16 މެއި 2022
ސްރީ ލަންކާގެ ކޮލަމްބޯއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިނުން ކުރާ ދަތުރުތައް ހަފްތާއަކު ތިން ފްލައިޓަށް އިތުރުކުރަން ނިންމައިފި އެވެ.
ސްރީ ލަންކާގެ ކޮލަމްބޯއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިނުން ކުރާ ދަތުރުތައް ހަފްތާއަކު ތިން ފްލައިޓަށް އިތުރުކުރަން ނިންމައިފި އެވެ.
ސްރީލަންކަން އެއާލައިންސްގެ ރާއްޖެ އޭޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، މި މަސް ތެރޭ ލަންކާ އާއި އައްޑުއާ ދެމެދު ކުރާ ދަތުރުތައް ހަފްތާއަކު ތިން ދުވަހަށް އިތުރު ކުރާނެ ކަމަށެވެ.
މިވަގުތު އައްޑޫއިން ލަންކާއަށް ދަތުރުކުރަނީ ހަފްތާއަކު ދެ ދުވަހު އެވެ. އެއީ ހޮނިހިރު އަދި އަންގާރަ ދުވަހު އެވެ. މި މަސް ތެރޭ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ވެސް ލަންކާ އާއި އައްޑުއާ ދެމެދު ދަތުރު ކުރާނެ އެވެ.
ކޮވިޑް-19އާ ހެދި ލަންކާ/އައްޑޫގެ ދަތުރުތައް މެދުކަނޑާލީ ފެބްރުއަރީ 2020 ގަ އެވެ. އެ އެއާލައިނުން އަލުން ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ސްރީލަންކަން އިން އައްޑު އަށް އެންމެ ފުރަތަމަ ދަތުރުތައް ފެށީ 2016 ވަނަ އަހަރު އެވެ.
ފިރާގު ވިދާޅުވީ، އައްޑު އާއި ލަންކާއާ ދެމެދު ކުރާ ދަތުރުތަކަށް އެވްރެޖްކޮށް 80 ޕަސެންޓް ފުލްކޮށް އަންނަ ކަމަށެވެ. ދަތުރުތައް އިތުރުކުރަނީ އައްޑުއަށް ދަތުރުކުރާ ޓޫރިސްޓުން އިތުރުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑު އާއި ލަންކާއާ ދެމެދު ދަތުރުތައް ފެށުނު ފަހުން ޓޫރިސްޓުންގެ އެންމެ ބޮޑު ގްރޫޕް އައްޑުއަށް ގޮސްފައިވަނީ މިދިޔަ ހަފްތާގަ އެވެ.
އައްޑޫގައި 18 ގެސްޓްހައުސްއެއް ހުޅުވާފައިވެ އެވެ. އެއީ ގާތްގަނޑަކަށް 200 އެނދެވެ. މީގެ އިތުރުން ސައުތު ޕާމް ރިސޯޓަށް ވެސް ޓޫރިސްޓުން އުފުލަނީ ސްރީލަންކަން އެއާލައިން މެދުވެރިކޮށެވެ.
ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ފަށައިފި
ސްރީ ލަންކަންގެ ދަތުރުތައް ގަމަށް އަލުން ފަށައިފި
ސްރީލަންކަންގެ އައްޑޫ ދަތުރުތައް ނުހުއްޓޭނެ: އަސްލަމް
ގަމުގައި ހަދާ ހޮޓަލްގެ ކޮންސެޕްޓް ޕްލޭން ނިމިއްޖެ: އޭއައިއޭ
ސްރީ ލަންކަން އިން ވަޒީފާތަކަށް އައްޑޫން މީހުން ހޯދަނީ
ގަން-ކޮލޮބޯމްގެ ދަތުރުތަކަށް ރިޒަވޭޝަން ހަދަން ފަށައިފި
ގަމަށް ދަތުރު ފަށަން ސްރީ ލަންކަންއާ ވާހަކަ ދައްކަނީ
ސްރީލަންކަންގައި ފަސްޓް އޮފިސަރު ކޮކްޕިޓުން ބޭރުކޮށްފި
ސްރީ ލަންކަން ގަންނަ ބަޔަކަށް ދަރަނި މާފުކޮށްދެނީ
އައްޑު އަށް މިހާ ފަހި ސަރުކާރެއް ނެތް: އަސްލަމް