Roadha Mihaaru

މައްސަލަ ހައްލު ނުވެއްޖެ ނަމަ ވަކި މަޝްރޫއެއްގެ ގޮތުގައި އައްޑޫ އެއާޕޯޓާ ގުޅޭ މަގު ހަދާނެ: މިނިސްޓަރު

އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ހިންގާ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް އެ މަޝްރޫއު އިން އުނިކުރަން އެންގީ އެ މަގު ހަދަންޖެހޭ ސަރަހައްދުގައި ހުރި އިމާރާތެއް ހުސް ނުކުރެވި އޭގެ ސަބަބުން މަޝްރޫއު ލަސްވެ، ކޮންޓްރެކްޓަރަށް ބަދަލު ދޭންޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެތީވެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

"ވަކި މަޝްރޫއެއްގެ ގޮތުގައި އައްޑޫ މަގު ހަދާނެ"

އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ހިންގާ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް އެ މަޝްރޫއު އިން އުނިކުރަން އެންގީ އެ މަގު ހަދަންޖެހޭ ސަރަހައްދުގައި ހުރި އިމާރާތެއް ހުސް ނުކުރެވި އޭގެ ސަބަބުން މަޝްރޫއު ލަސްވެ، ކޮންޓްރެކްޓަރަށް ބަދަލު ދޭންޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެތީވެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

އެކަމާ އައްޑޫ ސިޓީ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފައި ވަނިކޮށް، މިނިސްޓަރު މުއްތަލިބު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަގުގެ މަސައްކަތް ކުރުމަށްޓަކައި އިމާރާތެއް ހުސްކުރަން ޖެހޭ ކަމަށާއި އެކަމަކު އެ އިމާރާތް ބޭނުންކުރާ ފަރާތުން އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން މިދިޔަ ދެ އަހަރު ވެސް ކާމިޔާބެއް ނުވި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ އިމާރާތް ބޭނުން ކުރަމުން އަންނަނީ ގަމުގެ އީކުއޭޓާ ވިލެޖުންނެވެ.

"މި އިމާރާތަކީ އަދި އިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީގެ މިލްކެކެވެ. އެހެން ނަމަވެސް ދެ އަހަރެއްހާ ދުވަހު މަސައްކަތް ކޮށްގެން ވެސް އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީން އެ ބިން ކޮންޓްރެކްޓަރާ ވަނީ ހަވާލު ނުކުރެވި އެވެ،" މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، އެއާޕޯޓުގެ މަޝްރޫއުގައި ހިމެނޭ މަގެއް އެ މަޝްރޫއުގެ ތެރެއިން އުނިކުރުމުން އައްޑޫ ރައްޔިތުން ފާޅުކުރާ ކަންބޮޑުވުންތައް އޭނާ ބަލައިގަންނަވަ އެވެ. ވިދާޅުވީ، މި މަހުގެ 17 ގެ ކުރިން އެ އިމާރާތް ހުސްނުކުރެވިއްޖެ ނަމަ އެ މަގު ނުހިނަމައި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު މުއްތަލިބު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު މުއްތަލިބު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މަޖިލިސް

ނަމަވެސް މިނިސްޓަރު ދެއްވި ޔަގީން ކަމަކީ އެ އިމާރާތް ހިމެނޭ ބިން ހުސްނުކުރެވި މަގުގެ މަސައްކަތް މި ވަގުތު ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެ ނަމަ ބިން ލިބުނުހާ އަވަހަކަށް ވަކި މަޝްރޫއެއްގެ ގޮތުގައި އެ މަގުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމެވެ.

"އުއްމީދަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު އެ އިމާރާތް ހުސްކުރެވި ކޮންޓްރެކްޓަރާ ވީހާ ވެސް އަވަހަކަށް ހަވާލު ކުރެވޭ ގޮތްވުމެވެ،" މުއްތަލިބު ވިދާޅުވި އެވެ.

އޭނާ އެއާޕޯޓް މަޝްރޫއު އިން އެ މަގުގެ މަސައްކަތް އުނިކުރަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ސަރުކާރުން އެންގީ އެއާޕޯޓް މަސައްކަތް ލަސްވެ، މާލީ ގޮތުން ދައުލަތަށް ގެއްލުން ވެދާނެތީ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނީ، މަގުގެ މަސައްކަތް އެއާޕޯޓް މަޝްރޫއު އުނިކޮށް، އެއާޕޯޓް މަޝްރޫއުގެ ސްކޯޕަށް ބަދަލު ގެންނަން ސަރުކާރުން ނިންމި ނިންމުން މުރާޖައާ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ކައުންސިލާއި އައްޑޫ އެއާޕޯޓްސް ކުންފުންޏާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި މިފަދައިން މަޝްރޫއުގެ ސްކޯޕުން ބޮޑު ބައެއް އުނިކުރަން ނިންމި ނިންމުން މިއީ ލާމަރުކަޒީ ނިޒާމާ ބީރަށްޓެހި، މިނިވަން ދިމިގްރާތީ މުޖުތަމައުތަކުން އަމަލުކުރާާ އުސޫލުތަކާ ނުބައްދަލު އަދި މުޅި ދެކުނުގެ ރައްޔިތުންގެ ހައްގު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއްކަން ފާހަގަކޮށް އެ ކަންބޮޑުވުން ފާޅުކުރަމެވެ،" ސިޓީ ކައުންސިލްގެ ބަޔާނުގައި ވެ އެވެ.

އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ރަނާޓާސް ކުންފުންޏެވެ.