Roadha Mihaaru
ގަން އެއާޕޯޓް މަޝްރޫއުގެ ޕްރީ ކޮލިފިކޭޝަން ފަށައިފި

ގަން އެއާޕޯޓް މަޝްރޫއުގެ ޕްރީ ކޮލިފިކޭޝަން މަރުހަލާ ފަށައިފި

20 މެއި 2022

އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓަރުން ޕްރީ ކޮލިފައި ކުރުމުގެ މަސައްކަތް އިންޑިއާގެ އެގްޒިމް ބެންކުން މިއަދު ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓަރުން ޕްރީ ކޮލިފައި ކުރުމުގެ މަސައްކަތް އިންޑިއާގެ އެގްޒިމް ބެންކުން މިއަދު ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އިންޑިއާގެ އެގްޒިމް ބެންކުން ލޯނު ނަގައިގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ވަރަށް ޓާމިނަލް ތަރައްގީ ކުރާނެ ކަމަށެވެ. އަދި އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއި ކާގޯ ވަސީލަތްތަކާއި އެއާޕޯޓުގެ މަގުތައް އަދި ޕާކު ކުރާނެ ސަރަހައްދެއް ވެސް ތަރައްގީ ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ނިންމާފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު މި އަހަރު ފަހުކޮޅު ފެށުމަށެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާނީ ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ.

އިންޑިއާ އެމްބަސީން ބުނި ގޮތުގައި ގަން އެއާޕޯޓް މި ސަރަހައްދުގެ ދަތުރުފަތުރުގެ ހަބަކަށްވާނެ އެވެ. އަދި ދެކުނުގެ ޓޫރިޒަމް ކުރިއަރައި، ޓޫރިސްޓުންގެ މަގުބޫލުކަން ބޮޑުވެ، ސީ ޕްލޭން އޮޕަރޭޝަން ވެސް ފުޅާވެގެން ދާނެ އެވެ.