓާލަން ޖެހެނީ ގެއްލުންވާތީ ކަމަށް އެޖެންޓް ބުނުން

އެ ދަތުރުތައް ހުއްޓި އައްޑޫގެ އިގްތިސާދަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެތީ އެ ސިޓީގެ މަޖިލިސް މެމްބަރުން ވެސް ވަނީ މަސައްކަތް ފަށައިފަ އެވެ. އެކަމުގައި އިސްކޮށް އުޅުއްވާ އަސްލަމް "މިހާރު" އަށް ވިދާޅުވީ ދަތުރުތައް ނުހުއްޓޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ. އެ ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދެވެން އޮތީ ހުވަދު އަތޮޅާއި އައްޑޫއާ ދެމެދު ދަތުރުތައް ފެށިގެން ކަމަށް ވާއިރު އެކަމަށް ވާން ޖެހޭ ތައްޔާރީތައް މޯލްޑިވިއަނުން ވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އައިލެންޑް އޭވިއޭޝަނުން ޔަގީންކަން އެބަދޭ އެކަންކަން ހަމަޖެހޭނެ ކަމަށް. މޯލްޑިވިއަން އިން ސްރީލަންކަންއާ ވެސް އެބަ ވާހަކަ ދައްކާ. ސްރީލަންކަން ޖައްސާ ގަޑިއަށް ހުވަދުއަށް ފުރާ ފްލައިޓްތައް ބޭއްވުމަށް ވާހަކަ ދެކެވެމުން އަންނަނީ. މޯލްޑިވިއަންގެ ސީޕްލޭނެއް ވެސް އެކޮޅުގައި ބާއްވަން މަސައްކަތް އެބަ ކުރޭ،" އަސްލަމް ވިދާޅުވި އެވެ.

އެކަމަކު މޯލްޑިވިއަން އިން އެގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަކަށް، އެ އެއާލައިނުން އަދި މީޑިއާއަކަށް މައުލޫމާތެއް ނުދެ އެވެ.

ސްރީ ލަންކަންގެ ދަތުރުތަކަކީ އައްޑު އަށް ފައިދާއެއް

ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރު ވެސް ހުއްޓުމަކަށް އައުމުގެ ކުރިން ސްރީލަންކަންއިން އާންމުކޮށް ހަފްތާއަކު ތިން ފްލައިޓް ގަމަށް ބޭއްވި އެވެ. އަދި ބައެއް ފަހަރަށް ހަފުތާއަކު ފަސް ފްލައިޓް ވެސް ބާއްވަ އެވެ. ވިޔަފާރި އާއި ބޭސް ފަރުވާއަށް އައްޑު އާއި ފުވައްމުލަކުން ސީދާ ރާއްޖެއިން ބޭރަށް ދަތުރުކުރަން ބޭނުން މީހުންނަށް، އެ ފްލައިޓްތައް ވަރަށް މުހިންމެވެ. އެހެން ނޫން ނަމަ ފުރަތަމަ އަންނަން ޖެހޭނީ މާލެ އަށެވެ. މަތިން މާލެ އައުމަށާއި މާލޭގައި ތިބެން ކުރަން ޖެހޭ ހޭދަ، އެ ދަތުރުތަކުގެ ސަބަބުން، ސަލާމަތްކުރެވެ އެވެ. އެހެންކަމުން މީގެ ތިން އަހަރު ކުރިން ސްރީލަންކަންއިން އައްޑު އާއި ކޮލޮމްބޯއާ ދެމެދު ސީދާ ދަތުރުތައް ފެށުމުން އެ ސަރަހައްދުގެ ރައްޔިތުންނަށް ހަރަދު ކުޑަވެފައި ފަސޭހަވި އެވެ.

އައްޑޫގައި ދެ ރިސޯޓް ހިންގާއިރު އޭގެ ތެރެއިން އެއް ރިސޯޓް މިހާރު ވަނީ ބަންދުކުރަން ނިންމައިފަ އެވެ. އެހެންކަމުން ހަމައެކަނި އައްޑު އަތޮޅަށް އަމާޒުކޮށްގެން ސްރީލަންކަންގެ ސީދާ ދަތުރުތައް ބޭއްވޭކަށް ނެތެވެ. އެ ދަތުރުތަކަށް 180 މީހުންގެ ޖާގައިގެ ބޯޓެއް ބޭނުންކުރާއިރު ގިނަ ފަހަރަށް ވަރަށް މަދު ބަޔަކާ އެކު ދަތުރުކުރެ އެވެ. އެހެންކަމުން ވޭތުވެދިޔަ ތިން އަހަރު އެއާލައިނަށް އެ ސެކްޓަރުން ގެއްލުވެފައިވާ ކަމަށް، ބުނެފައިވެ އެވެ.

ސްރީލަންކަންގެ ފްލައިޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި: އެ ދަތުރުތައް އަލުން ފެށޭނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށް މެމްބަރު އަސްލަމް ވިދާޅުވޭ-- ފޮޓޯ: މިހާރު

ސްރީލަންކަންގެ ފްލައިޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި: އެ ދަތުރުތައް އަލުން ފެށޭނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށް މެމްބަރު އަސްލަމް ވިދާޅުވޭ-- ފޮޓޯ: މިހާރު

އައްޑޫގެ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު ބުޝްރީ ވިދާޅުވި ގޮތުގައި ސްރީލަންކަންގެ ސަބަބުން މުދަލާއި ޓޫރިސްޓުން އައްޑުއަށް ގެންނަން ހަރަދު ކުޑަވެފައި ފަސޭހަ އެވެ. ހާއްސަކޮށް ތަރުކާރީ ފަދަ ތަކެތި ތާޒާކަމާ އެކު ގެންނަން ފަސޭހަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްރީލަންކަން ފެށި ފަހުން މާލެއަކަށް ނުދަން. އޭގެން މުޅިން މުދާ ބަލައި މިދަނީ. ގަމުން ސީދާ ކޮލޮމްބޯއަށް. ދެން ކޮލޮމްބޯއަށް ދެވުނީމަ ދުނިޔޭގެ ހުރިހާ ތަނަކަށް ވެސް ދެވޭނެ. އެ ހެޔޮ ލަންޑަނަށް ވިޔަސް ،ބެންކޮކަށް ވިޔަސް،" އަންނައުނުގެ ވިޔަފާރި ކުރަމުން އަންނަ ބުޝްރީ ވިދާޅުވި އެވެ.

އައްޑޫގައި "ޑީޑީ ޗޮއިސް" ފިހާރަ ހިންގަވާ އަހުމަދު ދީދީ ވިދާޅުވި ގޮތުގައި މީގެ ކުރިން އައްޑުއަށް މުދާ ގެންނަން ޖެހެނީ މާލެ ގެނެސް އަނެއްކާ ކަނޑު ބޯޓެއް ނުވަތަ ފްލައިޓެއްގަ އެވެ. އޭގެ ސަބަބުން މުދާ ލިބުން ލަސްވެ މުދަލުގެ އަގު ވެސް ބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަން އެެއާޕޯޓްގެ ޓާމިނަލް: ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް އައްޑު އަށް ހުއްޓާލުމަކީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ.

ގަން އެެއާޕޯޓްގެ ޓާމިނަލް: ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް އައްޑު އަށް ހުއްޓާލުމަކީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ.

އެކަމަކު ސްރީލަންކަންގެ ދަތުރުތަކުގައި "ގަޑިއެއް، ދޮޅު ގަޑިއިރު ޓްރާންސްޝިޓް ވެފައި ބެންކޮކަށް ދެވޭ. މާލެ ދަންޏާ ހަރަދު ވަރަށް ބޮޑު. ވަގުތު އެހާ ދޭ. އެހެންވީމާ މުދަލުގެ އަގު ވެސް ބޮޑުވާނެ. ދަތުރު ހަރަދު ވެސް ހިމެނޭނެތާ މުދަލުގެ ތެރޭގައި،" ދީދީ ވިދާޅުވި އެވެ.

"މާލެއަށް މުދާ ގެނެސް ކްލިއާކޮށްގެން އަނެއްކާ ބޯޓަކަށް ލައިގެން މިގެންދަން ޖެހެނީ. [ކަނޑު] ބޯޓުން ގެއްލެން ވެސް ގެއްލޭ. ޒިންމާއެއް ނުވޭ. ފްލައިޓް ވީމާ ނުއެއް ގެއްލޭނެ."

ސްރީލަންކަންއިން މުދާ އުފުލަން ނަގާ ނާލު ވެސް މާ ބޮޑުތަން ގުހެޔޮ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބެންކޮކުން އެއާ ޕްރައިޓުން ގެނައުމަށް ވުރެ ކަނޑު ބޯޓުން މާލެއިން ގެނައުން އަގު ބޮޑު. މިސާލަކަށް 33 އިންޗީގެ ޓީވީއަކަށް އެބަ ނަގާ 350ރ. ފްލައިޓުން ވެއްޖެއްޔާ ކިލޯއެއް ބެންކޮކުން ގެނެވޭ 2.5 ޑޮލަރަށް. އެހެންވީމަ މާ ބޮޑުތަން ވެސް އަގު ހެޔޮ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އަލުން މި ފަސޭހަ އައްޑު އާއި ފުވައްމުލަކުގެ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ލިބޭނީ، ސްރީލަންކަން އިން އެދޭ ގޮތަށް، ހުވަދު އަތޮޅާއި ގަމާ ދެމެދު އެތެރޭގެ އުދުހުންތަކުން ގުޅާލައިގެންނެވެ. އެމަކަށް ކުރިންސުރެ މަސައްކަތްކުރަމުން އަޔަސް އަދި ހަމަޖެހޭ ގޮތެއް ނުވެ އެވެ.