އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތަށް އިކުއޭޓާ ވިލެޖުން ހުސްކުރަން ޖެހޭ ކޮޓަރިތައް، އެތަން ހިންގާ ކައިމޫ އިން ދެ އަހަރެއްހާ ދުވަސް ފަހުން ހުސްކޮށްފި އެވެ.
16 އެޕްރީލް 2025
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތަށް އިކުއޭޓާ ވިލެޖުން ހުސްކުރަން ޖެހޭ ކޮޓަރިތައް، އެތަން ހިންގާ ކައިމޫ އިން ދެ އަހަރެއްހާ ދުވަސް ފަހުން ހުސްކޮށްފި އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް (އޭއައިއޭ) ގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ކޮޓަރިތައް މިހާރު ހުސްކޮށްފައި ވިޔަސް ރަސްމީކޮށް އެތަން އަދި އެ ކުންފުންޏާ ހަވާލު ނުކުރާ ކަމަށެވެ. އެކަމަކު މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭއައިއޭ އިން ބުންޏެވެ.
މަގު ހަދަން ހުސްކުރަން ޖެހެނީ ހަތް ކޮޓަރި އެވެ.
އެނގިފައިވާ ގޮތުގައި އައްޑޫ އެއާޕޯޓުގެ ޕްރޮޖެކްޓުގެ ތެރެއިން ހަދާ މަގަށް އަރާ ގޮތަށް ހުރި ކޮޓަރިތަކުގެ ބަދަލުގައި އީކުއޭޓާ ވިލެޖުން ބޭނުންކުރަން ނިންމީ އެ ހޮޓަލުން ބޭނުންކުރާ އިމާރާތެކެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ވަންނާތީ، އެ މައްސަލާގައި އިންސާފުވެރި ހައްލުތަކެއް ހޯދުމަށް މިދިޔަ ދެ އަހަރު ސަރުކާރާ އެކު މަސައްކަތްކުރި އެވެ. އޭރު އީކުއޭޓާ ވިލެޖު ހިންގާ ކައިމޫއިން ހުށަހެޅީ ސަރުކާރުން ބަދަލުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދިނުމަށެވެ. އަދި އެ ކުންފުނިން ހިންގާ އިތުރު ދެ ރިސޯޓެއްގެ ލީޒް މުއްދަތު 50 އަހަރަށް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރި އެވެ.
އައްޑޫ އިކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒުން ކޮޓަރިތައް ހުސްކުރަން އެއްބަސްވެ، ހައްލަކާ ދިމާއަށް https://t.co/NewHmPTU9f
— Mihaaru (@Mihaarunews) April 14, 2025
އެކަން ލަސްވެ، މާލީ ގޮތުން އިތުރު ހޭދައެއް ކުރަން ޖެހިނާތީ، މި މަހު އެކަމަށް ހައްލެއް ނުލިބިއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު އުނިކުރަން އޭރު ސަރުކާރުން ނިންމި އެވެ. އެކަމަކު، މިހާރު ޓޫރިޒަމް މިނިސްޓްރީއާ އެކު ކައިމޫއިން ކުރި މަޝްވަރާގެ ތެރެއިން އެ ކޮޓަރިތައް ދޫކޮށްލަން ވަނީ އެއްބަސްވެފަ އެވެ.
ނަމަވެސް މި ގޮތަށް މި އެއްބަސްވީ މަޝްވަރާތައް ކުރާތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.
އީކުއޭޓާ ވިލޭޖުން ހުސްކުރަން ޖެހޭ ކޮޓަރިތައް-- ފޮޓޯ: އޭއައިއޭ
އައްޑޫ އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް ފެށީ ޖޫން 2023 ގަ އެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ހޭދަކުރާ އެ ޕްރޮޖެކްޓް ނިންމަން އެންމެ ފުރަތަމަ ކަނޑައަޅާފައި އޮތީ މި އަހަރުގެ މާޗް މަހަށެވެ. ނަމަވެސް، ބައެއް ސަބަބުތަކާ ހެދި ޕްރޮޖެކްޓް ލަސްވާތީ، މިއަހަރުގެ ނޮވެމްބަރު މަހަށް ޕްރޮޖެކްޓްގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެ ޕްރޮޖެކްޓްގެ ކޮންޓެކްޓަރަކީ އިންޑިއާގެ ރެނާޓަސް އެވެ. އަދި ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓެންޓަކީ އެސިސްޓަމް އިންޑިއާ އެވެ.
ކައިމޫއިން ބަދަލަކަށް ބޭނުންވަނީ 25 މިލިއަން ޑޮލަރު!
"މަގުގެ މައްސަލައިގައި ބޭނުމީ އިންސާފުވެރި ބަދަލެއް"
ކޮޓަރިތައް ހުސްކުރަން އެއްބަސްވެ، ހައްލަކާ ދިމާއަށް
އައްޑޫ އެއާޕޯޓުގެ މަގަށް ބޭނުންވާ ބިން ހޯދަން ކޯޓަށް
އިކުއޭޓާ ވިލެޖުގެ މައްސަލަ ހައްލުކޮށްފި
އެހެން ތަނެއް ހަމަޖެއްސުމުން ވެސް އީކުއޭޓާ އެއްބަސްނުވި
"ވަކި މަޝްރޫއެއްގެ ގޮތުގައި އައްޑޫ މަގު ހަދާނެ"
އައްޑު އަށް މިހާ ފަހި ސަރުކާރެއް ނެތް: އަސްލަމް
ގަން އެއާޕޯޓް މަޝްރޫއުގެ ޕްރީ ކޮލިފިކޭޝަން ފަށައިފި
ސްރީ ލަންކާ އިން އައްޑުއަށް ދަތުރުތައް އިތުރުކުރަނީ