Roadha Mihaaru
ސްރީ ލަންކަންގެ ދަތުރުތައް ގަމަށް ހުއްޓުމުގެ ބިރު

ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ހުއްޓާލައިފާނެ ކަމުގެ ބިރުބޮޑުވެއްޖެ

22 ޖެނުއަރީ 2019

އައްޑޫ ގަން އިންޓަނެޝަނަލް އެއާޕޯޓަށް މި ވަގުތު ޝެޑިއުލް ދަތުރުތައް ބާއްވާ ބޭރުގެ ހަމައެކަނި އެއާލައިން ކަމަށްވާ ސްރީ ލަންކަން އެއާލައިންސަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ދަތުރުތައް މަދު ކުރަން ނިންމައި، އަދި އެ ދަތުރުތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ގަން އިންޓަނެޝަނަލް އެއާޕޯޓަށް މި ވަގުތު ޝެޑިއުލް ދަތުރުތައް ބާއްވާ ބޭރުގެ ހަމައެކަނި އެއާލައިން ކަމަށްވާ ސްރީ ލަންކަން އެއާލައިންސަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ދަތުރުތައް މަދު ކުރަން ނިންމައި، އަދި އެ ދަތުރުތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

އެއާލައިންސްގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) މިއަދު ވިދާޅުވީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގަމަށް ދަތުރުތައް ބާއްވަމުން ދިޔައީ ގެއްލުމާ އެކު ބޮޑެތި ދަތިތަކާ ވެސް އެކީގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއާލައިނަށް ގެއްލުމާ ކުރިމަތިލާން ޖެހިފައިވާ މައިގަނޑު ސަބަބަކީ ދަތުރުތައް ފެށި އިރު، ކުރިން ރޭވި ގޮތަށް ކަންކަން ފަހިނުވުމެވެ. އޭގެ ތެރޭގައި ފުވައްމުލަކާއި ހުވަދު އަތޮޅުގެ ކަނެކްޓިވިޓީ އެއާލައިނަށް ހަމަނުޖެހުމާއި ގަން އެެއާޕޯޓްގެ އިމިގްރޭޝަނުގައި ހުރި ބައެއް ކަހަލަ މައްސަލަތައް ހިމެނެ އެވެ.

ފިރާގް ވިދާޅުވި ގޮތުގައި އިމިގްރޭޝަނުގެ ތެރެއިން ހުރި ދަތިތަކާ ހެދި ދަތުރުވެރިންނަށް ހިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެކަމަކު މުވައްޒަފުން އިތުރުކޮށްލައިގެން އިންތިޒާމުތައް ހަމަޖައްސައި ދެވިދާނެ ކަމަށް ވިދާޅުވި އެވެ.

"އަނެއްހެން ބުނަންޏާ ވަރަށް ސިމްޕަލް ކަންތައްތަކެއް ހަމައަކަށް އަޅުވާލައިގެން އަޅުގަނޑުމެންނަށް ވެސް ސަސްޓެއިން ކުރެވޭ ގޮތަށް މި ހިދުމަތް ދެވޭނެ،" ފިރާގް ވިދާޅުވި އެވެ. "އެކަމަކު ދެ އަހަރުވެގެން ދިޔަ އިރު އަޅުގަނޑުމެން ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅި ކަންކަމަށް އެއްވެސް ހައްލެއް މިހާތަނަށް ހޯދައި ދެވިފައެއް ނެތް. ނަމަވެސް އަދިވެސް އަޅުގަނޑުމެން މި ދަނީ އާ ސަރުކާރު އައި ފަހުން ކަމާ ބެހޭ އިދާރާތަކާ އެކު ނެގޯޝިއޭޓް ކުރަމުން."

"އަނެއްހެން ބުނަންޏާ ވަރަށް ސިމްޕަލް ކަންތައްތަކެއް ހަމައަކަށް އަޅުވާލައިގެން އަޅުގަނޑުމެންނަށް ވެސް ސަސްޓެއިން ކުރެވޭ ގޮތަށް މި ހިދުމަތް ދެވޭނެ،"

އޭނާ ވިދާޅުވި ގޮތުގައިި ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ހުއްޓާލަން ޖެހުމަކީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ އެވެ. އެހެންވެ ހުއްޓާނުލައި ކުރިއަށް ދެވޭނެ މަގެއް ފެނޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

"ހުއްޓާލައި އަލުން ފެށުމަކީ ވެސް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ. އެހެންވެ ހުއްޓާ ނުލާ ވޭތީ މި ބަލަނީ. އަނެއްކާ ދަތުރުތައް ހުއްޓާލުމަކީ އައްޑޫ ރައްޔިތުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު މާޔޫސް ކަމަކަށް ވާނެ،" ފިރާގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ހަފުތާއަކު ތިން ފްލައިޓް ބާއްވަމުން ދިޔަ ނަމަވެސް އަންނަ އެޕްރީލް މަހުގެ ތެރޭގައި ވަގުތީ ހުއްޓުމެއް ވެސް އަތުވެދާނެ ކަމަށެވެ.

"މިހާރު ވިސްނުން ހުރީ ބޮޑު ގެއްލުމެއްވާތީ ފްލައިޓްތައް މަދު ކުރަން. އެއްކޮށް ހުއްޓާލުމަކީ ބޭނުންވާ ގޮތެއް ނޫން. އަޅުގަނޑުމެން ވެސް ވަރަށް ބޮޑު ހަދަރެއްކޮށްގެން މި ހިދުމަތް މި ފޯރުކޮށް މި ދެވެނީ. އެހެންވީމާ ދެން އިތުރު ކުރަން ޖެހޭ ހާލަތްތަކުގައި ފްލައިޓްތައް އިތުރު ކުރަމުން ގެންދާނީ،" ފިރާގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްރީ ލަންކަން އެއާލައިންސް ނޫން ބޭރުގެ އެއާލައިނަކަށް މި ވަގުތު ގަމަށް ޝެޑިއުލް ދަތުރުތައް ބޭއްވުމަކީ ފީޒިބަލް ކަމެއް ވެސް ނޫނެވެ. އެހެންވެ މި ފުރުސަތު ގެއްލުމަކީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ އެވެ.

SriLankan airlines ge dhaturuthah Gamah fashaifi

SriLankan airlines ge dhaturuthah Gamah fashaifi

The most trusted news source in the Maldives

Mihaaru

ސްރީ ލަންލަން އިން ގަމަށް ދަތުރު ފެށީ ޑިސެމްބަރު، 1، 2016 ގައި.

ގަމާއި ކޮލޮމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށީ ޑިސެމްބަރު، 1، 2016 ގަ އެވެ.

މީގެ ކުރިން ގައުމީ އެއާލައިން މޯލްޑިވިއަނުން ވެސް ގަމާއި ކޮލޮމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތަކެއް ބޭއްވި އެވެ. ނަމަވެސް ގެއްލުންވާ ކަމަށް ބުނެ އެ ކުންފުނިން ވެސް ވަނީ ދަތުރުތައް ހުއްޓާލައިފަ އެވެ.