Roadha Mihaaru
ސްރީ ލަންކަންގެ ދަތުރުތައް ގަމަށް އަލުން ފަށައިފި

ސްރީ ލަންކަންގެ ދަތުރުތައް ގަމަށް އަލުން ފަށައިފި

04 ޑިސެމްބަރ 2021

ސްރީ ލަންކަން އެއާލައިންސުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް މިއަދު އަލުން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްރީ ލަންކަން އެއާލައިންސުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް މިއަދު އަލުން ފަށައިފި އެވެ.

ދަތުރުތައް އަލުން ފަށާފައި މިވަނީ ކޮވިޑް-19އާ ހެދި މިދިޔަ އަހަރުގެ ކުރީކޮޅު ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު އެވެ. ކޮލޮމްބޯ އާއި ގަމާ ދޭތެރޭ އަލުން ދަތުރު ފެށި އިރު، ފުރަތަމަ ދަރުތު އޮތީ މިއަދު މެންދުރު ފަހު އެވެ. އެ ބޯޓުން އައްޑު އަށް 35 ޓޫރިސްޓަކު އަ އެވެ.

ގަމަށް ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ބާއްވަނީ ރާއްޖޭގެ މަޝްހޫރު ޓްރެވެލް އެޖެންސީއެއް ކަމަށްވާ އޭސް ޓްރެވެލްސްގެ ދަށުންނެވެ. އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ދަތުރުތައް އަލުން ފެށި އިރު މިހާރު ހަމަޖައްސާފައި އޮތީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ދަތުރެއް ބާއްވާ ގޮތަށެވެ. ނަމަވެސް ދަތުރުތަކަށް ލިބޭ ތަރުހީބަށް ބަލާފައި ފްލައިޓްތައް އިތުރުކުރާނެ އެވެ.

ސްރީ ލަންކަން އެއާލައިންސް ދަތުރުތައް ރާއްޖޭގެ އެންމެ ދެކުނަށް ފަށާފައި މިވަނީ ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ބަންދުކޮށްފައި އޮތް ދެ ރިސޯޓްގެ ތެރެއިން ކެނަރީފް ރިސޯޓް (ހެރަތެރަ) ވެސް މި މަހު އަލުން ހުޅުވަން ހަމަޖައްސާފައި ވަނިކޮށެވެ.

އެތަން ހުޅުވަން ހަމަޖެހިފައި ވަނީ މި މަހުގެ ފަހުކޮޅު އެވެ. މި ވަގުތު އައްޑޫގައި އޮޕަރޭޝަނުގައި އޮތް ހަމައެކަނި ރިސޯޓަކީ ސައުތު ޕާމެވެ. އެކަމަކު އައްޑޫގެ ގަމުގެ އީކްއޭޓަ ވިލެޖާއި އައްޑޫގެ އިތުރުން އެކި އަވަށްތަކުގައި ގެސްޓް ހައުސްތައް ހިންގަމުން ދެ އެވެ.

ކޮލަމްބޯ އާއި ގަމާ ދެމެދު އެންމެ ފުރަތަމަ ޝެޑިއުލް ދަތުރުތައް ފެށީ 2016 ގަ އެވެ. އޭރު ހަފުތާއަކު ހަތަރު ދަތުރު ބާއްވަމުން އަ އެވެ.